ސަރުކާރު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު (ދިއްދޫ ލަތީފް) ހައްޔަރު ކޮށްފިއެވެ.

މުޒާހަރާގެ ތެރެއިން ލަތީފު ހައްޔަރު ކޮށްފައިވާކަން "ވަގުތު" އަށް ވަނީ ކަށަވަރުވެފައެވެ.

އިދިކޮޅުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި ގިނަ ބަޔަކު ހައްޔަރު ކުރި ނަމަވެސް، މީގެ ކުރިން އެމީހުން ވަނީ ދޫކޮށްފައެވެ.

އެހެން ނަމަވެސް ދާދި ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހިޔާ ފްލެޓް މައްސަލައިގައި މިހާރު މުޒާހަރާ ކުރަމުން ގެންދާ މީހުންގެ މައްޗަށް ޤާނޫނުލް އުޢޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ތުހުމަތުކޮށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ފުލުހުން މިއިންޒާރު ދީފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ފްލެޓް މައްސަލައިގައި މުޒާހަރާއެއް ކޮށްފައި ވަނިކޮށެވެ. އަދި ފްލެޓް މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ ސިލްސިލާ މުޒާހަރާތަކަކަށް އިދިކޮޅު ފަރާތްތަކުން ގޮވާލާފައި ވަނިކޮށެވެ.

މީގެ އިތުރުން ފުލުހުން ވަނީ އެއްވުން ރޫޅާލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. މުޒާހަރާ އަކީ ގާނޫނާއި ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށާއި އެހެންކަމުން މިފަދަ އެއްވުންތަކުގައި ބައިވެރިނުވުމަށް އާންމުންނަށް އޭނާ ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. علي وحيد

  ފުލުހުން ގޮވާއެއްޗެއްގޮވާ ފުލުހުންވެސް ވިސްނާ ތި ވެރިކަމާ ކީ ބަދަލުވާނެއެއްޗެއް ގާނޫނުލްއުގޫބާތުގެ 510ވަނަ މާއްއެއިރުންވެސް އޮންނާނެ ވިސްނާފަ ކުރާކަމެއް ކުރާތީ

  25
  2
  • ބޭބެ

   ނިކުންނަންވީ!! މިނުބައި ނުލަފާ ސަރުކާރަށް އަޑުއިއްވަންޖެހޭ!! ކަމެއް ނުކުރެވޭ އަދި ކުރި ވައުދުތައްވެސް ނުފުއްދޭއިރު ރައިސް ޔާމީންގެ ސަރުކާރުން ދިވެހި ނިކަމެތި ރައްޔިތުންގެ ޙައުގުގައި އެޅި 7000 ފުލެޓުންވެސް ކުރީ ވައްކަން!! ޒުވާނުންނަށް ޚާއްސަކޮށްގެން އަޅާ ނިމެމުންދާ 1 ކޮޓަރީގެ ފުލެޓުންވެސް ކުރީ ވައްކަން!! އެތަންތަން ބޮޑު އަގުގަ ވިއްކާލާފަ ލާރިކޮޅުވެސް ކާލީ ތޯއްޗެއް!! ތިމަންމެން ސަރުކާރާ ޙަވާލުވާތާ އެއް އަހަރުތެރޭ ނިންމަން ބުނި ފުލުހުންނާ ސިފައިންގެ ފުލެޓްތައްވެސް ނިންމާނުލެވުނު!! މަރާލައިފާ މީހުންގެ މައްސަލަތައް ބަލާ އިންސާފު ހޯދައިދީ އެކަން ނިންމާނެކަމަށްބުނީ އެއްމަސްތެރޭ!! ތިން އަހަރު ވެރިކަމަށް ވެގެންދާއިރު އެކަމެއްވެސް ނުކުރެވުނު!! ތިމަން ލޯނު ނުނަގާނަމޭ ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާނަމޭ ބުނެ އައި ސަރުކާރުން އިންޑިޔާއަށް މިގައުމު ވިއްކާލައިފި!! ހަމަ އެކަނި އެގައުމުން 1 ބިލިޔަން ޑޮލަރުގެ ލޯނު ނަގައިފި!! މިވަރަށް ލޯނު ނަގައިގެން ގައުމުގެ އިގްތިސޯދަށް ފައިސާ ވަންނަނެ އެއްވެސް މަޝްރޫޢެއް ނުހިންގާ!! ޔާމީން ލޯނު ނަގައިގެން ކުރީ ގައުމަށާ ރައްޔިތުންނަށް ފައިދާވާނެ މުހިންމު މަސައްކަތްތަކެއް!! އޭގެތެރޭ ދެތިންކަމެއް ދަންނަވާލަން!! ހުޅުމާލެ ބްރިޖް! ދަރުމަވަންތަ ހޮސްޕިޓަލް!! 7000 ފުލެޓް! ހުޅުލެ އެއަރޕޯޓްގައި އާރަންވޭއަކާއި އާ ދެބުރި ޓާމިނަލް އާއި އާ ސީޕްލޭން ޓާމިނަލް!! މިކަހަލަ ކިތަންމެ ކަމެއް ތިބޭފުޅުން ގުނާ އަދަދު ނުކުރެވޭނެ!! ޔާމީން ކޮށްފައިވާ އަދި ކުންފުނިތަކާއި ޙަވާލުކޮށްފައިވާ ފްރޮޖެކްޓްތަކުން މިސަރުކާރަށް ކުރެވޭކަމަކީ ވައްކަންކުރުން!! އަޑި ނޭނގޭ އެއްބަސްވުންތައް ހަދާ އިންޑިޔޢަށް ގައުމު ވިއްކަމުން އަޅުވެތިކުރަމުންދާއިރު ރައްޔިތުން ބަލަން ތިބެގެން ނުވާނެ!! މިއީ ރައްޔިތުން ނިކުންނަންވީ ވަގުތު!! ވަގުތު ފާއިތުވެދިޔަނުދީ!! ނިކުންނަވާ އަޑުއުފުލާ! ރައްޔިތުންގެ ބައިވެރިވުން ގައުމަށްޓަކައި މުހިންމުވީ ވަގުތު އަޑުއަހަންޖެހޭ!! އެންމެންވެސް ޒިންމާ ނަންގަވާ!! ހުރިތަނުން ތެދުވެ ހިތްވަރާ އާއަޒުމަކާއެކު ހަށިފޮޅާލާފަ ނިކުންނަވާ!!