ކުރިން ކުރި ކައިވެނި ރޫޅައި ނުލައި، އިންޑިއާ އަންހެނަކު ދިވެހި ފިރިހެނަކާއި ކައިވެނި ކުރި މައްސަލައެއް ފެންމަތިވެ އެއްމައްސަލައިގެ ތަޙްޤީޤުގަށް އިންޑިއާ އިން ދެމީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

އިންޑިއާގެ ކެރެލާ ފުލުހުން ބުނާ ގޮތުގައި ސައްހަ ނޫން ވަރީގެ ސެޓްފިކެޓެއް ހަދައިގެން ދިވެއްސަކާއި އިންޑިއާ އަންހެނަކު ކައިވެނި ކުރި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 48 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނެކެވެ. އެދެމީހުންނަކީ ވެސް އިންޑިއާ ދެމީހުންނެވެ.

ބޭސް ފަރުވާއަށް ދިޔަ ދިވެއްސަކާއި "ކައިވެނި ކުރި" އިންޑިއާ އަންހެން މީހާ އަކީ އޭނާގެ އަސްލު ފިރިމީހާ އާއި ވަކިން ދިރިއުޅެމުން އައި މީހެކެވެ. ނަމަވެސް ދެމަފިރިންގެ ވަރީގެ މައްސަލަ ނިމިފައެއް ނުވެއެވެ. ކައިވެނި ކުރި ދިވެއްސަކީ ޔޫސުފް އަބުދުލް ކަރީމް ކިޔާ މީހެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. އެނޫސްތަކުން ބުނާ ގޮތުގައި ކަރީމްގެ ކައިވެނި ކޮށްދިން މީހުން ވަނީ އޭނާގެ އަތުން 2000 ޑޮލަރު (30000 ރުފިޔާ) ނަގާފައެވެ.

ކައިވެނި ކުރުމުގެ ކަންކަން ކޮށްފައި ވަނީ ކަރީމް އާއި އިންޑިއާ އިން ބައްދަލުވި ގަދީމީ ބޭސްވެރިއެއް ކަމަށް ޑރ.އަޒީޒް ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ކައިވެނި ކުރީ ޑރ.އަޒީޒްގެ ގޭގައެވެ. ކައިވެނި ކޮށްދިނުމުގައި ބައިވެރިވި މީހުން ވަނީ ކަރީމަށް އޮޅުވާލުމުގެ ގޮތުން އޯލް އިންޑިއާ މުސްލިމް ކައުންސިލްގެ ސިޓީއެއް ކަމަށް ބުނެ ސައްހަ ނޫން ސިޓީއެއް ވެސް ކަރީމަށް ދީފައި ކަމަށް އިންޑިއާގެ ފުލުހުން ބުނެއެވެ.

ކަރީމަށް ކައިވެނި ކުރެވުނީ މީހެއްގެ އަނތްބަކަކާއި ކަން އެނގުނީ ކައިވެނި ރަޖިސްޓްރީ ކުރުމަށް އިންޑިއާގެ ފޮރިނާސް ރީޖަނަލް ރެޖިސްޓްރޭޝަން އޮފީސް އަށް ހުށަހެޅުމުންނެވެ.

މިހާރު ކަރީމާއި އޭނާ ސައްހަ ނޫން ކައިވެންޏެއް ކުރި އަންހެން މީހާ ތިބީ ކޮންތަނެއްގައި ކަމެއް އިންޑިއާގެ ނޫަސްތަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

އަވައްޓެރި ގައުމުތަކަށް ދިވެހިން ދަތުރުކޮށް އުމުރުގެ ތަފާތުތައް ހުންނަ މީހުންނާއި ކައިވެނި ކުރުމަކީ އާއްމުކޮށް ހިނގާ ކަމެކެވެ. އެފަދަ ކައިވެނިތައް ކުރާ ދިވެހިން ގިނަ އަދަދެއްގެ ފައިސާ ވެސް ހަރަދު ކުރާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސޯޓް

    ކަރީމަށް ހިތުން ފިލާނުދާވަރު ދެރައެއް ވަގު ކަލޭގެ ތިދިނީ.

    41
    1
  2. ރަދީފް

    މިހާރު ހުންނާނީ ރަނގަޅަށް ރާކަނިމަސް ކެވިފައޭ ނުބުނަން މަމެން ނެތިން.ވ.ވެދުން

    29
    6
  3. ޑޯޒް

    ކަރީމްބެ އަށް ރަހަލާ ފަ މިފަހަރު ހުންނާނީ

    30
    3
  4. އެކަމަކުވެސް ގޮވަނީ.....

    އެކަމަކުވެސް ގޮވަނީ "އިންޑިއާ އައުޓް" އެވެ.

    22
    12
    • ރަދީފް

      މާނަ އަދި ތިބުނި ބަސް ބޭނުންކުރާ ހާލަތު އޮޅުވާލަން އުޅުން އެއީ ލަދުވެތިކަމެއް.އަހަރުމެން އަޑުއަހަނީ މުހައްމަދު ރަފީއު ، މުކޭޝް އަދި ކިޝޯރު ކުމާރުގެ ލަަވަތައް.ކަލޭ ދޭބަލަ މަހަށް.ލަދު ކޮބާ؟ ވ.ވެދުން

  5. ލާދީނީ އަންނި

    މަވެސް ބޭނުން އިނޑިޔާއިން ޅަޖުވާން އަންހެން ކުއްޖެއް ޑޮލަރު ބޯކޮއްދޭނަން.

    21
    7
  6. Anonymous

    އާޓިކްލް ފެށުނު އިރު ( '' އިންޑިއާ އަންހެނަކު ދިވެހި ފިރިހެނަކާއި ކައިވެނި ކޮށްފި )

    މެދާ ހިސާބަށް ދިއަ ތަނާ

    ކެރެލާ ފުލުހުން ބުނާ ގޮތުގައި ސައްހަ ނޫން ވަރީގެ ސެޓްފިކެޓެއް ހަދައިގެން ދިވެއްސަކާއި އިންޑިއާ އަންހެނަކު ކައިވެނި ކުރި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 48 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނެކެވެ. އެދެމީހުންނަކީ ވެސް އިންޑިއާ ދެމީހުންނެވެ.

    އަނެއްކާ

    ބޭސް ފަރުވާއަށް ދިޔަ ދިވެއްސަކާއި "ކައިވެނި ކުރި" އިންޑިއާ އަންހެން މީހާ އަކީ އޭނާގެ އަސްލު ފިރިމީހާގެ އަންހެނުންގެ ފިރިމީހާޔާ އިނދެގެން އުޅޭ މީހާއެވެ.

    ކަންވާރު ބޮނޑި ވަރަށް ބޮޑަށް އޮޅިފައި މި އޮތީ

    57
    3
    • ކެރެލާ ފުލުހުން

      ހައްޔަރު އެކުރީ އަންހެން މީހާ އާއި ބޭސްވެރި އަޒީޒޭ ކަލޯ!!

      9
      1
  7. ބެއްޔާ

    ރާއްޖޭގައި އުމުރުގެ ތަފާތު ހުންނަ ކާވެނި ނުކުރަނީތޯ މަރިޔަމްޝާނީ ކުރެން އަހާލަން.

    31
    2
  8. ޑަނޑޯ

    ބޭސްކުރަންވީމަ އާސަންދަނުލާނުވޭ....އަންހެނަކަށް ހަރަދުކުރަންވެއްޖެއްޔާ ހާހުން ޑޮލަރުވެސް އޯކޭ....

    13
    1
    • ހަހަ

      ގަދީމީ ބޭސްކުރަން އާސަންދަ ލިބޭތަ؟

  9. ސަރީ

    ކަރިންބެ ގެ ދިވެހި އަނބި ޕާޓީއެއް ނުބާއްވާބާ މިކަމުގަ...އާމުކޮށް ދިވެހި އަންހެނުން ވަރަށް އުފާވާނެ އެކަހަލަ ފިރިހެނަކަށް ލިބުނީމަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  10. ސަމީ

    ދިވެއްސަކާއި އިންޑިއާ އަންހެނަކު ކައިވެނި ކުރި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 48 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނެކެވެ. އެދެމީހުންނަކީ ވެސް އިންޑިއާ ދެމީހުންނެވެ.
    މީގަ މިބުނަނީ ކީކޭ ތަ ، އިންޑިއާ 2 މީހުން....
    48 އަހަރާ 41 އަަހަރަކީ ކައިވެނީގެ ބޮޑު ފަރަގެއް ނޫން

    6
    2
  11. ކަރީމް

    މަމިއުޅެނީ މާވަށުގަ

  12. އިބްރިހިމް ބެއްޔާ

    އަންނަ އަހަރު ނޫސްވެރިކަމުގެ 10 އިނާމު ޙައްްްޤު