ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން އެތައް ސަތޭކަ ބަޔަކަށް ވިއްކައި، އެމީހުންގެ އަތުން ބުކިން ފީގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ނެގުމަށްފަހު މަސައްކަތް ނުކޮށް އަދި ފައިސާ ވެސް އަނބުރާ ނުދިން މައްސަލާގައި ހައްޔަރުކުރަން އިންޓަޕޯލް އިން އަމުރު ނެރެފައިވާ ސީލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ސްރީ ލަންކާ އިން ހައްޔަރުކޮށްފި އެވެ.
އައްމަޓީ ހައްޔަރުކުރިކަން ސްރީލަންކާ ސަރުކާރުން ވެސް އަދި ރާއްޖޭގެ އެއްވެސް އިދާރާއަކުން ވެސް މިހާތަނަށް ކަށަވަރު ކޮށެއް ނުދެއެވެ. ނަމަވެސް އައްމަޓީގެ ގާތް މީހަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އައްމަޓީ ސްރީލަންކާ އިން ހައްޔަރު ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އައްމަޓީ ހައްޔަރުކުރިކަން އިންޓަޕޯލް އިން ވެސް އަދި އިއުލާނެއް ނުކުރެއެވެ.
އައްމަޓީ ހައްޔަރުކުރަން ދިވެހި ފުލުހުން އެދިގެން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭނާ ހައްޔަރުކުރަން އިންޓަޕޯލް އިން ނެރުނު ނޯޓިސްގައިވާ ގޮތުން އޭނާ އަށް ކުރަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތާއި ފައިސާ ނެގުމަށް ފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތެވެ.
އައްމަޓީ ހައްޔަރު ކުރަން ރެޑް ނޯޓިސް ނެރުނު އިރުވެސް އޭނާ ދިރިއުޅެނީ ސްރީލަންކާގައި ކަން ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް އެނގެއެވެ. އޭނާ ސްރީލަންކާގައި ހުރެ ސަރުކާރުގެ އިސް ބޭފުޅުންނާއި ވެސް މުއާމަލާތް ކުރަމުން ގެންދެއެވެ. އަދި ސްރީލަންކާގައި ދިވެހި ސަރުކާރުގެ ވެރިންނާއި ބައްދަލުވެސް ކޮށްފައި ވެއެވެ.
ރެޑް ނޯޓިސް ނެރުނުތާ އަހަރެއް ފަހުން އަންމަޓީ ހައްޔަރުކުރި ނަމަވެސް އޭނާ ސްރީ ލަންކާގައި ދިރިއުޅޭކަމާއި ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ނުފޫޒު ގަދަ އެތައް ބަޔަކާ ބައްދަލުވެ ފޯނުން މުއާމަލާތްކުރާކަން އޮތީ އެނގޭށެވެ.
އައްމަޓީ ހައްޔަރު ކުރިއިރު އޭނާގެ ސީ ލައިފް ކުންފުންޏަށް ފައިސާ ދެއްކި 203 މީހަކު ސީލައިފަށް ދެއްކި ފައިސާ އާއި އެމީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ސަރުކާރުން މެދުވެރިވެގެން އެޗްޑީސީ އިން ވަނީ އެމީހުންނަށް ދީފައެވެ.
ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީ އާއި އެޑްވާންސްގެ ގޮތުގައި ސީލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ބަދަލު ދެނީ އެ މަޝްރޫއު ކުރިއަށް ގެންދަން އެޗްޑީސީ އަށް ދައްކާފައިވާ ފައިސާ އިން ކަމަށް ސަރުކާރުން ކުރިން ބުނެފައި ވެއެވެ.
ގެނެސް މަރުގެ އަދަބު ދޭންޖެހޭ ކޯޓުން.. އެތަށް ބައެއްގެ ދިރިއުޅުން ނަގާލި ބޮޑު ކަޗޯރެއްތީ..
ހަދާން ނައްތާލާ! މިތަނު ޕީޖީއާ ހިސާބުން ޑީލެއް ހެދުމަށްފަހު ކަޓެއްނަގާފައި އެއީ ނުވެސް ހިނގިކަމެއްކަމަށް ހަދާފައި ދޫކޮށްލާނެ!
ހުސް ވަގުން، ވަގުންގެ ސަރުކާރު..
ވަގު އަދީބުއަށާ ވަގު އަންމަޓީއައް އެމްޑިޕީ ސަރުކާރުންދެނީ ސަލާމަތާ ރައްކާތެރިކަން.
ކޮބާ ފެލިދޫން މުއްސަނދިވި ކުދިންކޮޅު މިލާރިގަނޑުގަ
ކޮބާ ކޮމްޕިޓަރ ނަސީމް އޭނާ ހޯދަބަލަ އަހަރެމެންގެ ލާރިގަނޑު ދަވާލައިގެން ފިލީ
އަދި ތުނބުޅި ދިގުކޮށްލާ! މާ ޝޭހު މީހަކަށް ވާންވެގެން ޔުނީފޯރމު ލައިގެން!
ސަރުކާރުންކުޅޭގޭމެއް ރާއްޖެގެނެސް ދޫކޮއްލާނީ ބަލީ