މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 161 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު ފައްސިވި މީހުންގެ ތެރެއިން 139 މީހުން ފައްސިވީ މާލެއިންނެވެ. އަތޮޅުތެރެއިން ހަތަރު މީހުން ރިސޯޓްތަކުން 17 މީހުން އަދި ސަފާރީއަކުން އެކަކު މިއަދު ފައްސިވިއެވެ.
މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 18930 އަށް އަރާފައެވެ. މިހާރު ވެސް 2512 މީހަކު ރާއްޖޭގައި ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 162 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 155 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.
ރާއްޖެ އިން ކޮވިޑަށް މިއަދު 5000 އަށްވުރެ ގިނަ މީހުން ޓެސްޓް ކޮށްފައި ވެއެވެ.
ޖަނަވަރީ މަހުގެ ފަހު ހަފްތާ އިން ފެށިގެން ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމުން މާލޭ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް އަދި ކޮވިދަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަކަށް ތަފާސް ހިސާބުތަކަކުން ނުދައްކައެވެ.
ޖެހިޖެހިހެންގިނަ
ގުޑް ނިއުސް، އަކީ އެންމެ ސައިކަލެއްވެސް ފައްސިނުވާތީ..
6ގެ ފަހުން ނުކުމެ އުޅެނީ އިންސާނުން ސައިކަލެއް ނޫން..
ޢެހެންވީމަ ފައްސިއާ އައްސިޔާވާނީ އެމީހުންނެއްނު !!؟
އެޗްޕީއޭ ސައިކަލްތަކުގެ ރައްކާތެރިކަމައް ތިޔަ ކުރާ މަސަތްކަތައް ސާބަސް.. ހަމަ އެގޮތައް ދިވެހިންގެ ރައްކާތެެރިކަމައް ރަނގަޅު ފިޔަވަޅުތަކެއްް އަޅާނަމަ އެމީހުންވެސް ފައްސިނުވާނެ.
ފައްސިވަނީ އެޗްޕީއޭ ކަންތައް ކުރާގޮތުން..
އެޗްޕީއޭ ކަންތައް ކުރަނީ އިބޫ ރުހޭނެހެން
ޤަބޫލެއް ނުކުރެވެއެވެ. ރާއްޖޭގައި ކޯވިޑް ނެތެކޭ ނުބުނަމެވެ. އެކަމަކު ތިޔަކިޔާ ޢަދަދުތަކަކީ ސަރުކާރުގެ ޕްރޮޕެގެންޑާގެ ޢަދަދުތަކެކެވެ. ތިވަރުގެ މަތީ ޢަދަދުތަކެއް ދުވާލަަކު ބަލިވަމުން އަންނައިރު 2 މީހަކު ބަލިވެގެން އުޅުނުއިރު އެރުވި ވަރެއް ނާރުވައެވެ.