ކޮވިޑް-19ގެ ބޮޑެތި އަލާމާތްތަކެއް ފެންނަން ނެތް ކަމުގައިވިޔަސް ކުއްލިއަކަށް ހާލު ދެރަަވާ މީހުން ވަރަށް ގިނަކަން ފަހަކަަށް އައިސް ފާހަގަކުރެވިފައިވާ ވާ ކަމަށް ކްލިނިކަލް މެނޭޖްމެންޓް އެޑްވައިޒަރީ ޓީމްގައި ހިމެނޭ ޑރ. މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.

ޑރ. މުރާދު މިހެން ވިދާޅުވީ، މިރޭ ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

ޑރ. މުރާދު ވިދާޅުވީ، އަދިވެސް ކޮވިޑްގެ ތިން ވަނަ ރާޅުގައި ނަމްބަރުތައް އުޅެނީ ވަރަށް މަތީގައި ކަމަށެވެ. އަދި ފައްސިވާ މީހުންގެ އަދަދުތައް ދަށަށް ނުދާ ކަމަށާއި، ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ފަރުވާ ދޭ ބަލިި މީހުންގެ އަދަދުތައްވެސް ގިނަވަމުންދާ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

މިގޮތުން މިއަދުވެސް ރާއްޖެއިން 161 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި 162 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލްގައެވެ.

"ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެންގެ އެންމެންވެސް މަސައްކަތްކޮށްގެން ފައްސިވާ މީހުން އަދަދު ވީހާވެސް މަދު ކުރުން، އަހަރުމެން އަބަދުވެސް މި ދޭ އިރުޝާދުތަކުގައި، ދެމިތިބެވޭތޯ ބަލަން އެބަ ޖެހޭ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކޮށްގެން މި ނަމްބަރުތައް ދަށް ކުރެވޭނީ". ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ، ކުރިއާ އަޅާބަލާއިރު، ތަފާތުކަމަކަށް ފާހަގަކުރެވެނީ ފައްސިވާ މީހުންގެ ތެރޭގައި، ހޮސްޕިޓަލް ނުވަތަ ސެންޓަރުތަކުގައި އެޑްމިޓް ކުރަން ޖެހޭ އުމުރު ފުރާ އަށް ބަދަލު އައުން ކަމަށެވެ. އެގޮތުން އޭނާ ވަނީ މެދު އުމުރުގެ މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭކަން ފާހަގަކޮށްފައެވެ.

"ހާއްސަކޮށް މެދު އުމުރުގެ މީހުންތަންކޮޅެއް ގިނައިން މިފަހަރު އެބަ އެޑްމިޓްކޮށްގެން ފަރުވާދޭން އެބަ ޖެހޭ، އަދި ވަރަށް ގިނަ ފަހަރަށް އެހާ ބޮޑެތި އަލާމާތްތަކެއް ފެންނަން ނެތް ކަމުގައިވިޔަސް ކުއްލިއަކަށް ހާލު ދެރަަވާ މީހުންވެސް ވަރަށް ގިިނައިން ފާހަގަކުރޭ". ޑރ. މުރާދު ވިދާޅުވިއެވެ.

އޭނާ ވަނީ، މިއީ ވަރަށް ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ޅަ އުމުރުގެ މީހުން އެޑްމިޓްކޮށްގެން އެހާ ގިނަ ދުވަސްވަންދެން ފަރުވާ ދިނުމަަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، މިކަން ރަނގަޅު ކުރެވޭނީވެސް ފައްސިވާ މީހުންގެ އަދަދުތައް މަދުކޮށްގެން ކަމަށް ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ، އެދުމަތިކޮށްގެން ފަރުވާދޭ ބަލި މީހުންގެ އަދަދު ގިނަވެގެން ދިއުމުން ސިއްހީ ހިދުމަތްތެރިންނަށް ބޮޑެތި މައްސަލަތަކެއް ދިމާވާ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން ޑޮކްޓަރުން ތަކުރާރުކޮށް ވިދާޅުވެފައިވާ ފަދައިން އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންނާއި އަޅާބަލާއިރު، ސިއްހީ އެހީތެރިކަން ނެތް ކަން އޭނާވެސް ފާހަގަކުރެއްވިއެވެ.

"ކިޔަންމެ ބަޔަކު ބަލި ޖެހިގެން އެޑްމިޓް ކުރަން ޖެހުނަސް، އެ މީހުންނަށް ފަރުވާދޭން މި ތިބީ ހަމަ މިހާރުވެސް ތިބި ބަޔަކު، އަދި ގިނަ އަދަދުތަކެއްގެ ބަލި މީހުންނަށް ފަރުވާދޭން ޖެހޭކަމުގައިވަންޏާ ސިއްހީ އެހީތެރިންވެސް ވަރުބަލި ވާނެ. އަދި އެ މީހުން އެދޭން ޖެހޭ ހިދުމަތްވެސް އެންމެ ފުރިހަމަ ގޮތުގައި ނުދެވޭނެ". ޑރ. މުރާދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސާލިމް

    ދެންވެސް 6:00 ގެ ފަހުން ނުދުއްވެންޏާ ހިނގާފަވެސް ނޫޅެވޭނެ ހެން ހަދާބަލަ، ސައިކް ނުދުއްވޭތީ ބައިހަދާފަ ކަމެއް ނެތަސް ގްރޫޕް ގްރޫޕައް މަގުތައް ފުރާލައިގެން ހިނގާތަން ނުފެނޭތަ ؟؟

    ހީވަނީ ހަރޯދަ އީދު އައިސްގެން އުޅޭހެން 6:00ގެ ފަހުން

    38
    1
    • ސިޔާސީ

      ސީރީއަހެއް ނޫނޭ.. އެބުނާހާ ސީރިއަސް ނަމަ ކެފޭ ސއކޫލު އޮފީސްތައް ބަންދުކުރާނެތާ އދަދު ތިރިވެލަންދެން.. ސިޔާސީ ވާހަކަކަމަށް ބޮޑަށް ބެލެވެނީ

      20
      1
    • ކަލޯ

      ބޯހަލާކު! ނަން ކޯވިޑް ކަން ގައުމު ދަވާލަނީ. ސަރުކާރުން އަރުވާޖަހާފައި ގައުމު އިންޑިޔާއަށް ވިއްކާލިމުގެ މަސައްކަތް އަވަދިނެތި މަޖިލީހާ އެހެން މުއައްސަސާތައް ބޭނުންކޮށްގެން ބާރައް ކުރިއައް. ކުރިއަށް ކުރިއަށް ބާރައް ކުރިއަށް. މިކަންކަމުން ސަލާމަތް ވުމަށްޓަކައި އެބަޖެހޭ ފުޅާދާއިރާއެއްގައި ތެދުވަން

    • ދެރަ

      އެޗްފީއޭ އިން ދަރުބާރުގޭގަ އެހިންގާ ތަނުގަ ތިބޭ މީހުން ތިބެނީ މާސްކް ނާޅާ. . ސީނިއަރ ހެލްތު އޮފިސަރުން ތިބެނީ މާސްކް ތިރިކޮށްގެން ދެން ކޮން ވާހަކަ މި މީހުން މިދައްކާނީ... އެޗްޕީއޭ މީހުން ދަރުބާރުގޭގަ އުޅޭގޮތް ވަރަށް ނުރައްކާތެރި... އަދި އެހެން ތަންތަނުގެ މިވައްޒަފުން ދޭތެރެއަކުން ވޮލެންޓިރ ކުރަން ގެނެސް އެތަނަށް ވައްދާނެ... ދަރުބާރުގެ އިންސްޕެކްޓް ކޮށްލަން ވީނު..

  2. ސަނީ

    އެޗްޕީއޭގެ ކަންޖޫސް ކަމާ ނަގާބިލްކަން އެނގެނީ..
    އެޗްޕީއޭ އާ ރާއްޖޭގެ އެންމެ ރަށެއް، ހަމަ އެންމެ ރަށެއް ހަވާލު ކުޅަޔަސް އެރަހަކުން ކޮވިޑް ނައްތާލަން ނޭނގޭނެ.

    19
    2
  3. ސަތަރޭ

    ފާއިޒާ ގެނެސް ޖަހާބަލަ.. ތިޔަ ވިހަ ވެކްސިން އިންޑިއާ މޫނައްޖަހާފަ

    21
    5
  4. ކަލޯ

    އެއީ ވެކްސިންގެ ސަަބަބުން ވާގޮތެއް

    20
    3
  5. ހސެއިން

    ތިއަ އެޗްޕީއޭ ވެސް އެންއޯސީ ވެސް ދައްކާ ވަހަކަ،އަމަލް ދިމާ ނުވޭ.

    18
    4
  6. ހސެއިން

    ތިއަ އެޗްޕީއޭ ވެސް އެންއޯސީ ވެސް ދައްކާ ވަހަކަ،އަމަލް ދިމާ ނުވޭ.ކުލަ އެއްގެ ފަހަތުގަ ހުރިޔާ ގަދަ މީހާ ގަދަ

    16
    3
  7. ޝަމްއޫން

    އެހެންވީމާ އާޚިރުގާ ތިޔަބުނަން އުޅެނީ މިއަދު ހުޅުވާލެވުނު 30 އަހަރުން މަތީގެ އެންމެން އަވަހައް ބިރުންގޮސް ސަރުކާރުން ޕުރޮމޯޓުކުރަމުން އަންނަ އެސްތުރަޒެނަކާގެ އިމާޖެންސީގައި ޖަހަން ހުއްދަދީފައިވާ ވެކްސީން ޖަހާށޭ..އެހެންނުން.

    20
    3
  8. ކަތުރަަން

    ކަށި ޖެހިޖެހިހެން ގިނަ ކުރާނެކަމެއްނެތް

    12
    2
  9. ބޯގޯސް

    ބޮޑައް ބިރުގަންނުވާފަ ބަހައްޓާ ހު ކުރުދުވަހު ބޮޑު މުޒާހަރާއެއް އެބައޮތް އެހެންނޫނީ ސޯލިބޭ ވެއްޓިދާނެ

    23
    4
  10. ޗަރުކޭސް

    ދެން ތިހާ ސީރިއަސް ވެއްޖެއްޔާ ކީއްވެހޭ އޮފީސްތަކާ ސްކޫލުއަދި ކެފޭތައް ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ބަންދު ނުކުރަންވީ؟؟ އަމަލުން ވެސް ސީރިޔަސްކަން ދެއްކީމަތާ ޤަބޫލުކުރެވޭނީ.. ނޫނީ ތީހަމަ ސިޔާސީ ޗަރުކޭސް ކަމަށް ބެލެވޭނި..

    32
    1
  11. އަޙްމަދު

    މުރާދު ތި އެޑްވަރީޓަިމުގަ ހިމެނޭއިރު
    ރަގަޅުަޙާލުގަ ތިބިމީހުން ކުއްލިއަކަށް
    ސީރިއަސް ހާލަތަށް ބަ.ދަލުނުވާނެ ގޮތަށް
    ފަރުވާ ދޭނެގޮތެއް ވިދާޅުވެބަލަ

    19
  12. ޢިނާޔަތު ގދ ވާދޫ ކައުންސިލް

    އައްޑޫ މީހުންނައް ދިގުޖަންޕު ޖެހުންތާ ތިޔަދަސްކ ކޮއްދިނީ މިސަރުކާރުން ބޯހަލާކު ތެދެއްމިބުނީ

    11
  13. ޢިނާޔަތުއްލޯ ގދ ވާދޫ

    ދެންއިންޑިޔާން ބަޔަ ކު ގެނެސްބަލަ ތިހުރިހާ ވާހަ ކަ ނުދައް ކަ ވަރުބަލި ވަނީ އެމީހުން އެ ކަނިތޯ ކޮބައިތޯ ގައުމުގެ ތިޖޫރީގެ މައިތަނބު ރިސޯޓު މުވައްޒަފުން އެމީހުން ވަރުބަލި ނުވާނެތޯ އަހަރު ދުވަހު އެއްވެސްތާ ކައް ނުދެވި އެތިބެނީ ހަމަޖެހޭ ވާހަ ކަ ދައް ކާ އިންޑިޔާ ބައިގަނޑެއް ނުގެނެވިގެން މިހާރު ތިޔަތެޅިބާލަނީ ސުން ކު ވިއް ކަން ތިޔައުޅެނީ 25 ބުރީގެ ހޮސްޕިޓާ އިންޑިޔާއައް ނުދެވިގެން ކަމެއް ކުރަން އެނގޭ ބޮނބި މަކުނެއްނޫންއެއީ މިހާރު ވޯޓު ކައިރިވީމަ ގޭގޭ ގިފިލި ފާރުމަތިން ފުއްޑަނު ތެރެއިން ހުނިގާނަމުން ދުވާނެ އެއީ މަ ކަރުވެރި މުނާފިގުންގެ ވައްތަރު

    13
  14. ސަބާނާ

    ޢެއީ މަބުނި ވާހަ ކަ އަދި ދުވަސް ކޮޅަ ކުން ތިޔަވެ ކްސިންޖެހި މީހުން އުޅޭނެ ހާލަ ކާ ދޭތެރޭ ކަންބޮޑުވަނީ މޮޔައެއް ނޫނީ އެނގެންވާނެ އަހަރު ދުވަހުން ވެ ކްސިނެއް އުފައްދައިގެ ޖަހާނެ ގޮތެއް ބުނެދީބަލަ ފުރިހަމަ ވެ ކްސިނެއް ކާމިޔާބު ކުރުމައް ރާމާމަ ކުނުގެ ދަރިފަސް ކޮޅެއް އުފަންވެ ނިމިދަންދެން ދިރާސާ ކުރަންޖެހޭ ތިޔައީ ވަރައް ބޮޑު ގަޅިއެއް ތިހަދަނީ ހުރިހާ ކަނބަލުން މޫނާ ދެއަތްވެސް ފޮރުވިގަތުން މުހިންމު

    14
  15. ރާއްޖެތެރޭމީހާ

    ރައްޔިތުންމެދުގަ މިގޮތަށް ބިރުވެރިކަން އުފައްދާ މީހުން ހިފާ ހައްޔަރު ކުރަންޖެހޭ! ކޮބާ މާލޭސަރަހައްދުގެ އެނދުތައް އެއްދުވަސްތެރޭ ފުރޭނެއޭ ކިޔައިގެން ދެއްކިވާހަކަތައް!

  16. އެމަންޖެ

    އަޅުގަނޑައް ފެންނަނީ ކުރިންހެން ރޯޔަލް ބޭފުޅުން ނައް ހުރިހާ ހުއްދައެއްދޭން ރައްރަށައް ދިއުމައްވެސް އެބޭފުޅުންގެ ފުށުން ބަލި ފެތުރޭކަމަކައް ލަފައެއް ނުކުރެވޭ.

  17. އަލީ

    ތި ވެކްސިން ޖެހިތާ 2 ހަފްތާ ވީ އިރުވެސް މަގޭ 2 ލޮލުގެ ރިހުން ނުކެނޑިގެން މިއުޅެނީ ކޮންމެހެން މީހުން ބިރު ދައްކައިގެނެއްނޫ މީ ހަގީގަތް 2 ވަނަޑޯޒު ޖަހަން މަވެސް މިހުންނަނީ ބިރުން. ތި އިންޑިޔާ ވެކްސިނަށް ވުރެ މާރަނގަޅު ވެކްސިން ދުނިޔޭގައި އެބަ މީހުންނައްދޭ މި ސަރުކާރުގަ ތިބި މީހުންނަކީ ގައުމުގެ ރައްޔިތުންނަށް ރަނގަޅު ބައެއްނަމަ ބަލާނީ އެއިރެއްގަ ލިބެން ހުރި އެންމެ ރަނގަޅު އެއްޗެއް ދިވެހިންނަށް ދެވޭތޯ ކޮންމެހެން ބައެއްގެ އުނގުން ސަލާމަތް ނުވެވިގެން އުޅޭކަށް ނުޖެހޭ. ބަޖެޓު ބޭނުންވަރަކަށް ފާސްކުރޭ، ކުރަން ބޭނުން ކަމެެެއް ގަދަކަމުންވެސް ކުރޭ މީނުން އަދިވެސް ހޭއަރާކަށް ނުވޭދޯ.

  18. އަލީހާން

    . ތި ވެކްސިން ޖެހިތާ 2 ހަފްތާ ވީ އިރުވެސް މަގޭ 2 ލޮލުގެ ރިހުން ނުކެނޑިގެން މިއުޅެނީ ކޮންމެހެން މީހުން ބިރު ދައްކައިގެނެއްނޫ މީ ހަގީގަތް 2 ވަނަޑޯޒު ޖަހަން މަވެސް މިހުންނަނީ ބިރުން. ތި އިންޑިޔާ ވެކްސިނަށް ވުރެ މާރަނގަޅު ވެކްސިން ދުނިޔޭގައި އެބަ މީހުންނައްދޭ މި ސަރުކާރުގަ ތިބި މީހުންނަކީ ގައުމުގެ ރައްޔިތުންނަށް ރަނގަޅު ބައެއްނަމަ ބަލާނީ އެއިރެއްގަ ލިބެން ހުރި އެންމެ ރަނގަޅު އެއްޗެއް ދިވެހިންނަށް ދެވޭތޯ ކޮންމެހެން ބައެއްގެ އުނގުން ސަލާމަތް ނުވެވިގެން އުޅޭކަށް ނުޖެހޭ. ބަޖެޓު ބޭނުންވަރަކަށް ފާސްކުރޭ، ކުރަން ބޭނުން ކަމެެެއް ގަދަކަމުންވެސް ކުރޭ މީނުން އަދިވެސް ހޭއަރާކަށް ނުވޭދޯ.....