ފުވައްމުލައް ސިޓީން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއާއެކު މިހާރު އެ ސިޓީން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެވެ. އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ހަތް މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު އެ ސިޓީގައި ފަރުވާދެމުން ދަނީ 31 މީހަކަށެވެ. އެ ސިޓިން ފައްސިވި އެކަކު މިވަގުތު ހުރީ އައްޑޫ ސިޓީއަށް ފޮނުވާލާފައެވެ.

އެރަށު ކައުންސިލްގެ ފަރާތުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސިޓީ ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ، މިހާރު އެ ސިޓީން ޖުމްލަ 4485 ސުންކުނަގާފައި ވާ ކަމަށެވެ. އަދި މިއަދު 103 ސުންކު ނެގި ކަމަށާއި، ނަތީޖާ ނުލިބޭ 204 ސުންކެއް އަބަ އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު ސުންކު ނެގި ފަރާތްތަކުގެ ތެރެއިން ގާތުން އެއްްތާވި 84 މީހެއްގެ ސުންކު ވަނީ ނަގާފައެވެ.

ފުވައްމުލަކުން ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެސިޓީގައި އަޅާފައެވެ. އޭގެ ތެރޭގައި ރޭގަނޑު 20:00 ފަތިހު 4:00 އަށް ބޭރުގައި އުޅުން މަނާކޮށް، އޮފީސްތަކާއި ސްކޫލްތަކުގެ އިތުރުން ފިހާރަ/ ރެސްޓޯރެންޓްތައްވެސް ވަނީ ބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސަން ފުތާ

    ވަޑިޔާ ކުރޯނާ ގިނަވަނީ