އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާއާ އެކުވީ އެއްބަސްވުގެ މައުލޫމާތު ދެފުށް ފެންނަ ގޮތަށް އާންމުންނަށް ހާމަ ކުރުން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެކަމަކު، އެމްއެންޑީއެފް އިން އެކަން ދޮގު ކުރެއެވެ.
އެމްއެންޑީއެފުން އެ ކަން ދޮގުކުރި ނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ އަދިވެސް އެ އެއްބަސްވުމުގައިވާ ކަންކަން ސާފުކޮށް ފެންނަ ގޮތަށް ހާމަ ކުރުމަށް މީސްމީޑީއާގައި ގޮވާލަމުންނެވެ.
މިފަދަ ދަނޑިވަޅެއްގައި ޑރ. މުއިއްޒު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، އުތުރު ތިލަފަޅުގައި ކޯސްޓްގާޑްގެ ބަނދަރެއް ހަދަން އިންޑިއާއެކު ވީ އެއްބަސްވުމާއި ގުޅޭގޮތުން މީޑިއާ ތަކުން އިވެމުންދާ ކަންބޮޑުވުންތައް އުފެދޭ ފަދަ ރިޕޯޓުތަކަށް ބަލާއިރު މާލޭ ރައްޔިތުންނާއި އަދި މުޅި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި އެ އެއްބަސްވުމުގައިވާ ކަންކަން ދެފުށް ފެންނަ ގޮތަށް ހާމަކުރަން ޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
In the interest of the people of Male and the country as a whole, I humbly believe it is important that the details of this agreement is transparently revealed to the public, due to the concerning reports we are hearing in the media about this agreement. https://t.co/FUWy3JuNpA
— Dr Mohamed Muizzu (@MMuizzu) February 21, 2021
އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އަދި އެ ތަނުގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް އަމާޒުކޮށްފައި އޮތީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ. އުތުރު ތިލަފަޅުގައި ޒާމާނީ ހުރިހާ ވަސީލަތެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިގަ އުމަކީ ދެމީހެ އްގެ މިލްމި އްޔާތެ އް ކަމަށް ހަދަ އިގެން މި އުޅެނީ، ކޮންފަދަ ބޮޑު މުޞީބާތެ އް
ނުޖެހޭނެ ކޮންމެ ހެނެއް
ކަލޯ ނުޖެހޭނެ ކޮންމެހެން ދައްކާ ކާއް
ތިކަމެއްނުކުރާނު. ގައުމީސަލާމަތަށާ އިންޑިއާ ރާއްޖެ ގުޅުމަށް އަސަރުކުރާނެ ދެފުއްފެއްނަ ގޮތަށް އެއްބަސްވުންތަށް ހަދަންވެއްޖިއްޔާ. އެއްމެރަނގަޅު ގޮތަކީ ސިއްރުގޮތެއްގަ ކޮރަޕްސަން ލާގެން ދިވެހި ގައުމު އިންޑިޔާއައް މަދުފައިސާކޮޅަކަށް ވިއްކާލުން ރައްޔިތުން ލޮލަށް އަނދުންގުޅައެއް ޖަހާފަ.
ސަރުކާރުން ހަދާ ހުރިހާ އެއްބަސް ވުމެއް އާއްމުންނަށް ދައްކަން ޖެހޭނަމަ ސަރުކާރެކޭ ނުކިޔާނެ ! ސަރުކާރެއް އުފައްދަނީ ޤައުމަށް ކުރަން ޖެހޭ ކަންކަން ސަރުކާރުގަ ތިބޭބަޔަކު ރައްޔިތުންނަށް ގެއްލުން ނުވާނެ ގޮތަށް ރާވާ ހިންގަން ! ކޮންމެ ކަމެއް ރައްޔިތުންނަށް އަންގަން ޖެހޭނަމަ ޤައުމުގައި އެއްވެސް ކަމެއް ކުރިއަކަށް ނުގެންދެވޭނެ ! ކަލޭ ވެރިއަކަށް ހުރިއިރު އިސްލާމީ މަރުކަޒުގައި ފަނަރަފަހަރަށް މުށިޖަހަން ރައްޔިތުންނަށް ނުއެންގީ ކީއްވެތަ ؟
ނިކުންނަންވީ!! މިނުބައި ނުލަފާ ސަރުކާރަށް އަޑުއިއްވަންޖެހޭ!! ކަމެއް ނުކުރެވޭ އަދި ކުރި ވައުދުތައްވެސް ނުފުއްދޭއިރު ރައިސް ޔާމީންގެ ސަރުކާރުން ދިވެހި ނިކަމެތި ރައްޔިތުންގެ ޙައުގުގައި އެޅި 7000 ފުލެޓުންވެސް ކުރީ ވައްކަން!! ޒުވާނުންނަށް ޚާއްސަކޮށްގެން އަޅާ ނިމެމުންދާ 1 ކޮޓަރީގެ ފުލެޓުންވެސް ކުރީ ވައްކަން!! އެތަންތަން ބޮޑު އަގުގަ ވިއްކާލާފަ ލާރިކޮޅުވެސް ކާލީ ތޯއްޗެއް!! ތިމަންމެން ސަރުކާރާ ޙަވާލުވާތާ އެއް އަހަރުތެރޭ ނިންމަން ބުނި ފުލުހުންނާ ސިފައިންގެ ފުލެޓްތައްވެސް ނިންމާނުލެވުނު!! މަރާލައިފާ މީހުންގެ މައްސަލަތައް ބަލާ އިންސާފު ހޯދައިދީ އެކަން ނިންމާނެކަމަށްބުނީ އެއްމަސްތެރޭ!! ތިން އަހަރު ވެރިކަމަށް ވެގެންދާއިރު އެކަމެއްވެސް ނުކުރެވުނު!! ތިމަން ލޯނު ނުނަގާނަމޭ ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާނަމޭ ބުނެ އައި ސަރުކާރުން އިންޑިޔާއަށް މިގައުމު ވިއްކާލައިފި!! ހަމަ އެކަނި އެގައުމުން 1 ބިލިޔަން ޑޮލަރުގެ ލޯނު ނަގައިފި!! މިވަރަށް ލޯނު ނަގައިގެން ގައުމުގެ އިގްތިސޯދަށް ފައިސާ ވަންނަނެ އެއްވެސް މަޝްރޫޢެއް ނުހިންގާ!! ޔާމީން ލޯނު ނަގައިގެން ކުރީ ގައުމަށާ ރައްޔިތުންނަށް ފައިދާވާނެ މުހިންމު މަސައްކަތްތަކެއް!! އޭގެތެރޭ ދެތިންކަމެއް ދަންނަވާލަން!! ހުޅުމާލެ ބްރިޖް! ދަރުމަވަންތަ ހޮސްޕިޓަލް!! 7000 ފުލެޓް! ހުޅުލެ އެއަރޕޯޓްގައި އާރަންވޭއަކާއި އާ ދެބުރި ޓާމިނަލް އާއި އާ ސީޕްލޭން ޓާމިނަލް!! މިކަހަލަ ކިތަންމެ ކަމެއް ތިބޭފުޅުން ގުނާ އަދަދު ނުކުރެވޭނެ!! ޔާމީން ކޮށްފައިވާ އަދި ކުންފުނިތަކާއި ޙަވާލުކޮށްފައިވާ ފްރޮޖެކްޓްތަކުން މިސަރުކާރަށް ކުރެވޭކަމަކީ ވައްކަންކުރުން!! އަޑި ނޭނގޭ އެއްބަސްވުންތައް ހަދާ އިންޑިޔޢަށް ގައުމު ވިއްކަމުން އަޅުވެތިކުރަމުންދާއިރު ރައްޔިތުން ބަލަން ތިބެގެން ނުވާނެ!! މިއީ ރައްޔިތުން ނިކުންނަންވީ ވަގުތު!! ވަގުތު ފާއިތުވެދިޔަނުދީ!! ނިކުންނަވާ އަޑުއުފުލާ! ރައްޔިތުންގެ ބައިވެރިވުން ގައުމަށްޓަކައި މުހިންމުވީ ވަގުތު އަޑުއަހަންޖެހޭ!! އެންމެންވެސް ޒިންމާ ނަންގަވާ!! ހުރިތަނުން ތެދުވެ ހިތްވަރާ އާއަޒުމަކާއެކު ހަށިފޮޅާލާފަ ނިކުންނަވާ!!
ނުކުމޭ..ގެއަށް ވެސް ނުވަންނާތި..ކޮންބަލާއެއް އަހަރުންނަށް
އެއްބަސްވުން ކިހިނެއްތޯ ހާމަކުރާނީ. 3 މީހުން އަތަށް އިންޑިޔާއިން ދިނީ ތަފާތު 3 އެގްރިމެންޓް. އިބޫ އަށް ދިނީ ދެވަނަ ދައުރެއްގެ ޗާންސު ބޮޑުކޮށްދޭނެ ކަމަށް އޮތް އެއްޗެއް. ޝާހިދަށް ރިޔާސީ ޓިކެޓްގެ ދޭވާހަކަ އޮތް އެއްޗެއް. އަންނި އަށް ބޮޑުވަޒީ ކަން ދޭއެއްޗެއް. އޮތީ ދީފައޯ
އޭ މިހިރަ ފާސިޤާ، ކަލޭ ރިޝްވަތުގެ ގޮތުގަ ކޭ ހަރާމް ފައިސާތަކުގެ ތަފްސީލް ދައްކަބަލަ! މިައަދު އިންސާފަށް ފިލައިގެން އުޅެވިދާނެ އެކަމް މަޚްޝަރު ދުވަހު ކަރަށް ޒައްޤޫމް އަޅަން ތައްޔާރުވޭ
ހުރިހާ ކަމެއް ކުރަނީ އޮޅުވާލައިގެން. މަކަރު ވެރި ސަރުކާރު
އުތުރުތިލަފަޅުގެ އެއްބަސްވުން އާންމުންނަށް ފެންނަ ގޮތަށް ހާމަކުރަން ޖެހޭ މީނަބުނާއިރު ޔާމީނުވެރިކަމުގަ އެކަންނުކުރީ ކީއްވެބާ؟