ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ބޭރަށް ފުރާވަޑައިގެންފައި ވަނީ ޖާމިނުވާ ގޮތަށް މީހަކު ހަމަޖެއްސުމަށް ފަހު ކަމުގައި ވިޔަސް، އެއީ ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓަރ ޖެެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މި މައްސަލަ އައި ގުޅިގެން މިއަދު ރައްޔިިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ޕީޖީ އާއި އެކު ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ބަންދުން ދޫކޮށްލާފައިވާ ނުވަތަ ބަންދުގައި ނުހުންްނަ މީހަކު ބޭރަށް ކަންކަމުގައި ދާއިރު ޖާމިނުވެެފައި މީހުން ތިބުމަކީ ގާނޫނު ދަންނަ އުސޫލެއް ނޫން ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން މީހަކު ޖާމިނުވާން ހުށަހަޅާފައިވާ ކަމަށާއި، އޭނާ ކޯޓަށް ހުށަހަޅާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާ އާއި ހަވާލާ ދެއްވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެެ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަ ކަމަށް ބަލާ ކްރިމިނަލް ކޯޓުން ވަނީ ޖާމިނު ކުރުވާފައި ކަމަށެވެ.

"އެހެން ނަމަވެެސް އެ މާއްދާގެެ ސޮދުރުގައި އޮންނަނީ ކުށެއްގެެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލުމަށްޓަކައި ޖާމިނުކުރުމަށް. ބަންދުގަ ހުންނަ މީހެއްގެ ވާހަކަ. ބަންދުގަ ނުހުންނަ މީހަކު ޖާމިނު ކުރާ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނެއް ނުދަނޭ" ޕީޖީ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެ މާއްދާ ބޭނުންކުރައްވައިގެން މި މައްސަލާގައި ކްރިމިނަލް ކޯޓުން މީހަކު ޖާމިނުކޮށްފައި ވަނީ ކިހިނެއް ކަމެއް ނޭނގޭ ކަމަށެވެެ. އަދި ޖިނާއީ އިޖުރާއަތުގެެ ގާނޫނުގެ "ޖާމިނު" މިި އިބާރާތް އޮންނަނީވެސް ހަމައެކަނި މި މާއްދާ ޝަމީމް ފާހަގަކުރެއްވިއެވެ. އަދި މިކަން ކޮށްފައި ވަނީ އެހެންވެގެން ކަމަށް ވެެދާނެ ކަމަށާއި، ނަމަވެސް އެއީ މައްސަަލައިގެ ހާލަތާ އަދި މައުޟޫ އާއި ގުޅޭ މާއްދާއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލާފައި ވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށް ކަމަށް މީގެ ކުރިން ޕީޖީން ވަނީ ހާމަކޮށްފައެެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރަން ނެރުނު އަމުރު ނެރުނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޖާމިނުވާނެ (ޒިންމާ އުފުލާނެ) ފަރާތެއް ހުށަހެޅުމުން ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއެވެ.

މިއީ، ޒިންމާވާނެ ފަރާތެއް ކަނޑައެޅުމުން، މިފަދަ ސީރިއަސް މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހަކު ބޭސްފަރުވާ އަށް ފުރަން ފުރުސަތު ދިން ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާއިރު، އޭނާ ފުރާފައި ވަނީ ލަންޑަނަށެވެ.

އަޑުފެތުރިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން ނެރެނު އަމުރު ބާތިލު ކޮށްފައިވަނީ ސިއްހީ ހާލަތު ހުރި ގޮތުން ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރު ލަފާ ދިނުމުންނެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރި މައްސަލާގައި އަޑުބަރޭ ޒިންމާ ނަގާފައި ވަނީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރަން ޖެހޭ ދުވަހު ކޯޓަށް އޭނާ ހާޒިރު ކޮށްދޭނެ ކަމަށެވެ. އަދި އަލީ ވަހީދު ހަތަރު މަސް ފަހުން އެނބުރި ރާއްޖެ އަންނާނެ ކަމަށް ވެސް އަޑުބަރޭ ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ތަރުޖަމާ

    ޔައުނީ އަލީ ވަހީދަކީ އަހަރެމެން ފުރުވާލި މީހެކެވެ.

    16
    • ކަލޯ

      މީނާ މިމަގާމުގައި މހުންނަ ސަބަބު ވަރައްސާފުދޯ! މީކުރާއް ހެޔޮނުވާވަރުގެ ވިޔާފާރިއެއް. މީވެސް އެބުނާ ފަހުޒަމާނުގެ ދައްޖާލެއް. ރޯމާ ދުވާލު ރައްޔިޔުންނަށް މިވަރައް ކަންކަން މިއޮޅުވާލަނީ. މީނާހިފާ ހައްޔަރުކޮށް ދައުވާއެއްވެސް ނުކޮށް އުމުރައް ޖަލައްލާންވެސް ކުފޫ އެބަ ހަމަވޭ

  2. ހުސޭނުބޭ

    ކަލެޔަށް ޤާނޫނު ދެމެހެއްޓޭނީ ތިވަރަށް! ޖާމީނުވާންޖެހޭ މީހާ ވަނީ ޢަލީ ވަހީދު އަތުން ކަޓުގެ ގޮތުގައި ބޮޑު ޢަދަދެއް ނަގާފައި!

    17
  3. Anonymous

    ސަދޫ މު ބާގައިގެ މީހުން

    15
  4. ބެއްޔާ

    ޕީޖީ ދެއިރު ދެދަޅަޔަށް އެއްމައްސަލައެއްގަ ވާހަކަ ދައްކަނީ ކޮން ޤާނޫނުނަކުން ބާރުލިބިގެންބާ<<<

    17
  5. އަހޫ

    އަޱު ބަރޭ ވެސް ސަލާމަވީ އެންނު! ދިވެހިން މިހާރު ތިބީ ރޯފިލާފަ އޭ ކޮންމެސް ވަރަކަށް

  6. ބޯގޯސް

    ޢަލީވަހީދު ފުރުވާލި ބައިގަނޑުގެ ތެރޭގަ ހިމެނޭ އެ ކަތިމީ ދެއިރު ދެދަޅައައް އަނގަފުޅާ ކުރަނި ސަދޫމުގެ ޕީޖީ ލާދީނީ މަރުމޯލު