ކޮވިޑް-19 ގެ ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި ޚިޔާނާތުގެ މައްސަލައާ ގުޅޭ އާ މައުލޫމާތުތަކެއް ލިބިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެެ.

ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލާގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއި މިނިސްޓްރީގެ ބިޑް ކޮމިޓީގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް 11 ބޭފުޅަކަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވިއެވެ.

އެކަމަކު ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ ދައުވާ ނުކުރަން ޕީޖީއިން ނިންމެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް މިއަދު ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލަ އާއި ގުޅިގެން އާ ކަންތައްތަކެއް ހޯދިފައިވަ ކަމަށާއި، ވަރަށް އަވަހަށް އެ މައްސަލަ ނިންމާނެ ކަމަށެވެ. މީގެ ކުރިން އެންޓިކޮރަޕްޝަން ކޮމިޝަނުން ޕީޖީއަށް އެ މައްސަަލަ ހުށަހެޅުމުން ޕީޖީން ވަނީ އެކަށީގެެންވާ މިންވަރަށް ހެކި ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިކަން މުރާޖާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފަހުން ޕީޖީއަށް ހުށަހެޅީއެެވެ.

މި މައްްސަލަ އާއި ގުޅިގެން ބޭނުންވާ މައުލޫމާތު ހޯދުމަށް އޭސީސީ އަށް އަދި ފުލުހުންނަށް ހުށަހެޅުމުން، މައުލޫމާތުތަކެއް ލިބިފައި އެބަހުރި ކަމަށާއި، އަންނަ ހަފްތާގެ ތެރޭގައި މި މައްސަލަ ބަލާ ނިންމާ މަޖިލީހާއި ހިއްސާކުރައްވާނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ދިރާސާ ކުރަމުން މިދަނީ އެ މައްސަލައިގަ ފަހުން ލިބުނު މައުލޫމާތުތައް. އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ ފަހުން އެބަހުރި ބައިވަރު އިތުރު މައުލޫމާތުތައް ލިބިފައި،" ޝަމީމް ވިދާޅުވި އެވެ.

އެގޮތުން މިފަދަ މައުލޫމާތެެއް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މަޖިލިސް ބައްދަލުވުމެއްގައި ހާމަކުރެެއްވުމަށް އުޒުރުވެރިވާ ކަމަށާއި، އޭގައި ހުރީ ފަސޭހައިން ނައްތާލެެވޭނެެ ހެކިތަކެެއް ކަމަށް ޝަމީީމް ވިދާޅުވިއެވެ.

"އޭގައި ވަރަށް ބައިވަރު މީހުން ވެސް އެބަ ހިމެނޭ. އެ މީހުންނަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް އެނގިއްޖެއްޔާ އަދި އެހެން ގޮތަކަށް ވެސް މަސައްކަތް ބައްޓަން ކޮށްލުމުގެ ފުރުސަތު އޮވެދާނެތީ އަޅުގަނޑު އުޒުރުވެރިވަން މި ތަފުސީލްތައް ހާމަ ކުރަން،" ޕީޖީ ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ ހިޔާނާތާ ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އެމްޑީޕީގެ 24 މެންބަރަކު ސޮއިކުރެއްވުމަށް ފަހު މަޖިލީހަށް ވެއްދިއެވެ. އެގެ ފަހުން އަމީން ވަނީ މިނިސްޓަރުކަން އިސްތިއުފާ ދެއްވަފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބެއްޔާ

    އޮޅުވާލުމާއި މަކަރުވެރިކަން. ޝިފާގެ މައްސަލަވެސް އަލުން ބަލާދީބަލަ އާކަންތައްތަކެއް ފެންނާނެ.

    23
  2. ހުސޭނުބޭ

    ކަލޯ! ވެންޓިލޭޓަރ ޚިޔާނާތުގެ ވޯލްކަޕް ކޮލިފައިންގ ތަ ތި ކުޅެނީ؟ ފަހަރު ތަންކޮޅެއްގެ ފަހަރު މެޗެއްގެ ވާހަކަދައްކަން! ތިކަން އެއްފަހަރުން ފާޅުކުރަން ނުކެރެގެް ތި އުޅެނީ ކަލޭގެ ޖީބަށް އޭގެ ބައެއް ވަދެފައި ވާތީ!

    23
  3. އޮޅުންބޮޅުން

    ,އެއްކަލަ ދެބޯގެރި**** އަލީވަހީދު ފުރުވާލިމައްސަލަ ހިތުން އޮއްބާލަންކަމަށްތަ ތިޔާއުޅެނީ. ބޭފުޅާވަޑަގަންނަވަންވީނޫންތޯ ދެކަނޑުދޭތެރޭ ރެކޯޑްހައްދަވަން. ލަދުކޮބައިބާއޭހިތައްއަރާ.

    28
  4. ރައްޔިތުމީހުން

    ވޯޓް ކާރިވަނީ

  5. ރާއިފް

    ތިކަން ނިމޭއިރު ކުށްވރިވާނީ ރައީސް ޔާމީންއާ ހެލްތު މިނިސްޓްރީގެ މޭޒުތައް!

    10
  6. ނާގާބިލު

    އަނެއްކާ އެއްމެންގެ ފޯކަސް ބަދަލުކޮށްލަން މޮޅުވާހަކައެއް ފަޅާލީ! ހުރިހާކަމަކީވެސް ސަރުކާރުގެ ނާގާބިލުކަން ، އިންޑިޔާއިން މިގައުމު އަޅުވެތިކުރަމުން ދާއިރު ވެންޓިލޭލަޓަރަކުން ނޫން އެހެން އެއްޗެއް ބޭނުން ކޮށްގެންވެސް އަހަރުމެންނަކަށް ނޭވާލެވޭކަށްނެތް

  7. ހިތާމަ

    މީނާ ފޮނުވަންވީ ހޮލީވުޑަށް ފިލްމު ޑައިރެކްޓަރަކަށް. ވަރަށް ފައްކާވާނެ

  8. މަގޭ ޚިޔާލު

    ކުރިން ނެތް ހެއްކެތް މިހާރު އިތުރަށް ލިބުނީ..ތީވަރަށް މަޖާ...ކަލޭމެން އަމިއްލައަށް ހެކި ހަދައިގެން ތި ތެޅެނީ އަމިއްލައަށް އޮރިޔާން ވާން ..އިންޝާﷲ..ތިކަމުގައި ހެލްތްމިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ނާޖާއިޒު ފައިދާ ނަގާފައެއްނެތް މަންފާހޯދާކަށް ހޯދަދޭކަށްމަަސައްކަތެއްނުކުރޭ..ކުރިކަމަކީ ރާޢްޖޭގެހާލަތަށްބަލާ ވެރިން ކުރަންއެންގި މަސައްކަތް ޤަވަޢިދާ ޤާނޫނާ އެއްގޮތަށްކުރީ..މައްސަލައަކީ ވިލުފުށި އަފިފަށް ލާރިގަނޑު ނުލިބުން. ދަޓްސްއޯލް އަފީފުއަށް ލާރި ނުދީގެން ވާކުއްވެރިއެއް ކުރައްވާ...ނަސީދު ރައްޔިތުންގެ މާލިއްޔަތު ދަވާލީ