ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ އިރު ސިޔާސީ މައިދާނަށް އަބަދުވެސް ބޮޑެތި ތޫފާނުތައް އަރައެވެ. ނަމަވެސް މިފަހަރު ތޫފާނު އަރާފަައި މިވަނީ ސިޔާސީ މަސްރަހަކަށް ނޫނެވެ. މިފަހަރު ތޫފާނާއި ނަގޫރޯޅީގައި ޖެހި ގެއްލުން ލިބެމުން ދަނީ އިދިކޮޅު އެންމެ ވަރުގަދަ ޕާޓީ ކަމަށްވާ އެމްޑީޕީއަށެވެ.

އެމްޑީޕީގެ އެތެރޭގައި ގިނަ ދެބަސްވުންތަކެއް އޮތްކަަމަށް ފަހަކަށް އައިސް ވަނީ ވާހަކަ ދެކެވެން ފަށާފައެވެ. މީސް މީޑިއާގައި އަޑުފެތުރިފައި އޮތް ގޮތުން އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޕީޖީ ލީޑަަރު އިބްރާހިމް މުހައްމަދު ސޯލިހު އާއި ގުޅިގެން އުފެދިފައިވާ ދެބަސްވުންތަކެކެވެ. ކަށަވަރުކޮށް އެނގެން އޮތް ހަމައެކަނި ކަމަކީ ދެބަސްވުންތަކެއް އޮތް ކަމެވެ. ތޫފާނެއްގައި ޖެހިފައި އޮތް ކަމެވެ.

އެމްޑީޕީގެ އެތެރޭގެ ތޫފާނުގެ ވާހަކައަށް އިތުރު ބާރެއް ލިބިގެން ދިޔައީ އިއްޔެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ޓްވީޓަކުންނެވެ. އާާޒިމްގެ ޓްވީޓުގައިި ވިދާޅުވީ ކުރިއަށް އޮތީ ވަރަށް ދަތި އުނދަގޫ ދުވަސްވަރެއް ކަމަށާއި އޮޑި ދަތުރު ކުރަމުން ދަނީ ތޫފާނަކާއި ދިމާލަށް ކަމަށެވެ. މިސާލު ބަހުން ވާހަކަ ދެއްކެވި އިރު އާޒިމް އިޝާރާތް ކުރެއްވީ އެމްޑީޕީގެ އެތެރޭގައި ޖެހިފައި އޮތް މައްސަލައަށް ކަމަށް ވަނީ ބެލެވިފައެވެ.

އާޒިމްގެ ޓްވީޓާއި ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓުން މީސް މީޑިއާގައި ބުނަމުން ދަނީ އެމްޑީޕީ އަކީ ދެބަސްވުންތަކުން އައިގަނެ އިންތިހާބުގައި ރައީސް ޔާމީނުގެ މައްޗަށް ކުރި ހޯދޭނެ ވަރުގެ ޕާޓީއެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އެމްޑީޕީ އަކީ ތޫފާނުގެ އިތުރުން މީގެ ކުރިން ނަގޫރޯޅި އާއިވެސް ކުރިމަތިލާން ޖެހުނު ޕާޓީއެއް ކަމަށެވެ. ނަމަވެސް ކޮންމެ ފަހަރަކު އަނބުރާ އަންނަނީ ކުރިއަށް ވުރެ ވަރުގަދަ ކޮށް ކަމަށް މާޒިޔާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް އިތުރުވެ ދެބަސްވުންތައް ވެސް އިތުރުވެފައިވާއިރު އިދިކޮޅު އިއްތިހާދު ރޫޅިފައިވާ ކަމަށް ވެސް މިދޭތެރެއަކުން އަޑު ފެތުރުނެވެ. އިއްތިހާދުން ނެރެން ބޭނުންވި އެއް ކެނޑިޑޭޓަކީ ކޮބާ ކަމާއި މެދުވެސް ބަހުސްތައް ކުރެވެމުން ދާއިރު އެމްޑީޕީއިން ނެރެން ބޭނުންވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ޖޭޕީ އިން ނެރެން ބޭނުން ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އިދިކޮޅު އިއްތިހާދު ރޫޅި ބަލިކަށިވެފައިވާާ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށް ގުޅިފައިވާ ޕާޓީތަކުގެ ގުޅުން އަދިވެސް އޮތީ ބަދަހިކޮށް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ކަމާލުއްދީން ދާދި ފަހުން ވަނީ ކުނޫޒުގައި އޮތް ޖަލްސާއެއްގައި ވެސް ވިދާޅުވެފައެވެ.

އިދިކޮޅު ތޫފާނުތަކުގައި ޖެހި އެތެރޭގައި ހުޅުރޯވެ ބަލިކަށިވަމުންދާ ކަމަށް އެތައް ބަޔަކު ދެކޭއިރު ރައީސް ޔާމީން އަށް ކުރާ ތާއީދަށް އަދިވެސް ބަދަލެއް ނާދެއެވެ. ކުރިއަށް އޮތް އިންތިހާބަށް ރައީސް ޔާމީންގެ ކެމްޕެއިން ދަނީ ވަރަށް ބާރަށް ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަލީ ވަހީދު

    އެމް.ޑީ.ޕީން އެޅީ ހަމަ ޅައެއްޗެއް، ކިހާ މަސައްކަތްކުރި، ޒިންމާދާރު ބޭފުޅުންކޮޅެއް ނިވާވެފައި އެތިބީ. އެބޭފުޅުން ހިފެހެއްޓީމަ އެމް.ޑީ.ޕީ އޮތީ. ނަޝީދަކީ ހަމަ ފޮޓޯގަނޑެއްހެން ހުރި މީހެއް.

  2. ޖޭމުސްބޮންޑު

    މިނިވަން އިންސާފުވެރި އިންތިހާބަކުން ރޔާމީން އަކަށް 5 ޕަސެންޓް ވެސް ނުލިބޭނެ..

  3. އަލްޖިބްރާ

    ތޫފާނުގައި ޖެހިއްޖެއޭ ، ސުނާމީ އަރައިފިއޭ ، މިޒާތުގެ ކޮންމެފަދަ ޚަބަރެއް ފެތުރިއަސް ވެރިކަމަށް ސައްހަ ވޯޓެއް ނަގައިފިނަމަ ޔާމީނު ފޭލްވާނެ ! މިއީ މުޖައްރިބް ކަމެއް !

  4. މަލާ

    ބަލަ މިކެނެރީގޭނަޝީދު ކަހަލަ ވެރިކަމާހެދި ވަޖިދުވަނީ ؟؟ވެރިކަންހޯދުމައްޓަކާއި ކީކުރަން މަންމަގެ ފައްޓަރުބައިދީގެންބެސްވެރިކަންބޭނުމީ ބަލަ މިނަޝީދަކައްނޭ ގޭ ޑިމަކްރަސީ އެގެނީ އިސްތިއުފާދޭން

  5. ޑްކެނޭ

    ބިރު ދައްކައިގެން ހޯދާ ތާއީދު ދޯ. ޔާމީނަށް އިގެނީ ބިރުދައްކަން ކޮންމެވެސް އެއްސިފަ އެއްގަ

    • ަަަަ2018

      ޔާމީން 2018 ޔަގީން

  6. ލއ

    އެންމެން ވެރިކަމާ ހެދި އަވަދިވަނީ

  7. ޖޮއްބެ

    މާތްﷲ އެ ރީނދޫ ވަގުންގެ ކިބައިން މިގައުމު ސަލާމަތް ކޮށް ދެއްވާށި އާމީން.