ސާނަވީ ތައުލީމު ހާސިލް ކުރަމުންދާ ގްރޭޑް 10 އެއްގެ ދަރިވަރުންނަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެކްޒަމިނޭޝަން (ޑީޕީއީ) އިން އިސްލާމް ކަރުދާސް ދިނުމުގެ ކުރިން ފުރިހަމަ މައުލޫމާތު ދީފައި ވާނެ ކަމަށް ޑީޕީއީ އިން މިއަދު ވިދާޅުވެއްޖެއެވެ.

ސާނަވީ ތައުލީމު ހާސިލް ކުރަމުންދާ ގްރޭޑް 10 އެއްގެ ދަރިވަރުންނާއި ޓީޗަރުންގެ ނުރުހުން ޑީޕީއީ އަށް އަމާޒުވީ އެސްއެސްސީ އިމްތިހާންގެ އިސްލާމް ކަރުދާހަށް ފަރިތަކުރުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިއްޔެ ޓެސްޓް ހަދާފައި ވަނިކޮށެވެ. އެ ކުދިންނާއި ޓީޗަރުން ބުނަމުން އަންނަނީ ޑީޕީއީން ދިން އިސްލާމް ޕޭޕަރުގައި ނާންނާނެ ކަމަށް ބުނެފައިވާ ބައިތަކުންވެސް ސުވާލު އައިސްފައިވާ ކަމަށެވެ.

ޑީޕީއޭގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "ވަގުތަށް" ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އިހްސާން ވިދާޅުވީ ޑީޕީއީ އިން އިމްތިހާނާ ގުޅޭ ފުރިހަމަ މައުލޫމާތު މީގެ އަހަރެއް ކުރިން ސްކޫލްތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

އިހުސާން ވަނީ އެ ލިޔުންތައް ވެސް "ވަގުތު" އާ ހިއްސާ ކުރައްވައިފައެވެ.

އިހްސާން ވިދާޅުވީ ގްރޭޑް 10 ގެ ފޮތުގެ ހުރިހާ ފިލާވަޅަކުން ސުވާލު ނާންނާނެ ކަން ޑީޕީއީ އިން އަންގާފައި ނުވާނެ ކަމަށެވެ. އަދި މި ކަރުދާހަކީ މިދިޔަ އަހަރު ތައްޔާރުކުރެވިފައިވާ ޕޭޕަރަކަށް ވާއިރު، އެ ކަރުދާހަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، ޓީޗަރުންނަށް އެ މައުލޫމާތު ދަރިވަރުންނަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވިފައި ނުވާތީ ކަންބޮޑުވުންތަކެއް ހުރި ކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އިމްތިހާނަކީ އިސްލާމް މާއްދާގެ މަންހަޖަށް ބޮޮޑު ބަދަލެއް އައުމާއި ގުޅިގެން މިއަހަރުގެ ކަރުދާހަށް އައިސްފައިވާ ބަދަލުތަކަށް ކުދިން އަހުލުވެރި ކުރުމުގެ ގޮތުން ދެވުނު ނަމޫނާ އިމްތިހާނެކެވެ.

އެސްއެސްސީ އިސްލާމް ޕޭޕަރަަށް އެންމެ ފަހުން ބޮޑު ބަދަލެއް އައިސްފައި ވަނީ 2009 ވަނަ އަހަރު ސިލަބަސް ބަދަލުވުމާ ގުޅިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޑީޕީއީގަ ހުޅުޖަހާ

    އެއްކަމެސް ރަނގަޅަށް ނުކުރެވޭ ބައެއްތީ!
    އޭލެވެލް އަށް ފާޑުފާޑު ބަދަލުތައް ގެންނަނިކޮށްވިއްޔަ. ހުވާ ހަމަ ލެޑިލެޑީނޫން ބިންތިރި އަރުވާލަފާނަމޭ ހިތައްއަރަ
    ނޭނގެ އަދި އެޗް.އެސް.ސީ އަށް ހާވާނެ އެއްޗެއް.

    15
    1
  2. ޕޭޕަރު ހެދި ކުއްޖެއް

    އަޖައިބެންނު އަޅެ މިދިޔަ އަހަރު ޑީޕީ އިން ދީފަ އިން ސަރކިއުލަރ އޭ ޓީޗަރުންްވެސް އަޅުގަނޑުމެންނާ ހަވާލު ކުރީ... އޭގަ އޮތީ ބުލެޓް ފޯމް އަށް ގްރޭޑް 10 އަކުން އަންނާނީ:
    1 އިސްލާމީ އަޤީދާ
    2 ހަދީޘް ޢިލްމު
    3 އިސްލާމީ ފިގުހު
    ދެން މިވަރަށް ކަންނޭނގެ ކަމެއް ސާފު ކުރެވޭނީ....

    12
  3. ލައިފް ސަކް

    10ގެ ފަކީރުންނަށް ޖައްސާ ހާލު ހަމަ ދެލޮލުން ކަރުނަ ހިލެ

    11
  4. ކިޔުންތެރިއެއް

    ޑީޕީއީ ގޯހެއްނުވާނެ. ގޯސްވާ ބައެއް މިއޮތީއެނގިފަ. ޓީޗަރުން ހޭލުންތެރި ނުވެ އެކަމުގެ މައުލޫމާތު ރަނގަޅަށް ނުދެވުން. ކުދިން ފިލާވަޅުތައް ރަނގަޅަށް ދަސްނުކުރެވުން. ޓީޗަރުން އިތުރު އެއްޗެއް ބުނެފިއްޔާ ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދައްކާނެ. އެންމެރަނގަޅު ގޮތަކީ މި އޮޅުމަކުން ވީކަމަކަށް ހަދާގެއް ނުވާކަމަކަށް ހަދާލުން.

    9
    2
  5. ވަތަނަބެ

    މެނޭޖްމަންޓްވެސް ނަހަދާ ހުރި ހިސާބު ޓީޗަރަކަށް އެގްޒެމިނޭޝަން ކަހަލަ މުހިންމު ތަންތަން ހަވާލުކުރީމަ ވާނެހުރިހާ ގޮތެއް ތި ވަނީ. ސްކޫލުތަކަށް ފޮނުވި ލިޔުމުގައި އޮތީ 10 ގެ ފޮތުން 3 ޔުނިޓުން އަންނާނެކަމަށް ކަޅާހުދުން ލިޔެފަ. އިހްސާނަށް އެނގޭބާ އިސްލާމް މާއްދާގައި އޮންނަނީ ކިތައް ޔުނިޓްކަން. ބޯހަލާކު ހަމަ.

    12
  6. Anonymous

    ދެން ކީއްވެ ހުރިހާ ސުކޫލަކުން އެ ޝަކުވާ ހުޝައަޅަން ވީ؟؟؟ ޙުރިހާ މުދައްރިސުންނަށްވެސް އޮޅުނީބާ؟ ނޫނީ ޑީޕީން މައުލޫމާތު ފޯރުކޮށްދޭން ނޭނގުނޭބާ؟؟

    10
  7. ޓެސްޓު ހެދި ދަރިވަރެއް

    ޑީޕީއީއިން މިދިޔަ އަހަރު 16 ފެބުރުވަރީގައި ސްކޫލްތަކަށް ފޮނުވާފައިވާ ސިޓީގައި ސާފުކޮށް އެބޮތް ގްރޭޑް 10 ގެ ފޮތުން ސުވާލު އަންނާނީ ޔުނިޓް 1 2 އަދި 3 ކުން ކަން. އަދި ގްރޭޑް 9 ގެ މުޅި ފޮތުންކަން. ނަމަވެސް ގްރޭޑް 10 ގެ ފޮތުން ޔުނިޓް 4 ކުންވެސް އަދި 5، 6 ކުންވެސް ސުވާލު އައި... ކުދިން ދިޔައީ މިބައިތަކަށް ތައްޔާރު ނުވެ... ކޮބާ އެކުދިންނަށްވީ އިންސާފު؟

    11
  8. ޓެސްޓު ހެދި އެންޓަޓެއިނަރއެއް

    ޑީ. ޕީ.އީ އަށް ދެން ވަރަށް ވާހަކަ.....ހަބަރުތެއް ރަނގަޅައް ދޮގެ ކެރުވޭޅެ!🙄😠🤬

  9. ާއިސްލާމް ޓީޗަރ

    މީ ބޮޑު ދޮގެއް. ޓީޗަރު މީހާ ކުށްވެރި މިވީ. ކިހާ ރީތި.

    7
    1
  10. ޕޭޕަރުހ ހެދި ކުއްޖެއް

    މިކިހާ ދެރަވެއްޖެ ކަމެެއް! މީހަކު އަޖައިބެއް ނުވާނެ! އެއްމެ ދެތިން ޓީޗަރަކައް އޮޅިދާނެ އެހެންނަމަ ވެސް ހުރިހާ ރަށެށް ގަ ހުރިހާ ޓިޗަރުންނަށް އެހެެެން އޮޅޭތަ؟؟؟؟؟ އޭގެން ވެސް އެގިގެން ދަނީ ޑީޕީ އިން ހަދާ ދޮގު!!

  11. ޕޭޕަރު ހެދި ކުއްޖެއް

    މިކިހާ ދެރަވެއްޖެ ކަމެެއް! މީހަކު އަޖައިބެއް ނުވާނެ! އެއްމެ ދެތިން ޓީޗަރަކައް އޮޅިދާނެ އެހެންނަމަ ވެސް ހުރިހާ ރަށެށް ގަ ހުރިހާ ޓިޗަރުންނަށް އެހެެެން އޮޅޭތަ؟؟؟؟؟ އޭގެން ވެސް އެގިގެން ދަނީ ޑީޕީ އިން ހަދާ ދޮގު!!

  12. ޕޭޕަރު ހެދި ކުއްޖެއް

    ޕޭޕަރުގެ މާރކްސް ތަކެއްވެސް ދިމައެއް ނުވޭ އެއްވެސް ޓީޗަރުންގެ މައްސަލަތައް؟؟؟؟

  13. ްގްރޭޑް 10 ގެ ދަރިވަރެއް

    އެންމެ ސްކޫލެއްގެ ޓީޗަރުންނަށް އޮޅުންނަމަ ޑީ.ޕީ.އީ އިން ދައްކާ ވަަހަކަ ޤަބޫލުކުރެވިދާނެ..އެކަމު މި ދިވެހި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އޮޅުނީމަ އެ ދައްކާ ވާހަކަ ޤަބޫލެެއްނުކުރެވޭ.... ޑީ.ޕީ.އީ އިން ފޮނުވާފަހުރި ސަރކިއުލަރ ތައް އިހުސާން އަށް އަޅުގަނޑުމެން ގޮސް ދެއްކީމަތޯ ޤަބޫލުކުރައްވާނީ؟؟

  14. އިންސާފު

    ކުށް ގަބޫލު ކުރުމުގެ ރީތި އުސޫލު ހިފަހައްޓަމާތޯ. އެއީ މީހާގެ އަގު ވެއްޓޭ ކަމެއްނޫން. އަދި ކީއް، އަގު އަރާ ކަމެއް. ކޮންމެ މީހަކަށްވެސް އަދި ބަޔަކަށްވެސް ކުށެއް ކުރެވިދާނެ. އެކަން ގަބޫލުކޮށް އަލުން ތަކުރާރު ނުކުރަން މަސައްކަތް ކުރަންވީ. އިހުސާނަކަސް ޑީޕީއޭ އަކަސް ކުށެއް ކުރެވިދާނެ ކަން ގަބޫލުކުރަން ޖެހޭނެ. ޤައުމެއްގަ ތިބި ހުރިހާ މުދައްރިސުންނަކީ ތަންދޮރު ނުދަންނަ ބަޔަކަށް ހަދަން އުޅުމަކީ ތިމާ އަށް ހުރިހާ އެއްޗެއް އެނގޭކަން އެހެން މީހުން ގަބޫލުކުރާނެ ކަމެއްނޫން