މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ ޕާޓީތައް ބޭއްވުން މަނާ ކޮށްފައިވަނިކޮށް، މިއަދު ހަވީރު މާލޭގައި ބޭއްވި ކައިވެނި ޕާޓީއެއް ފުލުހުން ހުއްޓުވައިފިއެވެ.

ސޯލްޓް ކެފޭގައި މިއަދު ހަވީރު ބޭއްވި އެ ޕާޓީ ކުރިއަށްދާކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ނޫސްވެރިންނެވެ.

އެ ޕާޓީ ކުރިއަށްދިޔަ ގަޑީގައި ފުލުހުން ވަނީ އެތަނަށް ގޮސްފައެެވެ. ނަމަވެސް ހުއްޓުވުމުގެ ބަދަލުގައި އެތަނަށް ދިޔަ ދެ ފުލުހުން އެ މީހުންނަށް ދިނީ ނަސޭހަތެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލާއި ހިލާފަށް އެ ޕާޓީ ބާއްވާ، އަދި މާސްކް ނާޅާ މީހުުން ތިބި ތަން ފެނުމުން ފުރަތަމަ ފުލުހުން ނަސޭހަތް ދިންއިރު، މިއަދު 18:12 ހާއިރު ފުލުހުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފަށް ސޯލްޓް ކެފޭގައި ބޭއްވި ކައިވެނި ޕާޓީއެއް މިއަދު 17:30 އެހާކަންހާއިރު ހުއްޓުވައި، އެ ކެފޭ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އެއިރު ޕާޓީ ހުއްޓުވާފައެއް ނުވެއެވެ.

ނަމަވެސް ނޫސްވެރިންގެ ޕްރެޝަރ ބޮޑުވުމުން ފުލުހުން ދެވަނަ ފަހަރަށް ކެފާ އަށް ދިޔައީ 18:16 ހާއިރު އެވެ. ފުލުހުން އެ ޕާޓީ ހުއްޓުވީ އެ ގަޑީގައި ގޮސްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ސިނެކް

  ނޫަސްވެރިން ގެޒިއް މާ ވަރަށް ފުރިހަ މަޔަށް އަދާކޮއްފި ތިގޮތުގަ ސާބިތުވުމ މަށް އެދެން ޝުކުރަން

  41
  3
 2. މާހިރު

  ފުލުހުން ޓައިމް ޓްރެވަލް ކުރީތާއެޭ

  13
 3. ރ.ޔާންބެ

  ޕާޓީގެ ނަން ކިޔައިފިއްޔާ ކަޑަ. ކެފޭ، ހޮޓާތައް ތޮއްޖެހެންދެން މީހުން ވަދެ ތިބެ، ގައިޑްލައިންތަކާއި ޚިލާފުވިޔަސް އޯކޭ.

  28
  2
 4. މެކުނު

  ކޮބާމައްސަލަޔަކީ މުޒާހަރާ އޯކޭ

  12
  9
 5. Anonymous

  މީކިހާދެރަ ކަމެއްތޯ. މުޒާހަރާއަށް ވުރެ އެއްމެ ތަންކޮޅެއްވެސް ދެރައެއްނޫން. ފިޔަވަޅު އަޅަން ތިބޭ މީހުންގެ ފަރުވާ ކުޑަކަން. ކީކޭ ބުނާނީ ދެން. ޒިންމާ ނަގަން ޖެހޭ މީހުން ޒިންމާނުނަގާ. ދެން މިކިޔަނޫ ޚާއްޞަ ހުއްދަ އޭ. ޚާއްޞަ ހުއްދަ އަށް އެނގޭވިއްޔަ ކޮވިޑް ނުޖެހެން. ފަރުދީ ޒިންމާވެސް އަދާކުރަމާ

  20
  2
 6. ކަރަންކާ ހަމީދު

  އެޗް.ޕީ.އޭގެ ގައިޑް ލައިނަށް ޕާޓީއާއި، ޑިސްކޯތަކާއި، ހަވާއެރުވުމާއި، ބޮޑެތި ޝޯ ތަކާއި މީހުން މަސްހުނިވެގެންތިބެ އެއްވުންތައްވެސް ބޭއްވޭ. ވައިރަސް އޭރުން އެތަނަކަށް ނުވަންނާނެ. ވައިރަސް އަންނާނި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވާ ތަންތަނަށް. އޯކޭ؟

  20
 7. ކާފަ

  ހާދަ ސަޅި ޕާޓީއެކޭ..

  13
 8. ޖަރާޖި

  ފުލުުންނޭ ބުންޔަސް މަ އަންނަނީ ހިނި މިހައިރު. އަޅެ ނިކަން ބަލައިބަލާށޭ ކޮންބައެއްގެ ޕާޓީއެއްތޯ. ގާނޫނެއް ތަންފީޒެއް ނުވެޔޭ ތިޔަ ބައިމީނުންނަށް. ކަހަރިޔަކު ނަހަރިޔެއް ނުހުރެޔޭ، ދޮތަ؟

 9. ޕާޓީ

  މި ދަނޑިވަޅުގަ ކޮން ޕާޓީއެއްތަ ކޮންމެ މީހަކު މި ބާއްވަނީ. 😡
  ކައިވެނި ކުރިޔަސް ޕާޓީ ނުބާއްވަބަލަ މި ދަނޑިވަޅުގަ

  ޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫ