މިނިސްޓަރު ކަމުގައި ހުންނަވައިގެން އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަ އާއި ގުޅިގެން ނުފުރޭ ގޮތަށް ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ކޯޓުއަމުރަކާއި އެކު ފުރައިގެން ދިޔަ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ފުރައިގެން ދިޔަ ސީދާ މުއްދަތެއް އަދިވެސް ޔަގީން ނުވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ފުރައިވަޑައިގަތީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އަލީ ވަހީދު ފުރާވަޑައިގަތުމުގެ ކުރިން އޭނާގެ ޕާސްޕޯޓް އޮތީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފައެވެ. އެކަމަކު ޑޮކްޓަރުންގެ ލިޔެކިއުމަށް ރިއާޔަތްކޮށް އަދި ފިލައިގެން ގޮސްފިނަމަ ޖާމިނުވާނެ ފަރާތެއް ކަނޑައަޅައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަދީ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

މި މައްސަލަ އާއި ގުޅިގެން މަޖިލީހުގެެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުކޮށް ކޮމެޓީގައިކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީީމް ވިދާޅުވެފައި ވަނީ، އަލީ ވަހީދު ފުރައިގެން ގޮސްފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް އެކަން އަދި ޔަގީން ނުކުރެވޭ ކަމަށެެވެ.

އެެ ކޮމެޓީީގައި މިކަމާއި ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އަލީ ވަހީދު ފުރި ސީދާ ތާރީހެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެެ. އެެގޮތުން އިމިގްރޭޝަނަށް އެކަން ހޯދައިދިނުމަށް އެދި ސިޓީއެއް ފޮނުވުމުގެ މަސައްކަތް ކުރައްވާ ކަމަށް ހަމާކުރެއްވިއެވެެ.

"އަޅުގަނޑަކަށް މުޅިން ޔަގީނެއް ނޫން އެ ސިޓީ ޑިސްޕެޗް ކުރެވުނު ކަމެއް ނުނީ ނޫން ކަމެއް. އެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރަން. އެެއީ ހައިކޯޓުން އައްސަވާނެ އެ މައުލޫމާތު" ޝަމީމް ވިދާޅުވިއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި މިވަނީ ބޮޑެތި ދައުވާތަކެއް ދައުލަތުން އުފުލާފައިވަނިކޮށެވެ. އޭނާގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސޭނުބޭ

    ކަލޭ ތީ ފިރިހެނެއްކަން ޔަޤީންތަ؟ ތިވަރު މަޤާމެއްގައި އިންނަ ބީތާއަކަށް އެނގޭ އެއްޗެއްވެސް ނެތް......... ނޭގޭ އެއްޗެއްވެސް ނެތް!

    36
  2. ޕުޗުސް

    އަލީ ވަހީދު ފުރިކަން އިނގޭ ވަރު ވީކަން ވެސް ރަނގަޅު ދެން. ނޯ ހައި އެކްސްޕެކްޓޭޝަންސް.

    25
  3. އިބޫ

    އަލީ ވަހީދު ކިޔާ މީހަކު އުޅޭތަ މި ރާއްޖޭގަ؟

    27
    1
  4. އކ

    އެމިގްރޭޝަނައްވެސް ނޭގި އޭނަ ދިޔައީ

    29
  5. މާމީ

    ހޯރަ އިއްބެ ވެސް 0 ޓޮލަރެންސުގެ ދަށުން ދޫވީ.. އައްޔަވެސް ރޯޔަލް ވީމަ ފުރުވާލީ.... މުރުތައްދު ވިއަސް ބޮޑުވަރު

    27
  6. ޖަންޕު

    ފުރި ދުވަސް: ވަގުތު ނިއުސް އިން ބުނީ 9 ވަނަ ދުވަހޯ، ޕާސްޕޯޓް ބުނީ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ހުކުމްކުރި ދުވަހޯ. ދެން ފްލައިޓް ބުނީ ފްލައިޓަށް އެރި ދުވަހޯ.
    ކްރިމިނަލް ކޯޓު އަމުރުގައި ލިޔުމުގެކުށް އިސްލާހު ކުރެވޭ ފަދައިން ނުބައި ތާރީޙްއެއް ވެސް ލިޔެވުން އެކަށީގެންވޭ.
    ފުރައިގެން ދިޔަ ސީދާ ތާރީޙް ޕީޖީ އިންގެން ބޭނުންވާ ހަމަ އެކަނި ސަބަބަކީ ހައިކޯޓުން އައްސަވާނެތީ؟؟؟

    19
  7. ޔަގީން

    ކޮމެޓީއަށް ވަޑައިގެންނެވީރު އެއްކަމެއްވެސް ޔަގީނެއްނޫން. ފުރި ދުވަސް ޔަގީން ނޫން. ސިޓީ ޑިސްޕެޗް ކުރެވުނު ކަމެއް ނުނީ ނޫން ކަމެއް ޔަގީނެއްނޫން. ދެން ކޮންކަމެއް ޔަގީން ވާނީ؟؟

    26
  8. ޖޮނަތަން

    އޭނަ ފުރައިގެން ގޮއްސިތަ؟ބަޔަކު އެހެން އެބަކިޔާތަ؟އާޚިރުގަ ކަންދިމާވިއިރު މިކަން ދެނަހުރި މީހަކުވެސް ނެތް.ހުއްދަދިން މީހަކުވެސް ނެތް.ހެއްވާކަމެއްދޯމީ؟އޮޅުވާލުމާއި މަކަރާއި ހީލަތް އަދި ކަރަޕްޝަން މިވަރުގެ ސަރުކާރެއް މިގައުމަކަށް ނާދޭ.އަހަރުމެން މުސްކުޅި މިވަނީވެސް މިަގއުމުގަ ތިބެ.ޔާމީން އަދި މައުމޫނަށްވެސް އެއްޗެއްކިޔޭކަށްނެތް.މީ އެއަށްވުރެން މާ ކާމް ޗޯރު ސަރުކާރެއް.

    10
  9. ޖުހާ

    ތީ ހަމަ އަހަރެން ކަހަލަ ބީތާ އެއްތަ؟ އަހަރެމެން މުނިމާމަ މެން ޒަމާނުގަވެސް ތިވަރު އިގޭ

    11
  10. ހިނގާ ދެފައި

    ކޮބާ ހީވޭ! އެ އިނީއެއްނު! ފުރިދުވަހެއްނޭގިގެން ހެވިފަ! އެއަރޕޯރޓު މީހުނަށްވެސް އެނގެނީ އަދި ބެލެހެއްޓެނީ ރާއްޖެއަށް އަންން އަދި ފުރާ ބޭރުމީހުންގެ معلومات! ދިވެހިން ފުރާ އަދި އަންނަކަމުގެ معلومات އެވެރިން ގެންގުޅޭ ކޮމްޕިޔުޓަރ-ސާރވާރ އަކަށް ރެކޯރޑެއް ނުވޭ! ރީއްޗެއްނުން!! އަނދުނުގެ އައު ވަތްތަރެއްހެން ވަރަށް ހީވޭ! ޅަނޑައާ ވާނީ ލަނޑައާ! ޗޮކް!

  11. Anonymous

    ސޯ ހަންޑްސަމް

    1
    1
  12. އުފާ

    ނަސީބެއް ނޭނގުނިއްޔާ. ކަލޭ ބަލަންޖެހޭތަ ފުރިދުވަހެއް؟ ތިހިރީ ރޯނާވެފައެއްނު؟ ނޫނީ ބީތާވެފައެއްނު؟