ކޮވިޑް-19 އިން ދިފާއު ވުމަށް ރާއްޖޭގައި އުމުރުން 30 އަހަރުން މަތީގެ އެންމެނަށް މިއަދުން ފެށިގެން ވެކްސިން ދޭން ފަށައިފިއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ މިވަގުތުން ފަށައިގެން ކޮވިޑް-19 ވެކްސިން އުމުރުން 30 އަހަރުން މަތީގެ އެންމެންނަށް ލިބޭނެ ކަމަށެވެ. އަދި 18 އަހަރާއި 30 އަހަރު ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެސް ވެކްސިން ދިނުން ކުރިއަށް ގެންދާނެއެވެ.

މާލެ އިން ކޮވިޑް-19 ވެކްސިން ދިނުން ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު ގައެވެ. ވިލިމާލެ އިން ވިލިމާލޭ ޒުވާނުންގެ މަރުކަޒުގައި އަދި ހުޅުމާލެ އިން ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް) ގައި ވެކްސިން ދިނުން ކުރިއަށް ދާނެއެވެ. މިސެންޓަރުތަކަށް ޒިޔާރަތް ކުރުމުން ވެކްސިން ޖެހުމުގެ އިންތިޒާމްތައް ހަމަޖެހޭނެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވެސް މިހާރު ކޮވިޑް-19 ވެކްސިން ލިބޭނެއެވެ. ސައްހަ ވޯކް ވިސާއެއް ނުވަތަ އެފަދަ އެހެން ލިޔުމެއް ނެތް ބިދޭސީން ވެސް ރެޑްކްރޮސެންޓަރުގެ ނަމްބަރ 3307665 އަށް ގުޅުމުން ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ރާއްޖެއިން އިތުރު 5،283 މީހުންނަށް އިއްޔެ ކޮވިޑް-19 ވެކްސިން ދިނެވެ. މިއާއިއެކު މިހާތަނަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު 70،000 އިން މައްޗަށް އަރާފައެވެ.

ރާއްޖެ އަށް މިހާތަނަށް އިންޑިއާ އިން ވަނީ ދެލައްކަ ޑޯޒްގެ ވެކްސިން ހަދިޔާ ކޮށްފައެވެ. ސަރުކާރުން ނިންމާފައި ވަނީ މިހާރު ހުރި ވެކްސިން ހުސްވަންދެން ވެކްސިންގެ ފުރަތަމަ ޑޯޒް ދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޕަރީ

    ރާއްޖެ އޭ ނުކިޔާ. މާލެ ސަރަހައްދޭ ކިޔާ. މި ރަށްރަށުގައި ހެލްތް ސެންޓަރު މީހުން ނޫން ބަޔަކަށް އަދި ނުޖަހާ. ބަލި މީހުންނާއި ދުވަސްވީ މީހުން އަދި 50+މިހުންވެސް ތިބީ ހަމަ ރޮލާ.

    8
    1
  2. އެމަންޖެ

    ނުޖަހާނަމޭ.

    6
    4
  3. ރަދީފް

    ކޮބާ މަ؟؟ މަކީ 40 އިން މައްތެ މީހައް.އެކަމަކިއަސް މައް އަދި ތެކަމައް ނިވެއި.މީ ކެހެނަކަށް ވޭކަމަށް.

    7
    2
    • ތުނިޔަ

      ވެކްސިންދޭ މަރުކަޒަކަށް ގޮހޮ ކިއުއަށް އެރިމެއިނުނި ތިކަންވޭނެއި.

  4. ލައިބުރަރީ

    ތިކިޔާއެއްޗަކާ އަގައަކާމުޅިންދިމަލެއްނުވި. ފުރަތަމަހައިރިސްކްމީހުންނަށް. އެމީހުންނަށްދީ ނިމުނީތޯ؟ދެން55އަހަރުންމަތި.އަނެއްކާ45އަހަރުން މަތި. މިހާރު35އަހަރުންމަތި. ނެއިގުނޭތިޔަޗިދާޅުވިބަހުގެމަޢުނައެއް.

    3
    1
  5. ހުލަސް

    ޕަރީ މަޑުން ހުރެބަލަ! މާލޭން ލިޔެކިޔުންނެތް ބިދޭސީން ނިމުނީމާ މާލެގެ 20 އިން 30 އަށް ޖަހަފައި ކަލޭމެނަށް ލިބޭނޭ! ބާކީ ހުރިއްޔާ

    4
    1
    • ޕަރީ

      ތިކަން އެނގެޔޭ.. އެކަމަކު ހެޑިންގައި ރާއްޖޭގައޭ ލިޔެފަ އޮތީމަ. އަޅެ ކީއްވާނީ ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުނަށް ވެކްސިން ދިނިއްޔާ.. ގައިމު ރިސޯޓުތަކުންވެސް އަންނާނެ ރަށްރަށަށް ވޯޓުލާން. ދޯ؟

  6. ތެޔޮގުޅާ

    ޢެ ބުނާ ހެން ކޮން ރާއްޖެ އެކޭ ކިޔާކަށް... ... ވެކްސިން ތި ޖަހަނީ ހުސް މާލެ އޭރިޔާ ގަ އުޅޭ މީުންނަށް ! އޭ ވަރިހަމަ ބަންގާޅިއަކަސް!

    • އިނާ

      ބަންގާޅިން ނަކީ ވެސް ހަމަ އަހަރުމެން ކަހަލަ އިންސާނުން ނޫން ތޯ.... އެހެން ވީމާ ތަފާތު ކުރުން ނަށްތާ ލަމާާތޯ.