ހދ. ނޭކުރެންދޫން ރިސޯޓަކަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެ ރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

އެރަށަށް އަރާ ފޭބުން މަނާކޮށް، މީގެ އިރުކޮޅެއް ކުރިން ވަނީ އެ ރަށް މޮނީޓަރިންގއަށް ލީކަން އަންގާ ލިޔުން ފޮނުވާފައެވެ.

އެރަށު ކައުންސިލް ރައީސް، އަލީ އާދަމް "ވަގުތު"އަށް ވިދާޅުވީ، އެރަށުން މިދިޔަ ހޮނިހިރު ދުވަހު ރިސޯޓަކަށް ދިޔަ ޒުވާނަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އަދި އެ ޒުވާނާ ފައްސިވެފައިވާަން އެނގުނީ މިއަދު ހަވީރު 5:00 ޖެހި ހާއިރު ކަމަށާއި، އޭނާ ފައްސިވެފައިވާ ކަމަށް ބެލެވެނީ ރިސޯޓަކުން ނެގި ސުންކަކުން ކަމަށް ބެލެވޭ ކަމަށެވެ.

އަދި އެ ވޭދަނައާ ގުޅިގެން އޭނާއާ ގާތުން އެއްތާވި އާއިލާ މީހުންނާއި، އޭނާގެ ބައެއް ރަހުމަތްތެރިން ކަރަންޓީންކޮށްފައިވާ ކަމަށް އަލީ އާދަމް ވިދާޅުވިއެވެ.

އެ ޒުވާނާއަކީ ރިސޯޓްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ ރަށަށް އެނބުރި ގޮސް ކަރަންޓީންގައި މަޑުކުރުމަށްފަހު އެނބުރި ރިސޯޓަށް ގޮސްފައި ވަނީ މަހެއްހާ ދުވަސް ފަހުން ކަމަށް ވެއެވެ.

ނޭކުރެންދޫ މޮނީޓަރިންގއަށް ލައި އެޗްޕީއޭއިން ފޮނުވި އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ.

އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު