ގއ.ވިލިނގިއްޔާ އެރަށާއި އެންމެ ކައިރީގައި ހުންނަ ކޫއްޑޫ އާއި ދޭތެރޭގައި ބުރިޖެއް އަޅަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރިން ވައުދުވެ ވަޑައިގެންފި ވީނަމަވެސް އެއީ މިޔަރު ބްރީޑް (މިޔަރު އާލާވާ) ސަރަހައްދެއް ކަމަށް ދިރާސާއަކުން ދައްކާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވުމާއިއެކު ވިލިނގިލީގެ ރައްޔިތުން ދެކެމުން އަންނަ ބުރިޖުގެ އުއްމީދު ހާސިލް ވެދާނެތޯ ސުވާލު އުފެދިއްޖެއެވެ.

ގއ.އަތޮޅުގެ ރަށްތަކުން އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކާއިއެކު ބޭއްވެވި ބައްދަލުވުމުގައި ވިލިނގިއްޔާ ކޫއްޑޫގެ ބުރިޖު ވައުދުގެ ވާހަކަ ފެންމަތިވީ ކުއްޑޫ އާއި މާމެންދުއާ ދެމެދު ބުރިޖެއް އެޅުމަށް މާމެންދޫގެ ކެންޑިޑޭޓުން ހުށަހެޅުއްވުމުންނެވެ.

އެކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ "އަޅުގަނޑުމެން އެއްފަހަރެއްގައި ވާހަކަދައްކާފައި އޮންނާނެ ވިލިނގިއްޔާއި ކުއްޑޫއާ ވެސް ގުޅުވޭނެ ގޮތެއް އޮތްތޯ. ނަމަވެސް އަޅުގަނޑުމެން އެވާހަކަ ދެއްކީމާ ވިލިނގިއްޔާ ކުއްޑޫއާއި އެދޭތެރެ އެއީ މިޔަރުކަން ނޭންގެ ކޮންމެވެސް އެއްޗެއް ބްރީޑް ކުރާތަނެއްގެ ވާހަކަ ދެކެވިފައި ވަނީ. ދިރާސާތަކެއް ހަދަމުން އެބަގެންދޭ އިނގޭތޯ. ދިރާސާ ކުރާއިރު އަޅުގަނޑުމެންނަށް އަނެއް ފަޅިއަށް (މާމެންދު އާއި ކުއްޑޫ ފަޅި) ވެސް ބެލޭނެ." ރައީސް ވިދާޅުވިއެވެ.

ވިލިނގިއްޔާ ކުއްޑޫ އާއި ދެމެދު ބުރިޖު އެޅުމާއި ގުޅޭ ގޮތުން ދިރާސާތައް ކުރެވެމުންދާކަމަށް ރައީސް ޞާލިހް ވިދާޅުވި ނަމަވެސް އެފަދަ ދިރާސާއެއް ކުރެވެމުންދާކަން މީގެ ކުރިން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެދިރާސާ ކުރަމުން ގެންދަނީ ކޮން ބަޔަކާއި ހަވާލު ކޮށްގެން ކަމެއް، ދިރާސާތައް ނިމޭނީ ކޮން ދުވަހަކުން ކަމެއް ވެސް ރައީސް ޞާލިހް ވިދާޅެއް ނުވެއެވެ.

ވިލިނގިއްޔާ ކޫއްޑޫ ބުރިޖަކުން ގުޅާލުމަށް ރައީސް ޞާލިހް ވައުދުވެ ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކެމްޕޭންގައެވެ. 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގެ ކެމްޕޭންގައި ވެސް އެމްޑީޕީ އިން އެވައުދު ތަކުރާރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ވައުދުވެ ބޭނުންފުދުނީމާ ވީވައުދު ނުފުއްދޭނެކަމައް ބުނުމަކީ ރައްޔިތުން ރުއްސުން ކަމުގާ ދެކެނީތޯއެވެ. ރައްޔިތުންނޭވޭ މިކަންކަމައް ވިސްނާލަމާތޯއެވެ

    37
    1
    • ބޭބެ

      ނިކުންނަންވީ!! މިނުބައި ނުލަފާ ސަރުކާރަށް އަޑުއިއްވަންޖެހޭ!! ކަމެއް ނުކުރެވޭ އަދި ކުރި ވައުދުތައްވެސް ނުފުއްދޭއިރު ރައިސް ޔާމީންގެ ސަރުކާރުން ދިވެހި ނިކަމެތި ރައްޔިތުންގެ ޙައުގުގައި އެޅި 7000 ފުލެޓުންވެސް ކުރީ ވައްކަން!! ޒުވާނުންނަށް ޚާއްސަކޮށްގެން އަޅާ ނިމެމުންދާ 1 ކޮޓަރީގެ ފުލެޓުންވެސް ކުރީ ވައްކަން!! އެތަންތަން ބޮޑު އަގުގަ ވިއްކާލާފަ ލާރިކޮޅުވެސް ކާލީ ތޯއްޗެއް!! ތިމަންމެން ސަރުކާރާ ޙަވާލުވާތާ އެއް އަހަރުތެރޭ ނިންމަން ބުނި ފުލުހުންނާ ސިފައިންގެ ފުލެޓްތައްވެސް ނިންމާނުލެވުނު!! މަރާލައިފާ މީހުންގެ މައްސަލަތައް ބަލާ އިންސާފު ހޯދައިދީ އެކަން ނިންމާނެކަމަށްބުނީ އެއްމަސްތެރޭ!! ތިން އަހަރު ވެރިކަމަށް ވެގެންދާއިރު އެކަމެއްވެސް ނުކުރެވުނު!! ތިމަން ލޯނު ނުނަގާނަމޭ ރައްޔިތުންގެ ބޮލުގައި ދަރަނި ނާޅުވާނަމޭ ބުނެ އައި ސަރުކާރުން އިންޑިޔާއަށް މިގައުމު ވިއްކާލައިފި!! ހަމަ އެކަނި އެގައުމުން 1 ބިލިޔަން ޑޮލަރުގެ ލޯނު ނަގައިފި!! މިވަރަށް ލޯނު ނަގައިގެން ގައުމުގެ އިގްތިސޯދަށް ފައިސާ ވަންނަނެ އެއްވެސް މަޝްރޫޢެއް ނުހިންގާ!! ޔާމީން ލޯނު ނަގައިގެން ކުރީ ގައުމަށާ ރައްޔިތުންނަށް ފައިދާވާނެ މުހިންމު މަސައްކަތްތަކެއް!! އޭގެތެރޭ ދެތިންކަމެއް ދަންނަވާލަން!! ހުޅުމާލެ ބްރިޖް! ދަރުމަވަންތަ ހޮސްޕިޓަލް!! 7000 ފުލެޓް! ހުޅުލެ އެއަރޕޯޓްގައި އާރަންވޭއަކާއި އާ ދެބުރި ޓާމިނަލް އާއި އާ ސީޕްލޭން ޓާމިނަލް!! މިކަހަލަ ކިތަންމެ ކަމެއް ތިބޭފުޅުން ގުނާ އަދަދު ނުކުރެވޭނެ!! ޔާމީން ކޮށްފައިވާ އަދި ކުންފުނިތަކާއި ޙަވާލުކޮށްފައިވާ ފްރޮޖެކްޓްތަކުން މިސަރުކާރަށް ކުރެވޭކަމަކީ ވައްކަންކުރުން!! އަޑި ނޭނގޭ އެއްބަސްވުންތައް ހަދާ އިންޑިޔޢަށް ގައުމު ވިއްކަމުން އަޅުވެތިކުރަމުންދާއިރު ރައްޔިތުން ބަލަން ތިބެގެން ނުވާނެ!! މިއީ ރައްޔިތުން ނިކުންނަންވީ ވަގުތު!! ވަގުތު ފާއިތުވެދިޔަނުދީ!! ނިކުންނަވާ އަޑުއުފުލާ! ރައްޔިތުންގެ ބައިވެރިވުން ގައުމަށްޓަކައި މުހިންމުވީ ވަގުތު އަޑުއަހަންޖެހޭ!! އެންމެންވެސް ޒިންމާ ނަންގަވާ!! ހުރިތަނުން ތެދުވެ ހިތްވަރާ އާއަޒުމަކާއެކު ހަށިފޮޅާލާފަ ނިކުންނަވާ!

      20
      1
      • ގައުމޭއް މިއޮތީ

        ކޮންމެ ފަހަރަކީ މަގުމައްޗަށް ނުކުންނަ ފަހަރަކަށް ހަދަން ނޫޅެބަލަ.... ސިޔާސީ ކަންކަމަށް ތާއީދު ނުކުރާ ބަޔަކު އުޅޭ ކަންވެސް ދަނެބަލަ.... ކޮންމެ ފަހަރަކު މަގުމައްޗަށް ނިކުމެ ހަލަބޮލި ކޮށްލީމާ އެމީހުންގެ ހައަގުތައްކޮބާތަ....؟ ހަގީގަތަކީ މިއަދު އިބޫ ގޯސް ވެގެން މާދަން އަރުވާ ވެރިމީހާ ވެސް ދިވެހިންނަކަށް ކަމަކު ނުދާނެ..... މީރާއްޖެއޭ.... ދަ ސަނީ ސައިޑް އޮފް ލައިފް...

  2. ލޮލްލް

    އޯކޭތާ..2 ބިލިޔަން ބަނޑު އަޅާލުން މުހިންމު ނުވިކަން

    28
    1
  3. ހަޑިމިލޭރު

    އޫއޫއޫއޫޫޫ ކީހާޅެން ފަރިއްސަށްވެ ހުވަފެންތައް ބިލާހަކަށް ވެއްޖެ.އިންޑިޔާއަށް ގައުމުވެސް ވިއްކާލާނަން. މިއީ މފަހަރުގެ ވޯޓަށް ހިތުލީވައުދު. ދިވެހިރައްޔިތުން ހޭއަރާކަށްނުވޭތަ.

    38
    1
  4. ހުވަދޫ

    ރޯ ބުހުތާނު ހަދާ މީހެއް ހިންނަވަރު އިބްރާހިމްފުޅަކީ. ބަލަ ޢައިބުގައި ވާ ބައެއްތަ ތިތަން ސާރވޭ ކުރަނީ؟ އެތައް މަސްވެރި އުޅަނދަކާއި އެތައް ބަޔަކު ދުވާލެއްގެ މައްޗަށް ދަތުރުކުރާ ޗެނެލެއްގަ ބަޔަކަށް ނޭނގި ކިހިނެތް ކަނޑުގެ އަޑި ސާރވޭ ކުރާނީ؟ ބަލަ ތިހުރިހާ މިޔަރުތަކާއި ކަނޑުފަޅުގެ ދިރުމާއި ނެގޮޝިއޭޓް ކޮށްގެން ނޫނެއްނު މާލެ އާއި ހުޅުމާލެ ބުރިޖް އަޅާފަ އެއޮތީ؟ ބުރިޖުތަކާއި، ބޮޑެތި ހޮސްޕިޓާތަކާއި، ޕާކުތަކާއި، ބޮޑެތި ސްކޫލްތަކާއި، ޔިވަރސިޓީތަކާއި މީ ހަމައެކަނި މާލެ ސަރަހައްދަން އޮންނަންޖެހޭ އެއްޗެއްތަ؟ ބަލަ އަހަރުމެންގެވެސް ޓެކްސް ދައްކައިގެންނޭ ތި ތަންތަން ހަދަނީ. އަތޮޅުތެރޭ ކަމެއް ކުރަން ވީމަ ބާޖިފުޓިގަޑާއި، ކަނޑުގައިލެއްވިހައި ދިރުންތަކާއި، އުޑުގައި ލެއްވިހާ ތަރިތަކާއި މިހިރަ ކަންކަން ފެންމަތިކުރަން ޖެހޭތަ!

    39
  5. ސައްލެ

    ބަލަގަ ރައީސުލްޖުމްހޫރިއްޔާއޭ ނަންކިޔައިގެން ހުރި ރޯނުފިލައި ގަމާރެއްވިއްޔާއެވެ. މީހަކު އެއްޗެއް ލިޔެފައި ކިޔާލަން ނުދީފިނަމަ ގޮވޭނީ ކޮހެވެ. ލިޔެފައިދިނީމާ އެ ބަލައިގެން ކިޔާނަމަ ހެދޭނީ ދޮގެވެ. ދުނިޔޭގެ ވޭތުވެދިޔަ ތާރީޚަށްބަލާއިރުވެސް ގްރޭޑް 7 ގެ ފެންވަރު ނެތް މީހަކު ޤަވްމެއްގެ ވެރިޔަކަށް މީނަފިޔަވައި އައިސްފައެއް ނެތެވެ.

    34
  6. ނަސީދު

    ބަޔަކު އަންތަރީސް ވެދާނެ، އަތުން ފޫ ދާވަރަށް އަތްޖަހާތި އަދިވެސް، ވޯޓު ދެވުނީތީ މޮޔަ ހީވޭ،،

    21
  7. ޞިފް

    ވިލިނގިލިން އެއްމެ ވޯޓެއް ވެސް ނުލިބޭނެ އެމްޑީޕީ މީހުންނަކަން ތި ބުރިޖެން ނާޅާ

    24
    1
  8. ރާއްޖެ

    ދިރާސާ ކުރަނީ މީނާ އަގައިން.

    20
  9. އަހްމަދު

    ބަލަދިރާސާ ކުރަނީމުލިޔާގޭގައޭ ކިހިނެއްތަމީހުންނައްއެތަންފެންނާނީ ޒަމާނީޓެކްނޮލަޖީގެބޭނުންކޮށްގެންކުރާދިރާސާއަކީ ހުރިހާމީހުންގެލޯކުރިމަތީގަކުރާއެއްޗެއްނޫން އެކަންނިންމާފަ ނަތީޖާއިޢްލާންކުރަންދެންކެއްކޮށްލަބަލަ

  10. ފާތުން

    ވޯޓް ދިނަ ސް މި ސަރުކާރަކަށް ބުރިޖެއް ނޭޅެނެ ރައްރަތުން ކާރިދޮގޮހަދަން އެގޭނެ.

    12
  11. ކޮންވާހަކައެއްތިދައްކަނީ

    ބަލަ ކަލޭމެންކާރިއައްގޮސްކީ ޖަޒީރާ ރާއްޖެއެއްގެވާހަކަ އަޑުއަހަންތިބެފަ ދެއަތުން ހަނދާވަރައްއަތްޖަހާފަ ވޯޓްދިނީ ޖަޒީރާ ރާއްޖެއައް ބްރިޖަކައްނޫން ބުރިޖައްދިންނަމަ މިހާރުހުންނާނީ ބްރިޖްއަޅާފަ ދެންތިބެ ޖަޒީރާވެފާ

    11
  12. މުނާފިގު

    ދޮގާއި މަކަރާ ޙީލަތް ! ސޯލިހޭ ލިޔުނަސް ، ގައިގަ ހުރީ މުނާފިގުންގެ ސިފަ ، ﷲ އިރާދަ ކުރެއްވިއްޔާ ތި މުނާފިގު ބައިގަނޑު ވޯޓުން ބަލި ކުރާނަން ، އަބަދަކު ތިޔަހެން ތަޚުތުގައި އިނދެވޭނެ ކަމަށް އުންމީދު ނުކުރައްވާ! އެއީ ވަރަށް ބޮޑު ކުށެއް ،

    • Anonymous

      އާ މިކޮމެންޓް ރަނގަޅު.... ވޯޓުން ކުރާކަމެއް ކުރޭ.... މަގުމައްޗަށް ނުކުންނަން ނަހަދާތި.... އާން ދެން ބޮޑު އުދަގުލެކޭ ޕީޕީ އަކަސް އެމްޑީ އަކަސް... ބައިދަވޭ ތެންކްޔޫ ފޯ ދަ ތަހްޒީބް ވިސްނުން...

      1
      1
  13. މިޔަރުބެ.

    އިބްރާހިމް މުހައްމަދު ސޯލިހް ނޫނީ އަންނި ރަނގަޅަށް ވިސްނާތި.ޖާބިރު ތިގޮތަށް ވިލިނގިލި މީހުން ދެރަވާ ގޮތަށް ކަޅުސައިތައްޓެއް ދިނީމަ ހެއްލޭނެ އޭ ބުނުމުން.ވޯޓް އިން ޖާބިރު އަށް ލޮޓި ދެނީ ކޮންމެ ފަހަރަކު.އެމް ޑީޕީ އަށް މުހިންމީ މިޔަރު ޢާލާ ކުރަންތޯ ނޫނީ ވިލިނގިލީ ރައްޔިތުން ގެވޯޓާއި ރުހުންތޯ؟