ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް އެޅުމަށް ތާއީދު ކުރައްވާ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

އުތުރުތިލަފަޅުގައި ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑް އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާއާއެކު ދާދި ފަހުން ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ޖާބިރު ވިދާޅުވީ މިފަދަ އެއްބަސްވުންތައް ޒަމާނުއްސުރެން ފެށިގެން ގާއިމް ކުރެވިފައިވާ ކަމަށެވެ.

"ރާއްޖޭގެ އަސްކަރިއްޔާއިން ބޭނުންވާ ވަސީލަތްތައް އިންޑިއާ ސަރުކާރުން ގާއިމް ކޮށްދެމުން އަންނަނީ ވަކި މިއަދަކު ނޫން. ޒަމާނުއްސުރެން ފެށިގެން އިންޑިއާގެ އެހީތެރިކަން މި ކަމަށް އޮވޭ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގައި އޮންނަނީ ވަރަށް ކުޑަކުޑަ އަސްކަރިއްޔާއެއް ކަމަށާއި ރާއްޖޭގެ ދިފާއީ ނިޒާމު ބާރުގަދަ ކުރުމަށް އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރާނެ ކަމަށެވެ. އަދި އެ ކަން ކުރުމުގެ ގޮތުން އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމް ކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑިއާ އަސްކަރިއްޔާ އިން ބޭނުންވާ ނަަމަ މި ތަނުގައި ރަޖިސްޓްރީ ކޮށްގެން އިންޑިއާގެ މިލިޓަރީ ބޭހެއް އަޅަން އަޅުގަނޑު މި ހުރީ ހުއްދަ ދޭން، އަޅުގަނޑުގެ ދާއިރާގައި [ކާށިދޫ ދާއިރާގެ ރައްޔިތުންގެ] އެ ކަމުގެ މައްސަލައެއް ނެތް، އޭގެ މާނައަކީ ރާއްޖެއަށް ސަލާމަތާއި ރައްކާތެރިކަމަށް އިންޑިއާގެ އަތް އަބަދުވެސް ވަރަށް ރަނގަޅަށް އަޅުގަނޑުމެންގެ މައްޗަށް އޯގާތެރިކަމާއެކު މި އޮތީ،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއާއެކު ބާއްވާ ގާތް ގުޅުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވެސް އެންމެ އަޑުގަދަކޮށް ދައްކާ ވާހަކައަކީ ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާނެ ގޮތަށް އިންޑިއާގެ ސިފައިން ރާއްޖޭގެ ބިމުގައި ތިބެވޭ ގޮތަށް އިންޑިއާގެ އަސްކަރީ މަރުކަޒެއް އެޅުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

އެކަމަކު މި ވާހަކަތައް ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ. އަދި އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް އެމްއެންޑީއެފްއިން ވެސް ވަނީ ވިދާޅުވެފައެވެ. އެހެން ވިޔަސް އިންޑިއާގެ ބައެއް ޓެކްނީޝިއަނުން އެ މަސައްކަތް ކުރިއަށް ގެންދިއުމާއި ހިންގުމަށް ތިބޭނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ހަމީދު

  އަޅުގަނޑުވެސް ތާއީދު. އެކަމަކު އެމެރިކާގެ ބޭސް އެއް.

  16
  13
 2. ޖަމަލު ފޮޑި

  ހިހޫތަނުން ކާލާ... ފިނޮޅެއް ލިބުނީތަ..

  30
  2
 3. ކަނބާ

  ތިއޮއްގެން ގޯނިން ބުޅާ ބޭރުވަނީ....

  33
  1
 4. ބޯހަލާކު

  މަ ދެން ޖާބިރަކަށް ވޯޓެއް ނުދޭނަން

  38
  2
 5. ވަހީ ދު

  ބޭފުޅާ އަށް އެހެން ވިދާޅުވެވުނީ ހިނދު ކޮޅު ގަ އި ހުރި ވަގުތެ އްގަ އި ކަމަށް ބެލެވެނީ

  36
  1
 6. ސިނެކް

  މީހުންދިރި އުޅޭރަށްރަށަށް ބޮ އެގެންހުރެ އެރުން މަނާ

  37
  2
 7. ރައްޔިތުމީހުން

  މީ އަންނިގެ މައުތްޕީސް.. މީނަ ކިޔާނީ ސީދާ! އަންނި ބުނާ އެއްޗިހި

  22
 8. ޢަހު

  ޖާބެއަކީ ގަވައިދުން ހިއްޕަވާ ބޭފުޅެއްތ؟

  16
 9. ސަމޭދާން ބުނި ގަތޫރާ

  ކާށިދޫގާ ބޭސްއަޅާބަލަ. ކާށިދޫގާ އެކަން ނިމުނީމާ ބޮލުގާ ބޭސްއަޅާބަލަ.

  17
  1
 10. މަނީމަނީ

  ޖާބިރު ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ މަގޭވޯޓެއް ޖާބިރައްނުދޭނަން

  17
  1
 11. ފައުޒީ

  އިންޑިޔާގެ ވިއްޔާ އެކަނި ގައުމީ މަސްލަހަތު އޮންނަނީ ރާއްޖެ ވިއްޔާ ވަރިހަމަ އެކައްޗެއް ނެތަސް.
  ނިކަން އިންޑިއާއިން ހުއްދަދީ ބަލަ ޗައިނާ ބޭހެއް އިންޑިޔާގަ އަޅަން ކިހިނެއްތޯ ވަނީ ބަލަން. ހަމަ އެކަހަލަ ކަމެއް މީ

  25
  1
 12. އަބްދޫ

  މިކަމަށް ތާއީދު ކުރާ ކޮނމެ މީހަކީ ހާއިނެއް ކަމަށް ވުމީ ގާތް ކަމެއް.

  21
  1
 13. އަހަރެން ރާއްޖެތެރެ

  ޖާބިރުގެ ވާހަކަތަކާއިމެދު ހައިރާނެއްނުވޭ، ހައިރާން ވަނީ މިކަހަލަ ބީތާއިން ހޮވަން ވޯޓްދިންމީހުންގެ އަމިއްލަ އެދުން ބޮޑުކަމުން، ގޭގަ ގެންގުޅޭ ދޯނީގައި ބޭނުންކުރަން ވާރޯލެއް، ޒުވާލުން ފުޓްބޯޅަ ކުޅެން 4 ފޫޓް ބޯޅަ ދޭއިރައް އެމީހަކަށް ވޯޓްދިނީމަ ވާނެ ހަތަރެތި ނުވެއެއް ނުދާނެ، ދެން އެންމެ ދެކެންބޭނުން ވަނީ ވޯރާ ވިޔަފާރިވެރިންގެ އުނދަގުޖެހުނުހެން އިންޑިއާގެ ދުއްޕާން ރާއްޖޭގެ އެންމެނަށް ޖެހި، ރައްވެހި ފަތިސްއަންތަން ދެކެން

  25
  1
 14. ސަޅި

  ޖާބިރަކީ ގަދަ ފަހުލަވާނެއް މަތާއީދުކުރަން ކަލެއައް. ލަވްޔޫ ޖާބިރު

 15. ހަމްދާން

  ޖާބިރު ޝައިތާނާ ތިކަމާ އެއްބަސް ވިޔަސް އަހަރެމެން ދިވެހިންގެ ނިންމުމާއި ދެކޮޅައް މިތާކު އެއްވެސް ބޭރު ސިފައިންގެ ބަޔަކައް ނުތިބެވޭނެއެވެ.

 16. ހައްދާން

  " އިއްޒަތްތެރި ރައީސް.. އަޅުގަނޑަކީ އެއްވެސް ގޮތަކައް ނަސްތުގެ އަވާގައި ޖެހިހުރެ ބަނގުރަލުގެ އާވިއަރުވަމުން ދާހާލުގައިހުރެ މަޖިލީހައް އަންނަމީހެއް ނޫން.." މަވޯޓާ ޝަރީފް

 17. މާމީ

  ލޮލީ މެން ކިތައްމެ ވަރަކައް އިންޑިއާ އަސްކަރީ ނޫން އިންޑިއާ އެންމެން ގެނެސްގެން އުޅުނަސް 2023 ގަ ޖެހޭނެ އައުޓުވާންއިގޭ..

  7
  1
 18. ވިސްނާށޭ ގައުމު

  އެމްއެންޑީއެފްގަ މިހާރު ސިފައިންނެއް ތިބޭހެނެއް ހިޔެއް ނުވޭ.. ހީވަނީ އެތާ ތިބީ ކުކުޅުތަކެއްހެން.. ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރާންތިބޭ ކަމުގެ ނަމުގައި ޔުނިފޯމުލާފަ ތިބޭ ކުކުޅުތަކެއް.. ގައުމު ބޭރުބަޔަކައް ދީނިންމާލާއިރުވެސް ހަމަ އެއްކަލަ މާޖެހި ޔުނިފޯމުލައިފަ 4 އިރައް ބައިތުލްމާލުގެ ޚަރަދުގަ ކުކުޅުކައިގެން މި ތިބެނީ..

 19. ލެޖިސްލޭޓިވް ބޮޑީ

  މިކަހަލަ ދެއުޅިއެއްނުވާ މީހުން މަޖިލީހުގައި ތިބެނީ ކީއްވެގެންތަ؟

 20. Anonymous

  ޖާބިރުގެ ފުރަތަމަ އަންބިކަބަލުން ނަކީ އިންޑިޔާ ކުއްޖެއް

 21. ނާލު

  މިގައުމުގަ މިހާރު ޢައްދާރުން ހާދަގިނަވެއްޖޭ މީވެސް އެކަމުގެ ހެއްކެއް