އައްޑޫގެ މަގުތައް ހެދުމަށް މިއަދު އިންޑިއާގެ ކުންފުންޏަކާއި އެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން 100 ކިލޯމީޓަރުގެ މަގު ހަދާއިރު އޭގެތެރެއިން 60 ކިލޯމީޓަރުގައި އަޅާނީ ސިމެންތި ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

އައްޑޫގެ ފެން ހިންދާ ނިޒާމާއި މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ޕްލޭނިން އެންޑް ހައުސިން އިންފްރާސްޓަކްޗަރ މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ ސޮއި ކުރެވުނު މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދު، ފޭދޫ، ހުޅުދޫ އަދި މީދޫ ހިމެނޭގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިފައިޒްޑް ބޭސް (ސީ.އެސް.ބީ) ވެޔަރ އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ ކުރިން "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި އައްޑޫގެ މޭޔަރު އަބްދުﷲ ޞާދިގު (ސޯބެ) ވިދާޅުވީ އައްޑޫގެ ހުރިހާ މަގެއް މި ޕްރޮޖެކްޓްގެ ދަށުން ހަދާނެ ކަމަށެވެ. "ކުދި ގޯޅިތައް ހިމެނޭހެން ހުރިހާ މަގެއް ހަދާނެ. ބޮޑެތި މަގުތަކުގައި ތާރު ކުދި މަގުތަކުގައި ސިމެންތި އަޅާނީ. އިންޑިއާގެ މަގުތައް ވެސް ހުރެއްނޫންތޯ އެގޮތައް." ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ ސިމެންތި އަޅައިގެން މަގުތައް ހެދުމުން ވެސް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. "އޭރުން މިހަރު މިހުންނަ ވަޅުގަނޑުތަކެއް ނުހުންނާނެ." ސޯބެ ވިދާޅުވިއެވެ.

މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން 3-4 ކިލޯމީޓަރު ސަރަހައްދެއްގައި ރީސާފޭސިން މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ތަރައްޤީ ކުރާ މަގުތަކުގައި މަގުބައްތި، ސީސީޓީވީ ކެމަރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކަމުގެ ފިޔަވަޅުތައް ޤާއިމްކުރެވޭނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިމަޝްރޫއުގައި ހިމެނޭ އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ޤައުކެޑިއާއި މަރަދޫއާއި ޤުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ ހަތަރު ލޭންގެ ޑީޓުއަރ ލިންކް ރޯޑެއް ވެސް ގާއިމުކުރަން ވަނީ ނިންމާފައެވެ.

މިމަޝްރޫއުގެ މަސައްކަތް ނިންމަން ތާވަލް ކޮށްފައި ވަނީ ދޮޅު އަހަރު ދުވަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ޡިކް

  އައްޑޫއާ މާލެ އެކަނި މިވެރިންނަށް މި ފެންނަނީ.. ނަޝީދަށް
  ތިޔަ ތަންފެންނާނެ

  52
  13
  • ކިނާރީ

   ތިލަދުއްމަތީގަ 6 އެއާޕޯޓާއި 8 ހޮސްޕިޓަލާއި 150 މިސްކިތާއި 40 މަދަރުސާއާއި އެންމެ ކުރޮޅިއެއް ދުއްވާ ރަށްރަށުގެ މަގުހަދާފަ ކަފިހުރަހާއި ޓްރެފިކްލައިޓް ޖަހާފަ އެހެރީ، 50 ބަނދަރާއި 20 ރިސޯޓު ހަދާފަ. އައްޑޫގަ ނެތް ސަރުކާރުން އެޅި އެއާޕޯޓެއްވެސް އެންމެ ކުޑަމިނުން، ހުރިހާ މިސްކިތެއް އެހެރީ އަމިއްލަ ޖީބުން ހަދާފަ.

   29
   15
  • ޒަރާނާ..

   ނަސީދު ނާންނާތި ވޯޓުހޯދަން ހަރާންވާނެ ދެންދޭނެ ވޯޓެ އް ބަޔަކު އައ އްޑޫޢޭ ބުނާ އިރަ އް ދުވެފަގޮސް ކޮންސަކަރާ ތެ އްތިޖަހަނީ ތިނޫނީ ރ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ. ޥޯޓުލާ ބަޔަކު ނެތީބާ ތިޔަ ފަނަރަވަރަކަ އްހާސްވޯޓަކުން ނުހޮވޭނެ ކޮ އްކޯ ތީ އޮޅުމެ އް

   16
   4
  • Anonymous

   800 މިލިއަން ޑޮލަރުގެ ދަރަނީގަ ތިއީ ކުރަންޖެހޭކަމެއް؟ ރައްޔިތުންނަށް ގެދޮތު ހަދައިދިނަސް މާ ރަނގަޅުވާނެ. 800 މިލިއަނަކީ ހުޅުލޭ އެއާޕޯޓް ރަންވޭ، ޓަރމިނަލް، ތެޔޮ ރސއްކާކުރާ ތަން، ސޒިޕްލޭން ޓަރމިނަލްއާއި އެތަންތަނަށް ޞެނުންވާ ހުތިހާ އެއއްޗަކަށް ޚަރަދުވާ ވަރު. މިހުންނަނީ ކޮރސޕްޝަނާ ގައުމު ދަރުވާލުމާއި ގައުމު ނެތިކޮށްލުމުގެ ޕްލޭންތައް.

 2. ސަޙާ

  ސޯބެ ހުސް ދޮގޮނިހަދަ ، ދުލަށް ފާފަލެރާއް
  ތޭ ވޯޓާއި ކަވެރިވީމެއި މީހުން އަތުން ވޯޓް ހޯދާއް ދައްކާ ހުސް ދޮގޮ ވާހަކަ

  37
  2
 3. ޒާ

  އައްޑޫ މީހުންނަށް އަނެއްލޮޓީ ދެނީ. އަދިވެސް ހެއްލިފާ ތިބޭ.

  36
  3
 4. އަލީ

  އިންތިާޚބަށް ކަޑަޖަހަނީ ، އައްޑޫ މީހުން ހެއްލޭނެ.

  39
  2
 5. އަލީ

  އިންތިޚާބަށް ކަޑަޖަހަނީ

  31
  2
 6. ތަރިކަ

  މުޅިންވެސް ހެޑްލައިންތަކަށް އަރަނީ، އެވެސް ކޮންމެ އިންތިޙާބަކަށް، އެއްވެސް އަމަލީ މަސައްކަތެއްނެތް ނިމިދިޔަ 2 އަހަރު ނެތް ކުރެވިފައެއް.

  34
  2
 7. އިބްރާހީމް

  ސިމެންތި އެޅީމަ ކަމަކުނުދާނެ. ޥ. ޢަވަހަށް ހަލާކުވާނެ. ތާޜޫ ނޫނީ ކަމަކުނުދާނެ.

  29
  3
  • ގަލަން

   ކޮންކްރީޓް ވިއްޔާ ތާރަށްވުރެ ރަނގަޅު ވާނެ. ސިމެންތި އެ މާނަ ކުރަނީ ކޮންކްރީޓް އަށް ހެން ހީވަނީ

   5
   7
 8. ރައްރިތުމީހާ

  އައްޑޫ ކުދިން ބާރައް އައްޖަހާބަލަ. އައްޑޫ ތިހަދަނީ ސިމެންތި ޖަންގައްޔަކައް. އޯކޭތަ؟

  27
  2
 9. މޯދި

  ކޮއްމެ އިންތިހާބެއް ބޯމަތީވީމަ އަބަދުވެސް ވަރައް ގިނަ މަގުތަކުގަ ތާރައެޅޭނެ ފާހާނާގެ ނިޒާމު ގާއިމު ކުރެވޭނެއެވެ. ތަރައްގީގެ ގިނަ އެއްބަސް ވުން ތަކުގައި ސޮއިކުރެވޭ އިންތިހާބު ނިމުމާއި އެކު އެމަސްރޫތައްވެސް ގެއްލޭ މިދިޔަ މަޖުލިސް އިންތިހާބައްވެސް 400 މިލިޔަން ޑޮލަރުގެ ތަރައްގީގެ މަސްރޫތައް ހިންގަން އިންޑިޔާކުންފުއްޏަކާއި ހަވާލުކުރި އެއިން ތިހާބު ނިމިގެން ދިޔައިރުވެސް އެއީން އެއްވެސް މަސްރޫއެއް ނުފެށުނު ފަހުން މިބުނީ ބަޖަޓެއް ނެތޯ ލިބިފަކާ ،މިއީ މަކަރާ ހީލަތުން އިންތިހާބުތައް ކާމިޔާބު ކުރާބައެކެެވެ.

  29
  1
 10. ސސ

  މަގު ހެދުމުގެ ނަމުގައި ފައިސާ ބޭކާރުކުރުން ތިޔަ މަގުތަކެއް ހެދާތާ 40 އަހަރުވެއްޖެ !

  19
  1
 11. ހުސޭނުބޭ

  ބޮޑު ބަޖެޓެއް ހަދައި މަގުމަތީގައި ސިމެންތި ފަށަލައެއް އަޅާލީމާ ބަޖެޓުގެ ބޮޑުބައި ދިރުވާލެވޭނެ! ސަޅި ތިގޮތް! އައްޑޫ މީހުން ބޮލުގައި ތިއޮތީ ތެތްގޯނި އަޅުވާފައި!

  19
  1
 12. ޖުލާބި

  ކީއްކުރާ ސީސީޓީވީ ކެމެރާއެއް؟ އާންމުން އަމިއްލަޔަށް ފަރުދީ ޒިންމާ ނަގާނެނު؟

  11
  2
 13. ސަނާ

  އައްޑޫ ކުދިން މެޖޯރިޓީ ދީގެން ހޮވި ސަރުކާރުން ތިހާ ގެންވަރުގެ މަގެއް ހަދައި ދޭތީ ދެން އަތްޖަހާފަ އުފާކޮށް ކައުންސިލުގެ ހުރިހާ ގޮނޑިއެއްވެސް ދީ
  އައްޑޫ މީހުންނަށް އުފާވެރި ޚަބަރަކަށްވާނީ މި ޚަބަރު

  11
 14. އަލިބެ

  މާތްްކަމޯ. 1.8 ބިލިއަން ސިމެންތި ގަށަން. އިލިޔާސް ލަބީބަށް ދޭންވާނެ ދޮންވެލި ގެންްނަން

 15. ސިމެން

  ޢިންޑިއާ ހަނިމަގުތަކުގަ ސިމެންތިން އެހަދަނީ އެއަވައްތަކުގެ މީހުން އަމިއްލައައް ހަދާ މަގުތަކުގަ އިނގޭތޯ!

 16. ހޫދު

  800 މިލިއަން ޑޮލަރުގެ ދަރަނީގަ ތިއީ ކުރަންޖެހޭކަމެއް؟ ރައްޔިތުންނަށް ގެދޮތު ހަދައިދިނަސް މާ ރަނގަޅުވާނެ. 800 މިލިއަނަކީ ހުޅުލޭ އެއާޕޯޓް ރަންވޭ، ޓަރމިނަލް، ތެޔޮ ރސއްކާކުރާ ތަން، ސޒިޕްލޭން ޓަރމިނަލްއާއި އެތަންތަނަށް ޞެނުންވާ ހުތިހާ އެއއްޗަކަށް ޚަރަދުވާ ވަރު. މިހުންނަނީ ކޮރސޕްޝަނާ ގައުމު ދަރުވާލުމާއި ގައުމު ނެތިކޮށްލުމުގެ ޕްލޭންތައް.

 17. ﷲގެ އަޅާ

  އިންތިހާބް އަށް ކަޑަ ޖަހާވަސްތަ މާ ގަދަޔަށް މި ދުވަނީ. ލޮލް .
  މމ