22:46

އައްޑޫ ސިޓީ ހުޅުމީދޫގައި އިތުރު ހަތް ދުވަހަށް ކާފިއު ހިންގަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފި

22:34

މާލެ ސަރަހައްދުގައި 25 އަހަރުން މަތީގެ މީހުންނަށް މާދަމާ އިން ފެށިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ވިދާޅުވެއްޖެ

22:08

ރާއްޖެއިން އިތުރު 108 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:43

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލައިފި

21:14

އައްޑޫ ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 38 މީހަކު ބަލިން ރަނގަޅުވެއްޖެ

18:41

ނ. ވެލިދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

17:48

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މި ހާލަތުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުން މުހިއްމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ

16:51

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަމުން އަންނަ ވެކްސިން ޖަހާފައިވާ މީހުންނަށް "ހިލޭ ފިއްޒާ" އެއް ލިބޭ ޕްރޮމޯޝަނެއް ޕިއްޒާ ބޭއިން ފަށައިފި

16:06

ފާއިޒާގެ ވެކްސިންގެ 100،000 ޑޯޒް ވެކްސިން މިއަދު ރާއްޖެއަށް ލިބޭނެ ކަމަށް ބުނެ ރާއްޖެ.އެމްވީން ގެނައި ހަބަރު ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ދޮގުކޮށްފި

14:50

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުން ހާއްސަ ޑިސްކައުންޓެއް ލިބޭނެ އިންތިޒާމު ޕިއްޒާ ބޯނާ އިން ހަމަޖައްސައިފި.

13:41

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުން ޚާއްސަ ޑިސްކައުންޓެއް ލިބޭނެ އިންތިޒާމު ސީހައުސް ކެފޭއިން ހަމަޖައްސައިފި


ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގައި ޕާޓީތަކާއި ރަސްމިއްޔާތުތަކާއި އެއްވުންތަކާއި ކުޅިވަރު ހަރަކާތްތައް ބޭއްވުން މަނާކޮށްފައި އޮތްނަމަވެސް އެކަންކަން ތަންފީޒު ކުރެވޭ މިންވަރާއި މެދު ވަނީ ސުވާލު އުފެދިފައެވެ. މިއަދު ދެ ރެސްޓޯރެންޓެއްގައި ކުރިއަށްދިޔަ ދެޕާޓީއެއް ފުލުހުން ވަދެ ހުއްޓުވައި އެތަންތަން ފަސް ހާސް ރުފިޔާ އިން ޖޫރިމަނާ ކުރިނަމަވެސް ކޮންމެ ދުވަހަކު އެތައް ތަނެއްގައި އެފަދަ ޕާޓީތައް ކުރިއަށް ދާއިރު ފުލުހުންނާއި ކަމާއި ބެހޭ އިދާރާތަކުން ހަރަކާތްތެރިވާ މަންޒަރެއް ނުފެނެއެވެ.

މިއަދު ވެސް 161 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 139 މީހުން ފައްސިވީ މާލެއިންނެވެ. އަތޮޅުތެރެއިން ހަތަރު މީހުން ރިސޯޓްތަކުން 17 މީހުން އަދި ސަފާރީއަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދު ފައްސިވި މީހުންނާއިއެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 18930 އަށް އަރާފައެވެ. މިހާރު ވެސް 2512 މީހަކު ރާއްޖޭގައި ކޮވިޑް ޖެހިފައި އެބަތިއްބެވެ. އޭގެތެރެއިން 162 މީހުންނަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 155 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ޖަނަވަރީ މަހުގެ ފަހު ހަފްތާ އިން ފެށިގެން ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމުން މާލޭ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް އަދި ކޮވިދަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަކަށް ތަފާސް ހިސާބުތަކަކުން ނުދައްކައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޝުޒާން

  ބަލަގަ ޕާޓީއެއް ބޭއްވީމަ އެކަނިތަ މީހުން އެއްވަނީ.؟ ގޮސް ބަލާބަލަ ކޮންމެދުވަހަކު ހެނދުނު 8 އަކުން ފެށިގެން ސައިހޮޓާ އަދި ކެފޭތަކުގައި އެއްވަގުތެއްގައި ކިތައްމީހުން އެތިބެނީ ރޭނގަޑު 11 ޖަހަންދެން އައިސްގޮސް ހަދާ ސިނގިރޭޓުބޮއެ ވޭޕްކޮއް ހީސަމާސާކޮއް ކޮފީބޮއެ ސަކަރާތްގަންނަން. އެމީހުން ފަރާތުން ކޮވިޑް ނުފެތުރޭކަމުގެ ކޮން ގެރެންޓީއެއްއޮތީ. އެތަންތަނައް ހުއްދަދީފަ އޮންނަ އުސޫލުން ޕާޓީތައް ބާއްވާއިރު ސޯޝަލް ޑިސްޓެންސިންނާއި އެކު އެންމެ ދެ ގަޑި ތިންގަޑިއިރު ޕާޓީ ބާއްވާނެ ހުއްދަ ނުދެވެންވީ ސަބަބެއް އެބައޮތްތަ.؟ ތީ ދެން އަމައްޔާއި..ކޮބާ ބޮލުގެ ތެތްކަން.

  2
  1
  • ދެރަ

   އެޗްޕީއޭ މީހުން ދަރުބާރު ގޭގަ އުޅޭގޮތް ބަލާބަލަ، މާސްކް ނާޅާ އެތަށް ބަޔަކު... އެޗްޕީއޭގެ ސީނިއަރ ހެލްތު އޮފިސަރުން މާސްކް ނަގާ ދަތްދޮޅީގަ އަޅައިގެން މަސެއްކަތް ކުރައްވާއިރު އެއްޗެކޭ މީއްޗެކޭ ނުކިޔާ... އަހަރުމެން މިތިބެނީ މާސްކް އަޅައިގެން އެޗްޕީއޭ މީހުން އިސްލާހު ވޭ... ދަރުބާރުގެ އަކީ ވަރަށް ރިސްކީ ތަނެއް... ދޭތެރެއަކުން އެހެން ތަންތާގެ މުވައްޒަފުން ވެސް ގެނެސް ދަރުބާރުގެ އެތެރެއަށް ވައްދާނެ...

 2. ޖޮނަތަން

  ކިހިނެއް މިކަން ކޮންޓްރޯލް ކުރެވެނީ.އެބުނީ މިއަދުވެސް ކަންތައްވީ ގޮތް.ސޯލްޓް ކެފޭ ރެސްޓޯރަންޓްގަ ބޭއްވި ޕާޓީގެ ވާހަކަ.އެކަންވެސް އެންމެފަހުން އޮޅުވާލީ.ކަށީގަ ހިފާފަ ހުރިކަމެއް ނުހުއްޓޭނެ.މިކަމުންވެސް ވަށްކަން.

 3. ާއިފްލާސް ރަޝީދު

  ކިހިނެއް ތިކަން ހައްލުވާނީ. މާދަމާވެސް ސްޓެލްކޯގަ އެބަ ބާއްވާ 50 މީހުން އެއްވެގެން ބޮޑު ޖަލްސާ. ޥެރިންގެ ބޮޑާކަން ދައްކަން ކުޑަ މީހުން ސައިޒު ދައްކަން ބާއްވާ ކަމެއް. ބަންދުތަންތަނުގަ މީޓިން ނުބާއްވާ އޮންލައިންކޮށް ބޭއްވީމަ ތިމާމެންގެ ހައިބަތު ގެއްލެނީހެން މިވެރިންނަށް ހީވަނީ. ނިކަން ފުލުހުން ގޮސް މިކަންހުއްޓުވަ ބަލަ.