ޗެނަލް-13 ގެ ނޫސްވެރިންނަށް އަނިޔާކުރި ފަރާތްތަކަށް ފިޔަވަޅު އަޅަން މޯލްޑިވްސް މީޑިއާ ކައުންސިލުން ގޮވާލައިފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ހުކުރު ދުވަހުގެ ހަވީރު "ކޮބާ މަގޭ ފްލެޓް" ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަމުން ގެންދިޔަ ޗެނަލް 13 ގެ ކެމެރާމަންއަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބިފައިވާކަމުގެ ޝަކުވާ އާއ އެޗެނަލްގެ ނޫސްވެރިންތަކަކަށް "ލެސޫކް ކެފޭ" ގައި ހިނގާދިޔަ ހާދިސާއެއް ކަވަރުކުރުމުގެ ތެރެއިން ފުލުހުންގެ ފަރާތުން އަނިޔާ ލިބިފައިވާކަމުގެ މައުލޫމާތު ކައުންސިލަށް ވަނީ ލިބިފައެވެ.

ނޫސްވެރިންނަށް އަނިޔާ ކުރުން ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

މުޒާހަރާގައްޔާއި "ލެސޫކް ކެފޭ" ގައި ކަންހިނގާފައިވާގޮތުގެ ފޮޓޯއާއި ވީޑިއޯ އަދި ތަފްސީލު ރިޕޯޓު ޗެނަލް-13 އިން ވަނީ މީޑިއާ ކައުންސިލާއި ހިއްސާކޮށްފައި ކަމަށާއި އެ ރިޕޯޓުގައި ހުރި ކަންކަން ބެލުމަށްފަހު، ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަށް ދިމާވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމާއި، ޢާންމުކޮށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މިނިވަންކަމަށާއި ރައްޔިތުންނަށް ކަންކަން އެނގުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ދިމާވާ ކަންކަން ހައްލުކޮށްދީ، މިނިވަން ނޫސްވެރިކަމަކަށް މަގުފަހިކޮށްދިނުމަކީ މީޑިއާ ކައުންސިލްގެ ޒިންމާއެއްކަމަށް ވެސް އެކައުންސިލުން ބުންޏެވެ.

"ޤާނޫނީ އިމުގެ ތެރެއިން ލިބިގެންވާ މިނިވަންކަމުގެ އެންމެ ފުޅާ ދާއިރާތެރޭގައި ނޫސްވެރިންގެ ޒިންމާ އަދާކުރުމުގެ މަގު ތަނަވަސްކޮށްދެއްވުމަށް މިކައުންސިލުން ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. އަދި މި ބަޔާންކުރެވުނު ހާދިސާތައް ތަހުޤީގުކޮށް، ފިޔަވަޅު އަޅަން ޖެހޭ ފަރާތެއްވާނަމަ އެ ފަރާތަކާ މެދު ފިޔަވަޅު އެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި ކައުންސިލުން ގޮވާލަމެވެ." މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފަހަކަށް އައިސް މުޒާހަރާތައް ކަވަރު ކުރަން އުޅޭ ޗެނަލް-13ގެ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އާސިދާ

  ގޮވާލިއްޔާ ކަމެއވާނެބާ..

  10
  1
 2. ސަދޫމު

  އެއްވެސް ފިޔަވަޅެއްނޭޅޭނެ އެހެންނޫން ތިކަންވީސް އމޑޕ އަށް ވާގިވެރިވާ ޔަހުދީން އިންޑިޔާއަސް ސަނާކިޔާ އިސްލާމް ދީނާ ހިލާފްވާހަކަދައްކާ ނޫސްވެރި އެއްނަމަ ތީ ވަރަށް ބޮޑު ކުށަކަށްވެ އެ ޕޮލިހުން ވަޒީފާއިން ވަކިކުރާނެ މީ ސަދުގެ ވެރިކަަން ކޯޓްތަކުގަ ތިބި ބައެއް ފަޑިޔާރުންނަކީ ސަދޫމުން ކިޔަވާގެންތިބި ގައްދާރުން އެފަދަ ނުބައި ނުލަފާ ޖާހިލުން ރިސްފަތުގެ ހަރާން ފައިސާ ނަގަގެން އާހިރަތް ވިއްކާލާގެން ތިބި ވަޒީފާގެ އަޅުން އިންސާފެއް ހަމައެއް ލަމައެއް ނެއް އެންމޮޑު ދެވަގުން ކުޑަކުދިން ރޭޕްކުރާ ކޮބައި އަލީވަހީދު އެމީހުން އެތިބީ މިނިވަންކޮށް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

  12
 3. ކޮވިޑް

  " ނޫސްވެރިންނަށް އަނިޔާ ކުރުން ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް " މިވަރުން މިކަން ދެން ތި ނިމުނީ. މީޑިއާ ކައުންސިލު ވެސް ބަޔާނެއް ނެރެލީމަ ޒިންމާ އަދާކުރެވުނީ . ބަލަ ބަޔާނަކުން ވާކަމެއް އެބަ އޮތްތޯ؟ ކޮބާ ތަ ައނިޔާވި ނޫސްވެރިން؟ކިހިލިޖަހާލައިގެން އަނިޔާވެރި ކަމާއެކު ނެރެ އެއްލާލި ނޫސްވެރިން.؟ މީޑިއާ ކައުންސިލުން ވެސް ތިބެލީ ނޫސް ބަޔަނެއް ނެރެވޭތޯ. ސާބަހޭ ނޫސްވެރިންގެ ހައްޤުގައި ތި ނެރޭ ބަޔާން ތަކަށް ވަރައް ސަލާމް މީޑިއާ ކައުންސިލު އަށް،

 4. ޖަނާޒާ

  ބޫޓުގައި ފިޔަވަޅު އެޅިދާނެ. އެހެންނޫނީ ޗައްޕަލްގައި. ދެންނޫނީ ހުސްފައިގައި.

 5. ކިޔުންތެރިއެއް

  ފުލުހުން ކޮންމެ ޖަރީމާއެއް ހިންގިޔަސް ފިޔަވަޅެއްނޭޅޭނެ. ވަޒީފާއިން ވަކިކުރިޔަސް އަހަރެއްވަރު ކޮށްލާފަ މަގާމުގެ ކުރިއެރުމާ އަހަރަށްވާ މުސާރަޔާއެކު ނޫނީ މަގާމުގެ ކުރިއެރުމާއެކު އަލުން ވަޒީފާ ހަމަޖެހިގެންދާނެ. މިހާރުވެސް ފެއްނަ ބޮޑު މަންޒަރެއް.

 6. ފިރާގް

  އޮޅިގެކުރެވުނުކަމުގައިވިއަސް ކުށެއްކުށަކަށްވާނެ ވީމާ، ކުއްކުރިފަރާތާމެދު ފިޔަވަޅު އެޅެންވާނެ
  އޮޅުންއަރާނަމަ ރަގަޅަށްއޮޅުންފިލުވާނީ ފުތަމަ ހަރުކަށިވެ އަނިޔާކުރުމަކީގޯހެއް މީހަކުމަރާފަވެސް
  ނޫނީ ބޮޑެތިއަނިޔާތަކެއް ނުވަތަ ބޮޑެތިގެއްލުންތަކެއްދިނުމަށްފަހު އޮޅިގެންނޭބުނީމަނިމޭނެތޯ؟