އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޑީއެފްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ކޯސްޓްގާޑަށް ކަނޑުގައި ދުއްވާ އުޅަނދުފަހަރު ލިބެން ފެށި ފަހުން، ބަނދަރެއްގެ މުހިންމު ކަން ސަރުކާރަށް ދަންނަވަމުން ދިޔަ ކަމަށެވެ. އެމްއެންޑީއެފްގެ އެދުމާ އެކު ބައެއް ސަރުކާރުތަކުން އެހީތެރިކަން ވެސް ފޯރުކޮށްދިން ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑް އުޅަނދުތައް "ބަނދަރު" ކުރުމަށް "ގަލުފަޅު" ކިޔާ ފަޅެއް ސަރުކާރުން މީގެ ކުރިން ދިނެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑްގެ އުޅަނދުތައް ބެހެއްޓުމަށް ފޭދޫފިނޮޅުން ބައެއް ވެސް އެމްއެންޑީއެފަށް ހަމަޖައްސައި ދިނެވެ.

އެކަމަކު، އެއިން އެއްވެސް ތަނެއްގައި ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހެދުމުގެ ފުރުސަތެއް އެމްއެންޑީއެފަކަށް ނުލިބެއެވެ. އެންމެ ފަހުން ސަރުކާރުން ވަނީ އުތުރު ތިލަފަޅު އެމްއެންޑީއެފަށް ދީފައެވެ. އެކަމަކު، އެތަން އަދި އޮތީ އުޅަނދު ފަހަރު، ލަފާ، ފުރާ ފަދަ ގޮތަކަށް ނޫނެވެ.

"އަޅުގަނޑުމެންގެ ކޯސްޓްގާޑް ފްލީޓް ބޮޑުވަމުން ދިއުމާ އެކީގައި، އަދި ތަފާތު ސައިޒްތަކުގެ އުޅަނދު ފަހަރު ފްލީޓަށް އަންނަން ފެށުމާ އެކީގައި އުޅަނދު ފަހަރު ބަލަހައްޓައި މެއިންޓެއިންކޮށް ބެލެހެއްޓޭނެ ކޮންމެވެސް އުސޫލީ ނިޒާމެއް، ނޭވަލް އުސޫލީ ނިޒާމެއް އަޅުގަނޑުމެންގެ ތެރެއަށް ގެނައުމަށް ލައްކަ ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެ،" މަންސޫރު ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަންސޫރު ވާހަކަ ދައްކަވަނީ.؛- ވަގުތ އިމޭޖަސް- މުހައްމަދު އަފްޒަލް

މަންސޫރު ވިދާޅުވި ގޮތުގައި މިހާރު އުޅަނދު ފަހަރު ބަހައްޓާފައި ހުންނަނީ ކަނޑާއި ފަޅުގައެވެ. މިސާލެއްގެ ގޮތުގައި މަންސޫރު ނެންގެވީ ކޯސްޓްގާޑް ޝިޕް "ހުރަވީ"އެވެ. މަންސޫރު ވިދާޅުވީ ފޭދޫ ފިނޮޅު ބޭރުގައި ބޮޔެއް އަޅައިގެން އެތައް އަހަރަކު އެ އުޅަނދު ބާއްވަން ޖެހުނު ކަމަށެވެ. އޭގެ ސަބަބުން އޭގެ ޖަނަރޭޓަރުތައް ހަލާކުވުން އަވަސްވެގެން ދިޔަ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ރަނިން ކޯސްޓް ވަރަށް ބޮޑުވި، 24 ގަޑިއިރު ހިންގާފައި އެ ބެހެއްޓުމުގެ ސަބަބުން ވަރަށް ގިނަ ހަރަދު ދައުލަތުގެ ބަޖެޓުން ދިޔަ. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މިއީ ތާރީހީ ދުވަހެކޭ،" އަވަށްޓެރި ގައުމެއްގެ އެހީތެރިކަމާ އެކު އުތުރުތިލަފަޅުގައި ބަނދަރެއް ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ފުރަތަމަ މަރުހަލާ ފުރިހަމަވުމާ ގުޅިގެން އެކަމާ އުފާ ކުރައްވައި މަންސޫރު ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން؛- ވަގުތ އިމޭޖަސް- މުހައްމަދު އަފްޒަލް

މިއާ އެކު، އުތުރުތިލަފަޅަކީ ކޯސްޓްގާޑަށާއި އެމްއެންޑީއެފް އަށް މުހިންމު ތަނަކަށް ވާނެ ކަމަށް މަންސޫރު ވިދާޅުވިއެވެ. އަދި މިއީ އެމްއެންޑީއެފްގެ ކެޕޭސިޓީ އިތުރުވެގެން ދާނެ ކަމެއް ކަމަށް ވެސް މަންސޫރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ތަނެއްގައި ބަނދަރެއް ހެދި، ވޯކްޝޮޕްތަކާ އެއްޗެހި ހެދި މިތަނަށް ބޭނުންވާ މަރާމާތުތައް ކުރެވޭނެ މަގުފަހިވެގެން ދިއުމަކީ އަޅުގަނޑުމެން ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް،" މަންސޫރު ވިދާޅުވިއެވެ.

މަންސޫރު ވިދާޅުވީ ދައުލަތަށް ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އުތުރު ތިލަފަޅު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    މި އީ ކަނޑަ އެޅިގެން ރަ އްޔިތުންނަށް ކުރާ ޖެ އްސުން.

    28
  2. ޟިސާލު

    ދެން އަތްޖަހާ.
    5 އަހަރު ނިމޭއިރު ގައުމު އިންޑިއާއަށް ވިއްކާ ހުސްކޮށްލާނެ.

    28
  3. އަލީ

    އެމެޓީސީސީ އަކަށް މިކަމެއް ނުވާނެތަ؟

    18
  4. އަލީ

    ވޯޓު ހޯދަން އައިސްބަލަ. ފައިވާން ކިބައިން ޖަވާބުދޭނީ

    23
  5. ޢަހުމަދު

    ނުވެއް ތިބޭނެ މަސައަކަތް ނުނިމޭތީ ނުފައިބާނެ

    16
  6. ސުނީ

    އާނ.. މިޔޮއް ފަޅާއަރަނީ.. ވަގައްތިބެ އިންޑިޔާއަށް ރާއްޖޭގައި އަސްކަރީ ނޭވަލް ބޭސް އެއްދެނީ.. ރައީސް ޔާމީން ގެ 5 އަހަރު ނިންމެވީ އެޔޮއްބާރުގަދަ ޗައިނާއަށް އެކަހަލަ އެއްވެސް ތަނެއް ރާއްޖޭގެ ބިމުން އަދި ކަނޑުންވެސް ނުދީ.

  7. ކަލޯ

    ތިޔަބުނާ މަސައްކަތެއް 3 އަހަރުތެރޭގައި ނުނިމޭނެ، އަދި އިންޑިޔާ ސިފައިންގެ ބޯޓުތަކުން އެއްޗެތި ގެނެސް އަބަދު އަބަދު އޮންނާނީ، ދެން ކޯޗެކޭތޯ މިކިޔަނީ. އިންޑިޔާ ސިފައިން މިރާއްޖޭގައި ތިބި އަދަދު ރައްޔިތު ންނަށް ސާފު ނުކޮށްދެވުނު ބަޔަކަށް ދެންވެސް ހެދޭނީ ދޮގު. މީހުސް ދޮގުހަދާ ބައެއް

    • ޙަހަހަހ

      މަންސޫރަކި ކާކުކަން އެންގޭ މީހަކު އޭނަ ދައްކާ ވާހަކަ މި އުޑު ދަށުގަ ގަބޫލެއް ނުކުރާނެ.

  8. ޢަލީ

    ދެން ތި ބަނދަރު ދުވަހަކުވެސް ނުނިމޭނެ، އަބަދުވެސް އެތަން ހަދަން ބަޔަކު ތިބޭނެ، އެބަޔަކަށް މިވަނީ އިންޑިއާގެ ޖާސޫސީ ސިފައިން. މިވެރިކަން ނިމިގެންނޫނީ، އެކަމަކުން ސަލާމަތެއް ނުވާނެ، އެހެންކަމުން މި ވެރިކަން ބަދަލުކުރުން ނޫންގޮތެއް ދިވެހި ޤައުމުދެކެ ލޯބިވާ ރައްޔަތިންނަށް ނެތް. މިއަދުވެސް މަސައްކަތް ފަށަންވީ ލަސްވެއްޖެއްޔާ ވަގުުތު ފާއިތުވެދާނެ.