ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ދެމިއޮތް އެއް ސަބަބަކީ، މި ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފް، ރައްޔިތުންގެ މަޖިލިހަށް ހާޒިރުކޮށް މެމްބަރުން ބޭނުންވާ ސުވާލު ކުރުމަށް ފުރުސަތު ދިނުމުން ޝިޔާމް ވަނީ މަހްލޫފަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ. އަދި މި ސަރުކާރުގެ ވާހަކަ ދެކެވޭ ހަމައެކަނި ސަބަބަކީ މަހްލޫފް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަހްލޫފް މަޖިލިހަށް ހާޒިރު ކުރީ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ޝިޔާން ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ޝިޔާން ކުރެއްވި ސުވާލަކީ އއ. ތޮއްޑޫ އާއި އއ. އުކުޅަހަށް ކުޑަކުދިންގެ ޕާކްތައް ލިބޭނެ ތާރީހެއް ބެލުމަށެވެ.

" ހަގީގަތުގައި ރައީސުލްޖުމްހޫރިއްޔާ ވެރިކަން އޮންނަ ސަބަބު މިނިސްޓަރު މަހްލޫފަކީ. މިހެން ދެންނެވީމަ ބައެއް ބޭފުޅުން ހިތްހަމަ ނުޖެހޭނެކަންވެސް އެނގޭ. ވެރިކަމުގައި ރައީސް ސޯލިހު ހުންނެވިކަން އެނގޭ އެއް ސަބަބު މަހުލޫފުއަކީ. އެހެން ބޭފުޅުންގެ އަޑެއް ނީވޭ." މަހްލޫފް ވިދާޅުވިއެވެ.

ޝިޔާމް ވަނީ ޒުވާނުން ބިނާކޮށް، ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުމުގައި ޔޫތް މިނިިސްޓްރީގެ ދައުރު އަދާކުރެވޭތޯ ސުވާލު ކުރައްވައިފައެވެ. ޝިޔާމްގެ އެ ސުވާލަށް ޖަވާަބުދެއްވަމުން މަހުލޫފު ވިދާޅުވީ ޒުވާނުން ބިނާކުރުމާއި، ވަޒީފާ އާއި ގުޅުން ހުރި ކަންކަމުގައި މިނިސްޓްރީ އަށް އޮންނަ މެންޑޭޓު ވަރަށް ކުޑަ ކަމަށެވެ. މަހްލޫފްް ވަނީ މީގެ ކުރިންވެސް ޒުވާނުންގެ ކުރިއެރުމަށް އެ ވުޒާރާއިން މަސައްކަތް ކުރާ އިރު އެހެން ވުޒާރާތަކުގެ މެންޑޭޓުގެ ތެރެއަށް ވަންނަ ކަމަށް ބުނެ، އެހެން ވުޒާރާތަކުގެ ހިތްހަމަނުޖެހުންތައް ފެންމަތިވާކަން ފާހަގަ ކުރައްވައިފައެވެ.

މަހުލޫފު ވަނީ އެފަދަ ދަތިތައް ހުރި ނަމަވެސް ޒުވާނުންނާ ގުޅުން ހުރި ކަންކަން ނިންމުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސްޕައިޑާ

    ރައީސް ޔާމިންގެ ވެރުކަމުގެ ނިމުމަކީ ޝިޔާމްމެން ކަހަލަ ދެ އުޅިއެއްނުވާ މީހުން ރައީސް ޔާމިން ބޮލުތެރެއަށް ސަވާރުވުން

    6
    19
  2. ރޯދަ މުބާރިކް

    ބަރާބަރު މިނިސްޓަރ..!! މަޖްލީހުގަ ހުންނެވިއިރު ވަރަށް ސިޔާސީ...ސަރުކާރުގަ ބަސްމަދު އަމަލު ގިނަ މިނިސްޓަރެއް...!! މިސާލު ދައްކަވާ...!!

    26
    6
  3. ބަރުގޮނު

    ނައިފަރު ދާއިރާގެ ޝިޔާމަކީ މަޖްލިސް ތަޅަމުގަޔާ ޕާޓީ އެއްވުންތަކުގައި ފެންނެތް ބޮޑުކާށި ބިންނަ މީހެއް. ބޭނުމަކީ މީޑިއާ ގައި މަޝްހޫރުވުން.

    2
    3