ވ. އަތޮޅު ފަޅުރަށެއް ކަމަށްވާ ފޮތްތެޔޮބޮޑުފުށިން މަރުވެފައި އޮއްވާ ފެނުނު މީހާގެެ ހަށިގަނޑާއި ރާއްޖޭގެ އިގްތިސާދީ ކަނޑުގެެ ސަރަހައްދުން ޑިންގީއެއްގައި ދަތުރުކުރަނިކޮށް ފެނުނު މީހާ ލަންކާއަށް ފޮނުވާލުމުގެ މަސަައްކަތް ފަށައިފިއެެވެ.

މި މަސައްކަތް ފަށާފައި ވަނީ ރާއްޖޭގައި ހުންނަ ލަންކާގެ ހައި ކޮމިޝަނާއި ގުޅިގެން ފުލުހުންނެވެ.

މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނުނީ، އެ ރަށަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. އޭނާ އޮތީ ރަށުގެ ވަރަށް އެތެރޭގަ އެވެ. އެހެންވެ، ބެހިގެން އެ ރަށަށް ލެއްގީ ކަމަކަށް ނުބެލެވެ އެވެ.

ޑިންގީއެއްގައި ދަނިކޮށް ލަންކާ މީހާކު ސަލާމާތްކޮށްފައި ވަނީ އަންބަރާ ކައިރިންނެވެ. ފޮތްތެެޔޮ ބޮޑުފުށީގައި މަރުވެފައި އޮތް މީޙާއަކީވެސް މިދިޔަ މަހުގެ 30 ވަނަ ދުވަހު މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ބެހުނު މީހެއް ކަަމަށް ވެއެވެެ.

ކިޔުންތެރިންގެ ހިޔާލު