އައްޑޫސިޓީގައި ދެވަނަ ލިންކް ރޯޑަކާއި އަދި އިތުރު މަގުތައް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
އައްޑޫ މަގުހެދުމަށް ފައިސާ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ.ސުބްރަމާނިއަމް ޖަޔަޝަންކަރަ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެންމެ ފޮރިން މިނިސްޓްރީގައެވެ.
އިންޑިޔާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ކުރިއަށް ގެންދާ އައްޑޫ ސިޓީގެ ފެންހިންދާ ނިޒާމާއިއެކު، އައު ދެވަނަ ލިންކް ރޯޑެއް ޤާއިމުކުރުމާއި، މަގުހެދުމުގެ މަޝްރުއުއަކީ 1.19 ބިލިޔަން ދިވެހި ރުފިޔާގެ މަޝްރޫޢުއެކެވެ.
730 ދުވަހުން ނިންމުމަށް ކަނޑައެޅިފައިވާ މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި މަސައްކަތް ޙަވާލުވި އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝްއެވެ.
މި ޕްރޮޖެކްޓުގެ ދަށުން އައްޑޫގެ ހުރިހާ އަވަށެއްގެ ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި، އަދި މިވަގުތު ތާރު ނާޅައި ހުރި އައްޑޫގެ ބޮޑެތި ހުރިހާ މަގުތަކެއްގެ ތެރެއިން 40 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެ ޕްރޮޖެކްޓު ނިމުމުން މަގުތަކުގައި ފެންބޮޑުވުމާއި، މަގުތައް ހަލާކުވުމުގެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އައްޑޫގައި އަލަށް ހަދާ ލިންކް ރޯޑަކީ އައްޑޫގައި މިހާރު އޮތް ލިންކްރޯޑަށްވުރެ ފުޅާ އަދި ރައްކާތެރި މަގަކަށް ވެގެން ދާނެއެވެ.
ބާރަށް އަތް ޖަހާ ކެބޭރާމެންނޭ.ތަރައްގީ މިއަންނަނީ ފަތުއަޑުކިޔާފަ.މަމެންގެ އަތޮޅުގެ ތަރަައްގީއަށް ގާބުރިއެއް ބޭއްވުނަސް އެއީ މަމެން އުފާކުރާނެކަމެއް.އެހެނީ އައްޑޫގަ ތިބީ މުޅިންވެސް އަހަރުމެންގެ މީހުން.ވ.ވެދުން
އައްޑުއަތޮޅު މީހުންނަށް މިސަރުކާރުން ކޮންމެގޮތެއް ހެދިޔަސް އޯކޭ، މިސަރުކާރުން އިންޑިޔާ އާއި ސިއްރު އެއްބަސްވުންތައްވެ ފަ އައްޑުއަތޮޅަށްވެސް އިހުމާލުވެ ފަ މިއޮތީ.
ލޯކަލް ކައުންސިލް އިންތިޚާބަށް ފައިސާ ޖަމާކުރުމަށް ހިންގާ ލޯންޑްރިންގ ވިޔަފާރި މިފެންނަނީ، އެހެންވީމާ ލޯކަލް ކައުންސިލް އިންތިޚާބަށް ކެނޑިޑޭޓުންނަށް ބެހުމަށް 1.3 ބިލިއަން ރުފިޔާ އިންޑިއާއިން މި ހޯދީ.
ތިމަގުތަކުގެ ފެންވަރު ރަނގަޅު ނުކޮއް ގިނަބަޔަކު މަރަން.
އައްޑޫ ނޫން އެހެން ރައްރަޝުގަ މަގުހަދަން ފެޝުމެއްވެސް ނެތީތޯ. ހާދަވަރަކައް އައްޑޫ މަގުތައް ތިހަދަނީ!
މޮޅު ވާހަކަ ނުދަށްކާ 2 ވަނަ ލިންކު ރޯޑެއް ނޫން ތިއުޅެނީ އަޅާކަށް. ތިއުޅެނީ އިންޑިޔާއިން އަޅަމުންދާ ބޭސްގަ އިންޑިޔާ މީހުން ގަންނަ ގަނޑު އައްޑޫ ރައްތުންނަށް ފެންނާތީ އެސަރަހައްދަށް ނޭރޭގޮތަށް އެހެން މަގެއް ހަދާންވެގެން. ކޮންމެހެން އައްޑޫ މީހުނަށް ފައިދާކުރާކަށްނޫން. ތިކަހަލަ ޔަހޫދީ ވާހަކަ ނުދައްކާ ތިބޭ. އައްޑޫ މީހުންގެ ބޮލަށް ޗިޕެއް ނުޖެހޭނެ.
އެންމެ ފަސޭހައިން ޗިޕް ޖެހޭނީ އައްޑޫ މީހުންގެ ބޮލަށް. އެކަން އެހުރީފެންނަން. ކައުންސިލް އުފެދި ކައުންސިލަށް ފުރަތަމަ ހޮވި މޭޔަރު އަދިވެސް މޭޔަރުކަމުގައި އެހުރީ އައްޑުއަށް އެއްވެސް ތަރަތައްގީގެ މަސައްކަތެއް ނުކޮށް އައްޑޫ މީހުންބޮލަށާ އަތަށާ ފުޔައްވެސް ޗިޕްޖަހާގެން.
ކޮބާ މަގޭ ކޮމެންޓް؟؟
މީތަ މިވަގުތަށް އެންމެ މުހިންމު ކަމަކީ؟
ޔޭސް ޔޭސް ، މިއީ ކުރެވިއްޖެނަމަ ވަރަށް ރަނގަޅު ކަމަކަށްވާނެ.ތަކީ އައްޑޫ މީހަކާ ފެހޭ ތައް އެނގޭހެއް.
ހުރިހާ ރަށެއްގެ މަގުތައް ވެސް ހަދަން ޖެހޭ.ރޭގަ އެމްޑީޕީން ބޭއްވި އޮންލައިން ކެމްޕެއިން އިވެންޓެއްގަ ހއ ގެ ބައެއް ރަށްރަށުން ވެރިމީހާއަށް އާދޭސް ދެންނެވި ސަހަރާގެ ވަށާފާރު ރާނަން ، އޭޓީއެމް ބަހައްޓަން ، ބޭސްފިހާރައިގަ ބޭސް ނެތް މައްސަލަ ، ބަނދަރުގެ ފައިކަށި މަރާމާތުކުރުން ފަދަ ވާހަކަތަކެއް.އަހަރެން ހުރީ ހައިރާންވެ އަންތަރީސްވެފަ.ރަށްރަށުގެ މީހުން އާދޭސްކޮށްގެން ތަ އޭޓީއެމް ގަނޑެއް ވެސް ބެހެއްޓެނީ.ދެރަ ކަމެއް.މިއެއް ނޫން ދިވެހީންނަށް ހައްގުމިނަވަރަކީ.ވ.ވެދުން
ކޮބާ ކޭބެރާމެންނޭ ، ތަމެންނަށް ފެނޭތަ؟؟
އައްޑޫމީހުން ގަޅިނޫނިއްޔާ މިފަހަރު ވޯޓުން އެގޭނެ! ރިޔާސީ އިންތިޚާބަށް ދެއްކި ހުވަފެންތަކާއި މަޖްލިސް އިންތިޚާބަށް ދެއްކި ހުވަފެންތައް ބިލާހަކަށްވެ ނިމިއްޖެ! އެގިދާނެތާ!!!!!
މިސަރަހައްދުގައި ނެތްފެންވަރުގެ ރަގަޅު ފެސިލިޓީ ހަމަ ހޮސްޕިޓަލެއް ރައީސް ޔާމީން އައްޑޫގައި އަޅައިދިނީމަވެސް މީގެ 4 ދުވަސްކުރިން އަޑުއަށް ޒިޔާރަތްކުރި ހެލްތު މިނިސްޓްރީގެ ޓީމު މީހުންކައިރީގައިބުނީ އެއްވެސް ވަސީލަތެއް މިތާންގައިނެތޭ އެވަރުގެ ބައެއް އަޑު މީހުންނަކީ
ދެވަނަ ލިނކް ރޯޑަކަށް ވެރެން މުހިއްމު ކަންތަޢް އެބަހުރި،
މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިފިއްޔާ މަގުތަކުގެ މައްސަލަ ޙައްލު ވާނެކަން އައްޑޫ ރައްޔިތުން ދާނެއެވެ. އައްޑޫ ރައްޔިތުން ބޭނުންވަނީ މަގުތައް ހަދައި ނިންމާފައި ދެއްކުމަށެވެ. އެގްރީމެންޓް ތަކުގައި ސޮއި ކުރާތަން ބަލާކަށް އައްޑޫ ރައްޔިތުން ބޭނުމެއް ނޫނެވެ.
ތީ ކަލޭމެން ހަމަ ވޯޓަކާ ކައިރިވީމަތަ ޕުރޮޖެކްޓްތައް އުތުރި އަރަނީ.. ސޯބެޔަކީ އައްޑުއަށް އައް އުފަން ބޮނޑުވެންވާ ގައްދާރެއްތީ..މިހާރު އަނެއްޑީލެއް އެހެދީ، އަމިއްލަ މަންފާޔައްޓަކާ މިދަޑިވަޅުގައި ރައްޔެތުން 2 ލޮލުގަ އަނދުން އަޅުވަން ށާއި ކަނޑަ އެލިގެން އެގިތިބެ އައްޑޫގެ މަގުތަ ހަލާކު ކޮށް އައްޑޫ ރައްޔެތުންނަ ކަނޑަ އެޅިގެން ނޮހޮރޮއްޕާން ކުރަންވެގެން ކުރާކަމެއްތީ... މަކަރުވެރި ހިޔަޅު ހުރެ ހުރެފާ ނުކުރާނެ އެއްކަމެއްވެސް...ބަލަގަ މީ އިންޑިޔާގެ އަވ،ަށެއްނޫން ކަލޭ ހޭހުސްވެގެން ތިއުޅެނީ... ކޮންމެހެން ނުޖެހޭ އިންޑިޔާގެ މަގުތަށް ހަދާ ހެން ހަދާކަށް، 100 ކިލޯ މީޓަރުގެ މަގުގެވެސް ދެބައިކުޅަ އެއްބަޔަށް ސިމެންތިން ތަޅުމޯ އަޅަނީ.. މީމިޒަމާނުގެ ތަހުހުޒީބާއި ތަރައްގީ ބޭނުންވާ ބަޔަކައް އިންޑިޔާ ނަމޫނާޔަކަށް ބަލާނީވެސް ތިމާމެން މިކަމުން ކޮންމެވެސް ނޭއްގާނީ ވައްކަމެއް ކޮއްގެން އުޅޭތީވެ އެކަންތައްގަނޑު ފޮރުވަންވެގެން ތިއިންޑިޔާ މީހުންގެ ކިބައިން ސަލާމެތް ނުވެވިގެން މިދަޑިވަޅާއި ދިމާކޮށް ތިއިއުލާން ކޮއްލީ.. ވަގުން އަބަދުވެސް ބަލާނެ ފުރުސަތުގެ ބޭނުންހިފަން...
ސާބަހޭ ހަމަ ކެމްޕެއިން
ބްރިޖް އަޅާ ޢެގްރީމަންޓް 3 ފަހަރު ކުރެވި އްޖެ އަދި ވެސް ވާނުވާ އެ އް ނޭގޭ.ތިކަހަލަ ކިތަންމެ ސޮ އެއ އް ކުރާނެ.ފެށި އްޖެ އްޔާ ވ.ޢު ފާ ވާނެ .ޔަގީން ކަންނެތީ
ރާއްޖޭގެ ލޯކަލް އިންތިޚާބަށް އައިސް އުޅޭމީހެއް ޖައިސަންކަރަކީ! ދިވެހިން ހޭއަރައިތިބޭތި
އއިންތިޚާބު ބޯމަތީގަ އޮތީމަ ލޯމެތުރި ހަދަނީ !!!! ފިލްމްކުޅެން އެވެރިން ވަރަށް މޮޅުވާނެ!!!