އަންނަ ހުކުރު ދުވަހު އިިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މާލޭގައި ބޮޑު މުޒާހަރާ ބޭއްވުމަށް ނިންމައިފިއެވެ.

މިސަރުކާރުން ދިވެހި ރައްޔިތުންގެ އެތައް ހައްގަކަށް އަރައިގަނެ އަދި އިދިކޮޅުގައި ހިމެނޭ ހަމަ އެކަނި ސިޔާސީ ލީޑަރު ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް އިދިކޮޅުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހު ބޭއްވުމަށް ނިންމާފައިވަނީ "އިންސާފު ކޮބާ؟" ގެ ނަމުގައާއި "މަގޭ ފްލެޓް ކޮބާ؟" މުޒާހަރާއެކެވެ.

ހުކުރު ދުވަހުގައި އޮންނަ ބޮޑު މުޒާހަރާ އިއުލާނު ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، ބިރުދެއްކިއަސް، އިންޒާރު ދިނަސް ރައީސް ޔާމީނާއި ރައްޔިތުންގެ ހައްގުގައި ކުރަމުން ގެންދާ އެ މަސައްކަތަށް އެއްވެސް މަޑު ޖެހުމެއް ނާންނާނެ ކަމަށެވެ.

މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ޕީޕީއެމް އޮފީސް ދޮރުމަތިން ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ނިމާލް ވިދާޅުވީ އެމުޒާހަރާ ގައި ބައިވެރިވުމަށްޓަކައި ރަށްތަކުގައި ތިބި މީހުން ވެސް އެދެމުންދާ ކަމަށާއި އެގޮތުން މުޒާހަރާގައި ބައިވެރިވުމަށްފަހު ރަށަށް އަނބުރާ ގޮސް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ވެސް އެމީހުން ތިބީ ތައްޔާރަށް ކަމަށް ނިމާލް ވިދާޅުވިއެވެ.

ނަމަވެސް މިއީ އިދިކޮޅު ކޯލިޝަނުން އެހާ ހިތްވަރުދޭ ކަމަކަށް ނުވާތީ އެމީހުން ނުގެންނަން ނިންމާފައިވާ ކަމަށް ނިމާލު ވިދާޅުވިއެވެ.

"މާލޭގެ ހުރިހާ ރައްޔިތުން އެ ދުވަހު ނިކުންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް. ހުކުރު ދުވަހުގެ އިވެންޓު ވާނީ ވަރަށް ބޮޑު އިވެންޓަކަށް ވާނީ. މާލޭގެ ހުރިހާ ރައްޔިތުން ސަރުކާރަށް އަޑު އިއްވަން ނިކުންނާނެ ކަމުގެ ޔަގީންކަން އެބައޮތް" ނިމާލު ވިދާޅުވިއެވެ.

އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަމުން އަންނަ ދަނޑިވަޅަކާއި ދިމާކޮށް ފުލުހުން ވަނީ ހިޔާ ފްލެޓް މައްސަލައިގައި މިހާރު މުޒާހަރާ ކުރަމުން ގެންދާ މީހުންގެ މައްޗަށް ޤާނޫނުލް އުޢޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ތުހުމަތުކޮށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލްޖިބްރާ

    އަނެއްކާ އަލަށް ބަޔަކު ޕާރޓިގެ ކުރިމައްޗަށް ނެރެ ބޮޑިއެއް ދޭން ރާވަނީ !

    3
    7
  2. ަނިހާން

    ކިހާ ބޮޑު ކަމެއް ކޮވިޑް ފެތުރެމުންދާ މިވަގުތު ވެސް ސިޔާސީ މަންފާއެއް ހޯދަން އުޅޭ ބައެއްތިއީ...

    4
    8
  3. ސަތަރޭ

    ދާނަން ފަތާފަވެސް

    7
    4
  4. Happy

    ކިހާދެރަކަމެއް މީ މިހުންނާހެދި މާލޭގެ ކޭސްތައް މައްޗައްމިދަނީ 😡

    2
    4
  5. ބިސްބޮންގޮންގު

    ރަގަޅު އެތައް ބަޔަކަށް ކޮވިޑު ޖައްސަންވާނެ! އަދުތޯ މާދަންތޯ ވެފަ ތިބޭ އުމުރުގެ ވީހާވެސް ގިނަ ބަޔަކު ނެރެންވާނެ! ކޮވިޑު ޖެހިގެން ބަޔަކު މަރުވީމަ މާލޭގަ އުޅޭ ރައްޔިތުންނަށް ތަންކޮޅެއް ލުއި ފަސޭހަވާނެ އުތަ؟

    2
    3