ޕާޓީތައް ބޭއްވުން މަނާ ކޮށްފައިވަނިކޮށް، މިއަދު ހަވީރު މާލޭގައި ޕާޓީ ބޭއްވި ތަންކަމުގައިވާ، ސޯލްޓް ކެފޭ ރެސްޓޯރެންޓް 5،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

ސޯލްޓް ކެފޭ ޖޫރިމަނާ ޖޫރިމަނާ ކުރުމަށްފަހު ފުލުހުން ވިދާޅުވެފައި ވަނީ ކެފޭ އަށް ފިޔަވަޅު އަޅާފައިވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ
އެންގުންތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުމަކަށް ޤާނޫނީ ޝަޚްޞަކުން ޢަމަލު ނުކޮށްފި ނަމަ ނުވަތަ އެ އެންގުމަކާ ޚިލާފުވެއްޖެ ނަމަ ފުރަތަމަ ފަހަރު -/5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. ދެވަނަ ފަހަރު -/25،000 ރުފިޔާ. ތިންވަނަ ފަހަރު -/50،000 ރުފިޔާ، ހަތަރުވަނަ ފަހަރު -/75،000 ރުފިޔާ އަދި ފަސްވަނަ ފަހަރުން ފެށިގެން ދެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ސޯލްޓް ކެފޭގައި މިއަދު ހަވީރު ބޭއްވި އެ ޕާޓީ ކުރިއަށްދާކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ނޫސްވެރިންނެވެ.

ސޯލްޓް ކެފޭ ޖޫރިމަނާ ކޮށް ޕާޓީ ހުއްޓުވާފައިވީނަމަވެސް، އެންމެ ފުރަތަމަ ފުލުހުން އެތަނަށް ގޮސް ހުއްޓުވުމުގެ ބަދަލުގައި ވަނީ ނަސޭޙަތް ދީފައެވެ. އޭގެ ފަހުން ޕްރެޝަރު ބޮޑުވުމުން ފުލުހުން އެ ޕާޓީ ހުއްޓުވާފައިވަނީ 18:16 އެހާކަންހާއިރުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޕުޗުސް

    އޯ މައި ގުޑުނެސް. 5000 ރުފިޔާ! ތިތާގެ ވެރިން ކިހިނެތް ތިހާ ގިނަ ރުފިޔާ ދައްކާނީ؟ އަޖައިބެއް. މުއްސަނދިން ބޭނުން ވައްތަރަކަށް އުޅެނީ ޖެހިލުން ނުވާތީ. އެކަން ވިސްނިބަލަ

    44
    1
  2. ރޯނު

    އަދިވެސް ދިވެހިން ގޭތެރޭގަވެސް ޕާޓީ ބާއްވާ.... މިކަމަކަށް ހައްލެއްނެއި...

    34
    2
  3. ބަބުކެޔޮ އިއްބެ

    ތިތަނަށް ދިޔަ ޕޮލިސް މިފަހަރު އުލު ބައިންދާނެ. ބަޔާން ނަގާ ރޭންކް ދަށްކޮށް މަސައްކަތްކުރާ ތަނުން ބަދަލުކޮށް ކަންކަންވާނެ. އެމްސީ ހަމީދު އަންހެނުންގެ އަންމަ އައްޕަގެ ތަންތަނަކަށް ތިހެން ނުވަދެވޭނެ. ވެރިކަން ބަދަލުކުރަން ބަގާވަތްތައް ރޭވުމަށް ބޭނުންކުރި ކޮމާންޑް ސެންޓަރު. 42 މިލިއަން ރުފިޔާ ގޯންޏަށް އަޅައިގެން ގެނެސް ގުނަން ތިބި މައިމަރުކަޒުގައި ހުރި ތަނަކަށް ވަދެ ޖޫރިމަނާ ކުރީމާ ތީގެ އަގު ނަގާނީ މީހުން ކަރުފިއްތައިގެން ހެން ހީވޭ

    30
    1
  4. ހަަމީދު

    ވަގުތުން ތަން ބަންދުކުރުންވެސް އޮންނާނެ އެކަމަކު އެކަންކުރާކަން ނުކެރޭނެ ގޭ ކުދިން ވީމަ

    36
    3
  5. ކުނބު

    5000 ރުފިޔަ ތިޔަ ގައިޑްލައިނާ ހިލާފްވީމަ. 750 ސައިކަލް ސްޓިކާ. ދެން ރަނގަޅު ގައުމު

    11
  6. ހުސޭނުބޭ

    މާސްކް ނާޅާ ނިކަމެތި މީހާ ޖުރުމަނާކުރަނީ 10000 ރުފިޔާއިން. ބޮޑު ބިޒްނަސްއެއް ހިންގާ ބަޔަކު ޕާޓީބޭއްވީމާ ޖުރުމަނާއަކީ 5000 ރުފިޔާ! ވާހް! ކިޔާ އިންސާފްހޭ!

    15
  7. މާސްޓަރ

    އެއްލައް ކަ ރުފިޔާ އަށް ބޭއްވި ޕާޓީ އަށް 5000 ރ ޖޫރިމަނާއެއް. މިއޮތީވަ ޤައުމެއް. އާއްމު މީހެއްނަމަ ޖޫރިމަނާ މަތިވާނެ. ޤަވާޢިދުގައި ވިޔަފާރިތަކކަށް ނިސްބަތުން ކުޑަ ޖޫރިމަނާ ހިމެނީ، އެތަންތަނުގެ ހުއްދަ ބާތިލު ކޮށް، ވިޔަފާރި ހުއްޓުމާ އެ ކު ކކކ، އެ ކަން ކަން ނުކ ކޮށް ތިޔަޖޫރިމަނާ ކުރުމުން ތިޔައީ ޤަވާއިދުތަ ކަށް މަލާމާތް ކުރުން.

  8. އާސިދާ

    ހ.ހިރިގާ ރެސްޓޯރަންޓް ވެސް ރޭގަނޑު 0000 ހާއިރުވެސް ދަންވަރުވެސް ހިދުމަތް ދެމުންގެންދަނީ ޗެކްކޮށްލަން ރަނގަޅުކަންނޭނގެ..

    8
    1
  9. ޟމ

    ތީ މާ ރަގަޅު ގޮތެއް ޤަވާޢިދާއި ޚިލާފަށް ޕާޓީ ބާއްވައިގެން ކުރާ ޖޫރުމައިނާ 5000 ރުފިޔާ އަށް ވީމަ މިވީ ކޯއްޗަޖަށް ޕާޓީ ބާއްވަނީ 50000 ރުފިޔާ ނޫނީ އެއަށްވުރެ ބޮޑުކޮށް ، ދެން ކޮން ގެއްލުމެއް ތިކަމުންވީ، މާދަން ތިޔަ ތަނުން ބަޔަކު ފައްސިވެގެން އައްސި އަރައިގެން ނޫޅެފިއްޔާ ކިތަންމެހާވެސް ރަގަޅު

    10
    2
  10. ޙަސަނު

    ޕާޓީ ތައް އެކަނިތޯ ހުއްޓުވަން ޕޮލިހުންނައް އިނގެނީ ، މިހާރުވެސް ސަރުކާރު ބައެއް އޮފީސް ތަކުގައި ޑިއުޓީ ފަށާ ގަޑި ނުވަތަ ޑިއުޓީ ބަދަލުވާ ގަޑީ ގައި ބާއްވާ ފޯލިން ތައް އޯކޭ . 20 ، 30 މީހުން ގައިދުރު ކަމެއް ބެހެއްޓުމެއްނެތި ކުރިޔައްދާ މިކަން ނުހުއްޓޫވޭ.

  11. ވިސްނޭ މީހާ

    ސިދާތާ އާއި މުއާ ގެ ކައިވެނި ޕާޓީ ހަމަ އޯކޭ ، ކީއްވެގެންތޯ އެޕާޓީ ހުއްޓުވަން ޕޮލިހުން ނުދިޔައީ ، ތިޔަ މަރުކަޒުން މިކަހަލަ ކަންތައްތައް ބަލަނީ ނުވަތަ ކަމެއްހުއްޓުވަން ދަނީ ހަމައެކަނި ބަޔަކު ރިޕޯޓް ކުރީމަ އެކަނިތޯ . ބަޔަކު ރިޕޯޓް ނުކުރާ ކަމައްވާނަަ ހަމަ ކޮންމެ ކަމެއްވެސް ކުރަންވީ ތޯ. 👌👌👌
    ( މި ކޮމަންޓް އަކީ މިއަދު ހުއްޓުވި ޕާޓީގެ މީހުންނާ ދިފާއު ކުރަން ކުރި ކޮމަންޓް އެއް ނޫން ) އެމީހުންވެސް އެކުރީ ހަމަ މަނާކޮއްފައި އޮތް ކަމެއް.

    19
  12. އަލީ

    ޕާޓީ ނިމުނުފަހުން ގޮސް ޕާޓީ ހުއްޓުވީ. ހެ.ހެ.

  13. މައިމޫ

    އެޗްޕީއޭގެ އެންގުމުގައި ޕާޓީ ހުއްޓުވުމެއް ނޯންނާނެ. ޕާޓީ ކޮށްފިއްޔާ ޖުރިމާނާ ކުރުން އޮންނާނީ. ފުލުުހުންވެސް ގަވާއިދުގައިވާގޮތަށް ކަންކުރަންވާނީ.

    • ވާނުވާ.

      މަނާކަމެއް ކުރަންޏާ ހުއްޓުވަންޖަހޭނެ ފުލުހުން. އެހެން ކުށްކުށް ކުރާއިރުވެސް ހުއްޓުވާށެކޭ ނޯންނާނެ ކުށް ކަނޑައަޅާ ޤާނޫނަކު. މޮޔަނުގޮވަބަލަ.

  14. ވާނުވާ.

    ގިނަވާނެއެއްނު. ޢެމީހުން ބަނގުރޫޓުވާނެ ތިހާބޮޑު ޖޫރިމނާއެއް ކުރީމަ. ޕާޓީ ބާއްވައިގެން ކިތައް ފަސްހާސް ނަގާނެ އެމީހުން؟