ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަކީ "ތަންދޮރު ދަންނަ، ފުންނާބު އުސް" ބޭފުޅެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، މާރިޔާ އަށް ތައުރީފް ކުރައްވައިފިއެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ އުތުރު ތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާއާ އެކު އެއްބަސްވުމަކަށް އައުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ތަން ތަރައްގީ ކުރަން އިންޑިއާއާ އެކު އެއްބަސްވީ އެ ގައުމުގެ ސިފައިން ބައިތިއްބާ ގޮތަށެވެ. އެހެންވެ، އެކަން ބެލުމަށް ގޮވާލައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ހަރަކާތްތެރި ނުވި ނަމަވެސް އެ ރަށުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ބަނދަރެއް ތަރައްގީ ކުރުމަށް އިންޑިއާގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ އިއްޔެ ވިދާޅުވެފައެވެ.

ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އިލްޔާސް ލަބީބް ވިދާޅުވީ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކަންކަމަށް ހިދުމަތް ދޭނެ މަރުކަޒެއް ހެދިފައި ނެތުމަކީ ކޯސްޓްގާދަށް ދިމާވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

މި އެއްބަސްވުމާ އެކު ޖެޓީއަކާއި ހާބަރު ރިޕެއާ ސެންޓަރަކާއި ސްލިޕްވޭ އަދި ބަނދަރަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި ރާޑަރުގެ ހިދުމަތް ތަރައްގީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑޮކްޔާޑާއި ބަނދަރުގައި ގާއިމު ކުރާ ވަސީލަތްތަކަކީ ދިވެހި ސަރުކާރުގެ މިލްކެއް ކަން އެއްބަސްވުމުގައި ސާފުކޮށް ބުނާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"ކޯސްޓްގާޑަކީ ރާއްޖޭގެ މެރިޓައިމް ޒޯނާއި ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެ އިސް ދައުރެއް އަދާކުރާ ފަރާތް. އެއީ އެމްއެންޑީއެފްގެ ދަށުން ހިނގާ ބައެއް. އެ މަސައްކަތަށް ހާއްސަ ކުރެވިފައިވާ މެރިޓައިމް ޑޮކްޔާޑެއް އަދި ރާއްޖެއަކު ނެތް،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި އުތުރު ތިލަފަޅުގައި ގާއިމުކުރާ ބަނދަރާއި ޑޮކްޔާޑަކީ ދިވެހިން ސިފައިންގެ ފުރިހަމަ ބާރާ އެކު އޮންނަ ތަނެއް ކަން ސާފުވެއެވެ. އޭގެ ފަހުގައި، އިލްޔާސް ތައުރީފް ކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާއަށެވެ.

އިލްޔާސް ވިދާޅުވީ މާރިޔާ ކުރައްވާ ކޮންމެ ކަމަކީ، ކޮން ކަމެއް ކަން އެނގިވަޑައިގެން ދިރާސާ ކުރައްވައިގެން ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ. އެއީ ގާނޫނީ ގޮތުން، ސިޔާސީ ގޮތުން، އަދި ދުނިޔޭގެ ބާރުވެރިކަމުގެ ގޮތުން ވިޔަސް ބަލަން ޖެހޭ ކަންކަން މާރިޔާ ބައްލަވާ ކަމަށް ވިދާޅުވިއެވެ.

"މީހަކު ބުނާ އެއްޗަކަށް، މީހަކު ކިޔާ އެއްޗަކަށް ބަލައިގެން ނޫން އެކަމަނާ ކަން ކުރައްވަނީ. އެކަން ކުރަން ޖެހޭ ގޮތަށް ކުރަން ޖެހޭ ވަގުތުގައި އެކަމުގެ ފައިދާ ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ކުރާނެ ގޮތަށް އެކަން ކުރައްވަނީ،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ މާރިޔާގެ ނިންމެވުންތަކުގެ ސަބަބުން ދިވެހި އަސްކަރިއްޔާ ވަރުގަދަ ވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ބައެއް މިސާލުތަކާ އެކު، އިލްޔާސް ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ރައްޔިތުންގެ މަޖިލިހުގެ ތަޅުން ހުންނަ އިމާރާތަކީ ބޭރު ގައުމުތަކުގެ އެހީއާއެކު، އަޅާފައިވާ އިމާރާތްތަކެއް ކަމަށެވެ. އެކަމަކު، އެ ތަންތަނުގައި އެ ގައުމުތަކުގެ ބާރު ނުހިނގާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ފޮރިން މިނިސްޓްރީ އިމާރާތް އެއީ ޗައިނާ ސަރުކާރުން އަޅާދީފައިވާ ތަނެއް. އޭގެ މާނައަކީ އަޅުގަނޑުމެންގެ މުޅި ހާރިޖީ ސިޔާސަތު ޗައިނާ އަށް އަޅުގަނޑުމެން ވިއްކާލީތޯ؟ ޗައިނާ ބޭނުން ގޮތަކަށް އެކަން ކުރެވޭތޯ؟ ނުކުރެވޭ،" އިލްޔާސް ވިދާޅުވިއެވެ.

"މި މަޖިލިސް، އަޅުގަނޑުމެން މިތިބި ގެ. ކުރީގެ އިމާރާތް، އަޅުގަނޑުމެން މަސައްކަތް ކުރާ ތަން މިއީ ޕާކިސްތާނުން އަޅާދީފައިވާ ތަނެއް. މިތަނުގައި ކުރާ ކަމަކުން ޕާކިސްތާނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. މިތަނުގެ މެޖޯރިޓީން ނިންމާ ގޮތަކަށް މިތަނުން ކަންކަން ނިމެނީ،"

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާއަހުމަދު

    އިލްޔާސް އެމީހުން ނޫޅެޔެ ބައްކުރާކަށް އިންޑިއާ އިން ދޯ އެކަމާގެން އުޅެނި

    26
  2. އަހަރެން ރާއްޖެތެރެ

    ޗައިނާއިން ބުނިތަ ފޮރިން މިނިސްޓްރީގެ މެއިންޓަނަސް ބަލަހައްޓަށް އެތާގައި ޗައިނާ ސިފައިންގެ ޓެކްނިކަލް ޓީމެއް ތިބޭނެ ވާހަކަ؟ ޕާކިސްތާނުން ބުނިތަ މަޖިލިސްކުރާގެ އަޅާފަ އެތާގާ ކުލަލާން ޕާކިސްތާން ސިފައިންގެ ޓެކްނިކަލް ޓީމެއް ބައިތިއްބާ ވާހަކަ؟ މިހާރު ވެގެން މިއުޅޭ ގޮތަކީ ތިބުނާ ޑޮކްޔާޑެއް އަޅާފަ އެތާގައި އިންޑިއާ ޓެކްނިކަލް ޓީމެއް ބޭތިއްބުމަށް އެއްބަސްވުން ކަޑައޭ، އެ ޓެކްނިކަލް ޓީމް އަކީ އިންޑިއާ ސިފައިން ކަމަށް ވުން މީތިވެސް ކަޑަ، ހެލިކޮޕްޓަރު ބަލަހައްޓަށް އައިސްތިބި މީހުން ވިސާ މުއްދަތު އިތުރު ނުކުރީމަވެސް ގަދަކޮށްފަ ތިބި ގައުމެއްގެ ސިފައިންގެ ވާހަކަ މިދައްކަނީ އިލްޔާސް ލަބީބޫ..... ކަލޯ ހޮވިފައިހުރި ދާއިރާޔަށް ނިސްބަތްވާ ތިމާގެ މީހެއްގެ ގޯތިން ތަންކޮޅެއްދީ ތިހާ ދޭހިތްވަންޏާ

    16
    1
  3. ކުރީގެސިފައިން

    އެމްއެންޑީއެފްގަ މިހާރު ސިފައިންނެއް ތިބޭހެނެއް ހިޔެއް ނުވޭ.. ހީވަނީ އެތާ ތިބީ ކުކުޅުތަކެއްހެން.. ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރާންތިބޭ ކަމުގެ ނަމުގައި ޔުނިފޯމުލާފަ ތިބޭ ކުކުޅުތަކެއް.. ގައުމު ބޭރުބަޔަކައް ދީނިންމާލާއިރުވެސް ހަމަ އެއްކަލަ މާޖެހި ޔުނިފޯމުލައިފަ 4 އިރައް ބައިތުލްމާލުގެ ޚަރަދުގަ ކުކުޅުކައިގެން މި ތިބެނީ..

  4. ބަރުގޮނު

    ދާރުލް އާސާރާ ފޮރިން މިނިސްޓްރީއާ މަޖްލިސް ޢިމާރާތާ ، މިނިވަން ދަވްލަތެއްގެ ޢަސްކަރިއްޔާ ގެ ތަފާތު ޙަރަކާތްތައް ހިގާނެ ތަނަކާ ވަރަށް ތަފާތު. އަދި އެތަން ހަދަން ބޭރު ޤަވްމެއްގެ ޢަސްކަރިއްޔާއާ ޙަވާލުކުރުމަކީ ވަރަށް ފުންކޮށް ވިސްނަން ޖެހޭނެ ކަމެއް. ސޮއިކުރާ އެއްބަސްވުމުގައި ނެތް ކިތަންމެ ކަމެއް ހިގާފާނެކަމަށް ބަލަންޖެހޭ. ޤަވްމުގެ ޢަސްކަރިއްޔާ ގެ ޚާއްޞަ ތަނެއްގެ އެންމެ ކުޑަމިނުން ކުރެހުންވެސް ބޭރު ޢަސްކަރިއްޔާއެއްގައި އޮތުމަކީ އައިދާގެ ކަމެއްނޫން.

  5. ހާދީ

    މިއީ ކަނޑުކޮހެއް.. ބަލަގަ ކަލެޔެއް ނުކިޔަންތަ ބޭރުގައުމުތަކުގަ ތިގޮތައް ބޭރު ސިފައިން ބޭސް ހަދައިގެން އެތަންތަނުން ނުދާކަން އެގައުމުތަކުގެ ސަރުކާރުތަކައް ކިޔަމަން ނުގަންނަކަން.. އަދި އެގައުމުތަކުގެ ރައްޔިތުންގެ ނުރުހުމުގަ އެތަންތާގަ ތިބޭވާހަކަ.. ހާދަ ތަންދޮރެއްވެސް ނޭނގެ މަރުމޯލެެކޭމީދޯ.

  6. ާދަލޭކް

    އިލްޔާސް މެންގެ ދެ ގޯތިން އެއް ގޯތި ދީބަލަ. ހުޅުމާލެން ވެސް ރަނގަޅުވާނެ.

  7. ބޯހަލާކް

    ނޮވެމްބަރ 3 ގެ ބަތަލުން ތިބެންޖެހޭނެނުންތޯ ބޭބެ ކޮންމސްއަލެއް ދައތަ މަސް އަލަނެތީ

  8. ބކ

    ދުނިހޭގައި އެހެންޤައުމުގެ ބިންތަށްހިފައި އެބިންތަކަށް ވެރިވެބަގުޑިބަށްދަން ހޭބލިވަނީ އިންޑިއާއާއި އެމެރިކާ މިބަސް ދޮގެއްނުވާނެ ވަރަށްވަރަށްސާފް އިނގޭތޯ