ހއ. އިހަވަންދޫ އާއި ހއ. ހޯރަފުއްޓާއި ހއ. ދިއްދޫއާ ދެމެދު އޮންނަ ވާދަވެރިކަމުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އުނދަގޫފުޅު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރައީސް ސޯލިހާއި ނަޝީދު ގެންދަވަނީ ކޮންމެ ރެއަކު ހެން އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން ރޭގެ ވަގުތެއްގައި ދެ ބޭފުޅުން ބައްދަލު ކުރެއްވީ ހއ. އަތޮޅުގެ ކެންޑިޑޭޓުންނާއެވެ.

އަތޮޅުތަކުގައި ހިމެނޭ ރަށްރަށުގެ ވާދަވެރިކަމަކީ ޒަމާނުއްސުރެ އޮންނަ ވާދަވެރިކަމެކެވެ.

އެހެންވީއިރު ހޯރަފުއްޓާއި ދިއްދޫއާއި އިހަވަންދޫގައި އޮތީ ވެސް އެމްޑީޕީގެ މެޖޯރިޓީ ކައުންސިލެކެވެ. މި ރަށްތައް ހިމެނޭ ދާއިރާތައް ވެސް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވަނީ އެމްޑީޕީގެ މެންބަރުންނެވެ. ނަމަވެސް ހޯރަފުށީގައި ބައެއް މަޝްރޫއުތައް ގިނަވެފައިވާއިރު ހޯރަފުށީ އެއާޕޯޓްގެ މަޝްރޫއަށް ފަހު ދެން އޮތް ދެ ރަށުގައި މަޝްރޫއުތައް މަދު ކަމުގެ ޝަކުވާތައް އައިސްފައިވެއެވެ.

އެމްޑީޕީގެ އިސް ދެ ލީޑަރުންނާއި ހއ. އަތޮޅުގެ އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކު ރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވެސް މިފަދަ އަޑުތަކެއް އިވިގެން ދިޔައެވެ. މިއާއެކު ރައީސް ނަޝީދު ވަނީ ހއ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ތިން ރަށުގެ ރައްޔިތުންނަށް މެސެޖެއް ދެއްވައިފައެވެ. އެމަނިކުފާނު އެދިވަޑައިގަތީ ހުރިހާ އެންމެން ވެސް ވާދަވެރިކަން ދޫކޮށް މުޅި އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރުމަށެވެ.

"އަޅުގަނޑުމެން [އެމްޑީޕީ އަށް] ވެސް ވަރަަށް އުނދަގޫ ވާނެ، ރައީސް [އިބްރާހިމް މުހައްމަދު ސޯލިހް] އަށް ވެސް އުނދަގޫފުޅު ވާނެ އިހަވަންދޫއާއި ހޯރަފުއްޓާއި ދިއްދޫއާ، މިހެން މި ގޮތަށް ޒުވާބު ކުރަން ފަށައިފިއްޔާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވެސް މީގެ ކުރިން އެމްޑީޕީގެ މެންބަރުންގެ މެދުގައި މިފަދަ ކަންބޮޑުވުންތައް ފާޅުކުރައްވާފައިވެއެވެ. މި ގޮތުން ބައެއް މެންބަރުންނާއި ވަޒީރުންނާ ޚާއްސަ ގުޅުމެއް ބާއްވާ ކަމަށާއި ގާތް ގުޅުން އޮންނަ މެންބަރުން ތަމްސީލް ކުރައްވާ ދާއިރާތަކުގައި މަޝްރޫއުތައް ގިނަކޮށް ދާއިރާތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރައްވައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވަޒީރުން ޖަވާބުދާރީ ކުރުމުގެ ގޮތުން މެންބަރުން އެއްވެސް ގޮތެއް ގުޅުން ބާއްވައި ފޯނު ކުރައްވައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވަޒީރުން ޖަވާބުދާރީ ކުރުވުމަށް މެންބަރުންނަށް އޮންނަ ދައުރަކީ އަދި ކަނޑައެޅިފައިވާ ނިޒާމަކީ މަޖިލީހުގެ ތަޅުމަށް ނުވަތަ އެކަމާ ބެހޭ މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް ހާޒިރުކޮށްގެން ވަޒީރުން ޖަވާބުދާރީ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިހަލާސްތެރި

    ބަލަ ހއ .ދިއްދޫ އަކީ އާބާދީގޮތުންވެސް އަދި ހދ.އަތޮލުގެ ބައެއްރައްޔަތުންނައްވެސް ދިއްދޫ އައް ދަތުރުކުރަން ފަސަހެވީ މާ ތަރައްގީކުރައްޖެހެނީ ބަލަ އިހަވަންދޫ ހޯރަފުއަކީ މުލިންއެކަހަރިކޮއްއޮނަ ދެރަށައްވާތީ ދިއްދޫ ތަރައގީކުރާކަން މިހާރު މާގިނަ މަސައްކަތެއްކުރާކަންވެސްނުޖެހޭ އަތޮޅު ހޮސްޕިޓަލް ޒަމާނީފެންވައްތަރައްގީކުރަންވީ މުޅި ތަލްހދ.ށ.ނ މިތިންއަތޮޅުމީހުންވެސް ބޭނުން ހއ އަތޮޅު ހޮސްޕިޓަލް ތަރައްގީކުރަން ދެން މިހާރުވެސް ބައްލަވާ ތަފާތުހިސާބުތައް ކުޅުދުއްފުއްޓާ ހުރިތަފާތު؟؟

    11
    2
  2. ހއ

    އިންތިހާބުގެ ހުރިން ހައްލެއްބޭނުން ނޫންނަމަ މިރަށު އެކަކުވެސް ނުވާނެ އެމްޑީޕީއަށް ވޯޓެއްދީގެން

    14
    1
  3. ޢަދުރޭ

    ބާކީ އޮތީ ދެ އަހަރު ފޮނި ވާން ބޭނުން ވަރަކަށް މި ދެއަހަރު ފޮނި ވާންވީ .. ހޮޓާ ތަކަށް ގޮސް ގާޑިޔާ ތަކުން ދުފާ މަގުމަތީ ކޮރާކުޅުއްވާވެސް ހައްދަވަންވީ އެކަމަކު 2023 ގެ ފަހުން މި ރާއްޖެ ތިއަ ރަނޑާލި ވެރިކަން ހަންދާން ނައްތާލާނެ ކަން ހަނދުމަފުޅު ކުރައްވާތި

    19
    2
  4. Anonymous

    ޙެއްހެއްހޭހޭ

    8
    1
  5. ރަހުމާ

    މި ވާދަވެރިކަމަކީ މާލޭ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އަތޮޅުވެރި ކަމުގެ ދުވަސްވަރުން ފެށިގެން ގަސްތުގައި ކޮށްފައި އޮތް ކަމެއް. މި ކަމުން ރައްޔިތުން ސަލާމަތްވެ ހެލްދީ ވާދަވެރިކަމެއް ގެންގުޅުނީމަ ބަރާބަރު ވާނެ. މީގެ އެންމެ ރީތި އެއް މިސާލަކީ ނ.އަތޮޅު. މައި ހަތަރު ރަށަށް އެއްވަރަށް ވަސީލަތްތައް ބަހައިގެން ތަރައްގީގެ ނަމޫނާ އަތޮޅެއްގެ ގޮތުގައި އެ އަތޮޅު ފާހަގަވޭ. މަނަދޫއަކީ ވެރިކަން ކުރާ ރަށް. އެޑްމިނިސްޓްރޭޓިވް ކެޕިޓަލް. މެހްމާންދާރީ ރަގަޅު ހިތްހެޔޮ ބަޔަކު އުޅޭ ތަރައްގީވަމުން އަންނަ މާ ރަށެއް. ވެލިދޫ އަކީ ނ.އަތޮޅުގެ ވިޔަފާރީގެ މަރުކަޒީ ރަށެއް. ހޮޅުދޫއަކީ ތައުލީމީ މަރުކަޒީ ރަށް. އެކި ރަށްރަށުން ތައުލީމް ހޯދުމަށް އެންމެ ގިނަ މީހުން ބަރޯސާވާ ރަށް. ދެން އޮތީ ކެނދިކުޅުދޫ . އެއީ ކުޅިތަކާއި ޗަސްބިންތަކުން މުއްސަނދި މާ ރަށެއް.

    8
    1
  6. ކިޔުންތެރިޔާ

    ކަލޭނޭ ވޯޓުން ދައްކާލާ ތިކަން. ގާމާރުކަންމަތީ ނުތިބެ އިދިކޮޅަށް ވޯޓުދީ ވޯޓު ފޮށިތައް ފުރާލާ.

    12
    1
  7. އިސްތިއުފާ

    ތަމެން ދެން އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    14
    1
  8. ހަސަންކޮއި

    އަހަރެމެންމިތިބީއަރާނުގަނެވޭވަރައް
    ގައުމީބޭންކައްދަރާފަ،ޕެންޝަންފަން
    ޑުގައިހުރިއަހަރެމެންގެފައިސސސ ސާ
    ލިބޭނެގޮތްހަދާދީ

    7
    1
  9. ދަރަނި ދަންތުރަ

    މި ނަސީދު ނޫންތޯ ދިއްދޫ ރައްޔިތުންނާ ޒުވާބުކުރީ ، އޭގެފަހުން ދިއްދޫ މީހުންނަން ޒުވާބުކުރަން ދަސްވީ ނަސީދަކީ ގޮތެއް ފޮތެއްނެތް މީހެއް

    17
    1
  10. ބޯޖަލީލު

    ރައްޔިތުންނާހެދި އުނދަގޫވައްޏާ ތިދޭތި އިސްތިއުފާދީފަ ރައްކާވޭ އިންޑިޔާއަށް

    16
    1
  11. ދަރަނި ދަންތުރަ

    ހެޔޮނުވާނެ ދިވެހިން މިދެމީހުންގެ ކިބައިން ސަލާމަތްވަމާ ހިނގާ

    19
    1
  12. ޔޔ

    ނާއިންްސާފުން ކަންކުރުމުގެ ނަތީޖާ ވެރިކަން ކުރަން ނޭންގޭތީވާގޮތް އަދުލިއިންސާފެއްނެއް