ރަށްރަށުގެ ބޯހިޔާވަހިކަން އިތުރު ކުރަން 500 މިލިއަން ރުފިޔާގެ ލުއި ލޯން ދޫކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި އެކު ބޭއްވި ބައްދަލުވުމުގައި، ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ސަރުކާރުން މުޅި ރާއްޖެއަށް ޚާއްސަ ޕްލޭނެއް އެބަ އޮތް ކަމަށެވެ. އެ ކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ހުރި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ގޮތުން ރަށްރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރަން ލުއި ލޯނުގެ ގޮތުގައި 500 މިލިއަން ރުފިޔާ ރަށްރަށަށް ދޫކުރަން ނިންމާފައިވާ ކަން ރައީސް ހާމަކުރެއްވިއެވެ. އަދި ރަށްރަށުގައި ހުރި ހައުސިން ޔުނިޓްތަކަށް ފައިސާ ދެއްކުން ކޮވިޑް-19 އާ ގުޅިގެން ފަސްކުރަން މަސައްކަތްކޮށް ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އަންދާޒާ ކުރަނީ ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ ވަރު ލުމަށްފަހުގައި ކޮންމެ ރަށަކަށް ލުއި ލޯނެއްގެ ގޮތުގައި އެކަން ކުރިއަށް ގެންދިޔުމަށް" ލޯނު ސްކީމްގެ ތަފްސީލެއް ހާމަނުކުރައްވައި ރައީސް ވިދާޅުވިއެވެ.

ރަށްރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ޓަކައި ލުއި ލޯނެއް ދިނުމަށް ނިންމަވާފައިވާ ކަން ރައީސް ސޯލިހް ވިދާޅުވެފައިވާއިރު މި މައްސަލައަކީ ޒަމާންތަކެއް ވަން ދެން ދިގު ދެމިގެން ގޮސްފައިވާ ބޮޑު މައްސަލައެކެވެ. ކުރީގެ ސަރުކާރުތަކުގައި ފްލެޓްތަކެއް އެޅި ނަމަވެސް އެ ތަންތަނުގެ ފެންވަރު ނެތުމާއި ހައްގުވެރިކަން ކަނޑައެޅުން ފަދަ އެތައް މައްސަލައެއް ވެސް ކުރިމަތިވެފައިވެއެވެ.

އެންމެ ފަހުން ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި އެ ބިމުގައި އިމާރާތް ކުރި "ހިޔާ މަޝްރޫއު" ގެ 7،000 ފްލެޓްގެ މަސައްކަތެވެ. އެކަމަކު އެ ފްލެޓް ދޫކޮށްފައިވަނީ އިންސާފުން ބޭރުން ކަމަށް ބުނެ މި ސަރުކާރުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓު މުރާޖައާ ކުރުމަށް ފަހު ވަރަށް ހާލުގައި ދިރިއުޅޭ ބައެއް ފަރާތްތަކުގެ ނަންތައް ވެސް އެ ލިސްޓުން އުނިކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނައިކް

    ތިޔަ ލުއި ވާވަރެއް އެނގިދާނެތާ..ކިތަށް ޕަސެންޓު އިންޓްރެސްޓް އުޅޭނެބާ

    17
  2. އެލެކްސް

    މީ މަަނިކު ފާނު ރައީސް ކަމަށް ކުރޖމަތިލާ ފަ ވެރިކަން ލިބުމުން 100 ދުވަހު ތެރޭ ހިންގަންބުނި ކަމެއް އަދިވެސް 100،ދުވަސް ނުވަނީތޯ؟؟؟ ކޮބާތޯ %6 ދޫކުރަންބުނި ލޯނުތައް އަސްލަމް މާދަމާ ބުނާނެ ވޯޓް ލިބޭތޯ ބުނިއެއްޗެކޭ.

    19
  3. އަލީ

    މިހާރު ދީފަ ހުރިލޯނުތަކަށްވެސް މިއުޅެނީ ފައިސާ ދެއްކޭނެގޮތް ނެތިގެން. ހުރިޔާ ރައްޔިތުން ދަރަނި ކުރުވައިފި.

    18
    2
  4. ޢަލީމު

    ވޯޓު ވޯޓު ވޯޓު. ދިވެހިން ވިސްނާ

    13
  5. މަހޭޝް

    ދިރާސާ އެއް

  6. މާމީ

    މިހާރު މަނިކުފާނު ބަޖެޓު ސަޕޯޓަކައް ކުރުވާ މަސައްކަތަކީ އެކިވައްތަރުގެ ޔުނިފޯމުލާފަ ތިބޭ ޕޮލިހުން ލައްވާ އިސްޓިކާޖެހުން އިބުރޭ ކަލޭ ލަދެއްވެސް ނުގަނޭ ދޯ<

    10
    1
  7. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮންމެ އިންތިހާބެއް ކައިރިވާއިރަށް ދޮގުވައުދުވެ ރައްޔިތުން ގުނބޯހެއްދުމުގަ މުޅިންވެސް. ހެޔޮނުވާނެ މިމީހުން ދައްކާ ވާހަކަ ގަބޫލުނުކުރޭ.

    14
  8. ޢަލީ

    ތީ ދެން ކޮންމެ އިންތިޚާބަކަށް ދައްކާވާހަކަ، ތިވާހަކަ ޕާޓީކުދިންކޮޅުވެސް މިހާރު ޤަބޫލެއްނުކުރޭ، އެކަމަކު ހިތާރޫހުން އުޅޭ ކުދިންކޮޅު ޤަބޫލުކޮށްފާނެ.

  9. އަލީ

    މިހާރު ބޭންކުން ދޭ 25000ރފ ލުއިލޯން 50000ރފ ބަދަލު ކޮށް ދީބަލަ

  10. ކަނބާ

    ކަދުރު ޢަލީގެ ނަދުރު

  11. ޞނބނ

    މިފަހަރު ދެންތިބޭ 5އަހަރު ވެރިކަންވައްޓައެއްނުލާނަން
    ކަންކޮއްފަދެއްކިމީހާ ހޮވާނީ23ގަ

  12. ބޯހިޔާވަހިކަމަށް ފެންބޮވައިގެންފައިވާ ފަގީރު ރައްޔިތެއް

    ފަހަތްޕުޅުގައި މިތިބީ ޠާޢަތާއެކު. ނިކަން އަވަހަށް ދެއްވާ އިންތިޚާބު ގެ ކުރިން އަޅުގަނޑު ގެ ގޭގެ ބިންގާ އަޅައި ތަނބުތައް ކޮޅަށް ޖަހަން ބޭނުންވޭ. ހަމަ އެންމެ ތިން ލައްކަ ދެއްވަނިކޮށް ދެން ކުރިޔަށް އޮތް ހުރިހާ އިންތިޚާބެއްގައި ވެސް މަނިކުފާނު ވިދާޅުވާ ގޮތަކަށް ވޯޓުދިނުމަށް ފަތްލިޔެ މި އަރުވަނީ.

  13. ކިޔާބެ

    މީ އެހެންވީމަ އެއައި އިންޑިއާ މީހާ ގެނައި ރުފިޔާއެއްނޫންބާ ވޯޓް ގަންނަން