މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 157 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު ފައްސިވި މީހުންގެ ތެރެއިން 103 މީހަކު ފައްސިވީ މާލެ އިންނެވެ.
މީހުން ދިރިއުޅޭ ރަށްތަކުން 20 މީހުން އަދި ރިސޯޓްތަކުން 34 މީހުން މިއަދު ފައްސިވިއެވެ.
މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 18،769 އަށް އަރާފައެވެ.
ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 135 މީހުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވެފައިވެއެވެ. މިއާއެކު ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން ޖުމުލަ 16،196 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންދަނީ 2،506 މީހުންނެވެ. އޭގެތެރެއިން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 162 މީހުންނަށެވެ.
މިއަދު 4،353 މީހަކު ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އެހެންކަމުން މިހާތަނަށް ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރި ސުންކުތަކުގެ އަދަދު 492،160 އަށް އަރައެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 60 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި 8 ބިދޭސީންނެވެ.
އެޗްޕީ ޢޭ ފެ އިލްވެ މަ އެމޫނާ މަގާމުން ދުރުކޮށް މިކަމުން އަރަ އިގަންނަން ތަންކޮޅެ އް ހަރުދަނާ ފިޔަވަަޅެ އް އަޅަންވެ އްޖެނު!!
މުޒާހަރާ ގިނަވާވަރަކަށް ކޮވިޑް ގިނަ ވާނެ. ކަރަންޓް އަގުބޮޑުވާ ވަރަކަށް ކޮވިޑް ގިނަވާނެ. ތެޔޮ އަގުބޮޑުވާވަރަކަށް ކޮވިޑް ގިނަވާނެ. މިހެންގޮސް ކޮވިޑް ގިނަވާ ބައިވަރު ކަންތައް ހުންނާނެ. މަޖީދީމަގު ކިތަންމެ ވަރަކަށް ތޮއްޖެހުނަސް ކޮވިޑެއް ގިނައެއް ނުވާނެ.
ކުރިން ކިޔަނީ މީދާތައް ވަކަރުމަތިންދޭ ބުޅާއަރާ ބާއޮބާއޮ ގޮވާނޭ. މިހާރު ކިޔަނީ އިންޖެކްޝަން ޖެހުން ގިނަވަމުން ވަމުން ދޭ ކޮވިޑްއަރާ ބާރުބާރު ގޮވާނޭ.