އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަންގެ ފީޗް ސްޕޯކްސް ޕާސަން ހީނާ ވަލީދު ދެންމެ ވިދާޅުވީ، އަދުރޭ ހައްޔަރުކޮށްފައި ވަނީ ގެއަށް ވަޑައިގަތުމަށް، ޕާޓީ އޮފީސް ދޮރުމައްޗަށް ނުކުތް ތަނާ ކަމަށެވެ.

އަދުރޭ ހައްޔަރުކޮށްފައި ވަނީ ކޮން ސަބަބަކާއި ހެދި ކަން ސާފެއް ނުވެއެވެ.

އެހެން ނަމަވެސް، އިދިކޮޅު ކޯލިޝަނުން ކޮންމެ ދުވަހަކު މާލޭގައި އިހްތިޖާޖް ކުރާ މައްސަލަ ވަނީ ހޫނުވެފައެެވެ.

އަދި ދާދި ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މުޒާހަރާ ކުރާ މީހުންގެ މައްޗަށް ޤާނޫނުލް އުޢޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ތުހުމަތުކޮށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަޖަމް

    ހަމަހަޖަމްނުވެގެން ބިރުން މުޒާހަރާ ކުރީމާ ހައްޔަރުކުރަން ކީއްވެމިނާގާބިލްސަރުކާރު ނޫންންހަޖަމްކޮއްގެންތިބެބަލަ

  2. ޔާރު

    ޔާމީނު ދޫކޮށްލަން އަދުރޭ ހައްޔަރުކުރީ..... އެއީ އަދުރޭ އެދިލެއްވި ގޮތް...... ޖާނުންވެސް ޔާމީނުއަށްޓަކައި ގުރުބާންވާގޮތަށް ހުރީ....

    6
    1