މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ ޏ. ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ އާ އިހަލެއް (ކްލަސްޓާއެއް) އުފެދިފައިވާ ކަމަށާއި، އެ އިހަލުން މިހާތަނަށް ހަތް މީހަކު ފައްސިވެފައިވާ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީން) ވިދާޅުވެއްޖެ އެވެ.
މިހާރު އެޗްއީއޯސީން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މިހާރު ފުވައްމުލަކުގައި ފެތުރެމުންދާ ކޮވިޑްގެ ވޭދަނަތަކާއި ގުޅުން ނެތް މީހަކު އިއްޔެ ފައްސިވެ، އެ ވޭދަނައާއި ގުޅުން ހުރި އިތުރު ހަ މީހަކު މިއަދު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ.
މިހާރު އެ ސިޓީގައި އިތުރު ދެ އިހަލަކަށް ނިސްބަތްވާ ބަޔަކު ކޮވިޑަށް ފައްސިވެފައި އެބަތިއްބެވެ.
އެއީ ދުބާއީގައި ހުރެފައި ފުވައްމުލަކަށް ކަރަންޓީންވުމަށް ދިޔަ މީހެއްގެ އިހަލާއި، އަދި އެރަށު ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހަކާއި ގުޅުން ހުރި އިހަލެވެ.
އެ ސިޓީއާ ގުޅިފައިވާ ތިން ވަނަ އިހަލުގެ ތަފްސީލް އަދި ލިބިފައެއް ނުވެއެވެ.
އެ ސިޓިގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެެވެ.
ފުވައްމުލަކުން ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެސިޓީގައި އަޅާފައެވެ. އޭގެ ތެރޭގައި ރޭގަނޑު 20:00 ފަތިހު 4:00 އަށް ބޭރުގައި އުޅުން މަނާކޮށް، އޮފީސްތަކާއި ސްކޫލްތަކުގެ އިތުރުން ފިހާރަ/ ރެސްޓޯރެންޓްތައްވެސް ވަނީ ބަންދު ކޮށްފައެވެ.
މި ފިޔަވަޅުތައް އަޅާފައިވާ މުއްދަތު ހަމަވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ އިތުރު 7 ދުވަހަށް އެ ފިޔަވަޅުތައް ދަންމަވާފައެވެ.
ކައިށި އިހަލައެ، ގޮބޮޅި އިހަލައެ ކޭ ބެލައު.
ދޯދިޔާ ސިޔާސަތުގެ ސަބުން ދި މާވާ ހިތާ މަވެރިކަން
ސަރުކާރުގެ ދޯދިޔާ ސިޔާސަތުގެ ސަބަބުން ދިމާވަމުންދާ މައްސަލަ.
މިވެސް ހަބަރެއް ކިހާރަނގަޅު މޮޔައިން ވާނީހަމަ މޮއައިންނަން އަބުރުވުވެރި ކޮށް އުޅޭކަށްނޭގޭނެ