ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކެއްގެ ގޮތުގައި ހުޅުމާލެ އޮތުމުން މާލޭގެ ރަށްވެހިންނަށް ގެދޮރުވެރިކަން ދިނުމުގެ ކަންކަމަށް ބޮޑު ހުރަހަކަށް ވެގެންދާ ކަމަށާއި އެ ކަން ބަދަލުވެގެން އަންނަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޒޫމް މެދުވެރިކޮށް މުއިއްޒުއަށް ސުވާލު ކުރެވޭ ގޮތަށް ރޭ ކުރިއަށް ދިޔަ ޕްރޮގްރާމްގައި މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުޅުމާލެ ހިއްކަން ނިންމީ މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ މަސައްކަތަށް ކަމަށެވެ.

އެކަމަކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޗްޑީސީގެ ނަމުގައި ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ މިލްކަކަށް ހުޅުމާލެ ހަމަޖެއްސުމުން ބޯހިޔާވަހިކަމުގެ މަސައްކަތަށް ބޮޑު ހުރަހެއް ކުރިމަތިވެގެން ދިޔަ ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދުއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވި ޑރ. މުއިއްޒު ވިދާޅުވިއެވެ.

"މި ވެގެން ދިޔައީ މާލެ ރަށްވެހިންނަށް ގެދޮރުވެރިކަން ދޫކުރުމަށް އޮތް ހުރަހަކަށް. ވިޔަފާރި އުސޫލުން ހިނގާ ކަމަކަށް މި ކަން ވެގެން ގޮސްފަ މި ވަނީ. ސަރުކާރުން ސޯޝަލް ހައުސިން މަޝްރޫއު ހިންގަން ބޭނުން ވިޔަސް އެ ބިމެއް ޖެހެނީ ގަންނަން. އެހެންވެ ރައްޔިތުންނަށް ލިބެންވާ ފައިދާއަށް ވުރެ ގެއްލުން ލިބޭ މަންޒަރު މި ފެންނަނީ." މުއިއްޒު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސަރުކާރަށް ފަހު، ރައީސް ވަހީދާއި ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އެ ސިޔާސަތު ތަންފީޒު ކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، މުއިއްޒު ރޭގައި ވިދާޅުވީ އެޗްޑީސީގެ މިލްކެއްގެ ގޮތުގައި ހުޅުމާލެ އޮތުމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މުނިސިޕަލްޓީ ޚިދުމަތްތައް ދިނުމަށް ވެސް ހުރަސް އެޅިގެންދާ ކަމަށެވެ. އޭގެ ސަބަބުން ސިޓީ ކައުންސިލަށް ވެސް މާ ބޮޑު ބާރެއް ލިބިދޭ މަންޒަރެއް ނުފެންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ހުޅުމާލޭގެ ބިމަކީ ކުންފުންޏެއްގެ ބިމެއްގެ ގޮތުގައި އޮންނަން ވާނެ ބިމެއް ނޫން. އެ ބިން ވާން އެބަ ޖެހޭ މާލެ ރަށްވެހިންނަށް ގެދޮރު ދިނުމަށް އޮންނަ ބިމެއް. ދިވެހި ދައުލަތުގެ ބިމަކަށް ވާން ޖެހޭ، ދިވެހި ސަރުކާރުގެ، ސަރުކާރުގެ ކޮންމެ ވެސް މިނިސްޓްރީއެއްގެ، ސިޓީ ކައުންސިލްގެ ބެލެހެއްޓުމުގެ ދަށުގައިވާ ތަނަކަށް އެ ތަން އެބަ ވާން ޖެހޭ،" މުއިއްޒު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިންގުމުގެ މުގުލުގައި ހުންނެވި މުއިއްޒު ވަނީ މި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށާއި ނިންމުންތަކަށް ވެސް ފާޑުވިދާޅުވެފައެވެ. އޭނާގެ މިނިސްޓަރު ކަމުގެ ދަށުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި "ހިޔާ މަޝްރޫއު" ފްލެޓްތައް ދޫކުރުމުގެ އުސޫލުތައް ބަދަލުކޮށް އެއް ކޮޓަރީގެ ފްލެޓްތައް ދިނުމަށް ކަނޑައަޅާފައިވާ ކެޓަގަރީތައް ބާތިލް ކުރުމުން ރޭގައި ވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އެމަންޖެ

    ތިބުނީ ވަރަށް ބޮޑު ތެދެއް.

    17
    3
  2. ޟމ

    މިހާތަނަށް ދެއްކި އެންމެ ރަގަޅު ވާހަކަ އަދި ހަމަ ނުޖެހޭވެސް ވާހަކަ ، ސަބަބަކީ ތިޔަ ކަން ތި އެނގުނީ ބާރު ދިޔަ ފަހުންކަމަށްވާތީ، ބާރު ހުރި އިރު ތިކަން ވިސްނުނުނަމަ ކިހާ ރަގަޅުވީސް، އެޗް.ޑީ.ސީ އުޅޭ ގޮތުން ހީވޭ އެއީ ވަކި ސަރުކާރެކޭހެންވެސް

    27
    6
  3. ސުވާލު

    އެޗްޑީސީގެ މިލްކުން ހުޅުމާލެ ބޭރުވެއްޖެނަމަ އެތަން އޮންނާނީ ވަރައްހާލުގައި. ސިޓީކައުންސިލައް އަންނަނީ ސިޔާސީ މީހުން. ތަނެއް ދޮރެއްނޭންގޭނެ، ހުރެގޮން މޮޔަގޮވާ ރައްޔިތުން ގުނބޯހައްދަން އުޅެގެން އިއާދު ނުކުރެވޭ ވަރުގެ ގެެއްލުމެއް ލިބޭނީ.

    މިއީ މުއީޒުއަށް އަމާޒުކޮށް ބުނާއެއްޗެއްނޫން. އަބަދަކު މުއީޒު ކަހަލަމީހުން ސިޓީކައުންސިލަކަށް ކުރިމަތި ނުލާނެ. ނަޝިދު ކަހަލަ ހޫރޭމީހަކު ވެރިކަމަށް އައިސް ކޮށްލިވަރު ދިވެހިން ހަނދާނެއް ނުނެތޭނެ.

    14
    9
  4. ޙިޔާލު3

    ދަވްލަތުގެ ފައިސާއިން ހިއްކާ ފަވާ ބިމެއް ދިވެހިރައްޔިތުންގެ މެދުގައި ހަމަަހަމަ ވާންޖެހޭނެ މާލެ ރައްޔިތުންނޭކޭ އެހެންވެސް ދިވެހި ރައްޔިތުންނެކޭ ތަ ފާތު ކުރުމުގެ ސަގާ ފަތް ނައްތާލަންޖެހޭ މުއިއްޒު ތި ދައްކަވަނީ އަމިއްލަ އެދުމަށް ދައްކާ ވާހަކަ.

    14
    12
    • މޮޔަ ހަސަނު

      ދެން ރާއްޖެތޭގެ ބިންހިއްކަނީ ކަލޭގެ ޖީބުންތަ!

      1
      4
  5. ހިކާ

    ރަަގަޅު ވާހަކަ މުޅިންވެސް، ދެރައީ ބާރުތައް ބީވެގެން ދާފަހުން ގެޓްވާތި

  6. މތޒހމދ

    ދާނީ ޗޮކުން، މިއަދާއިހަމަޠަށްވެސް ލިބުނުއެއްޗެއް ލިބިފައިވަނީ ފޭރިގެން ގަދަކަމުން ފެލާލައިގެން.

  7. ބެއްޔާ

    މިއީ މިވާހަކަ އެންމެ ރަގަޅަށް ދައްކަންޖެހޭބޭފުޅާތޯ؟ ބަލަ މުއީޒޫ ތިބޭފުޅާ ހައުސިންގ މިނިސްޓަރއަކަށް ހުރިއިރު ހުޅުމާލެއިން 25 ބުރީގެ ޓަވަރުހަދާ އެބިންތައް މުޅިރާއްޖޭގެ އެންމެންނަށް ދިނީ ނޫންތަ؟ ދެން ކޮންމާލޭ މީހުންނެކޭ ކިޔާކަށް؟ ހުޅުމާލެ ދެވަނަ ފޭސްފޭސް އިން ފ.އަތޮޅު ނިލަންދޫ 1000 މީހުންނަށް ފުލެޓް ލިބޭނެ ކަމުގެ ލިއުން މުއިޒް ދިން ގޮތެއްވެސް މާލޭ މީހުން ކައިރިއަށް ވޯޓް ހޯދަން އައުމުގެ ކުރިން މުއިޒް އެބަޖެހޭ ބުނެދެން!

  8. މާވަޑި ފަލާހު

    ތިބޭފުޅާ 7އަހަރު އެއްމިނިސްޓުރީއެއް ހިންގާފަ ފައިބެގެންތިހުރީ އެކަންބަދަލުނުކޮށްދެއްތޯ، ދެންމިހާރު ކޮންހާމޮޅު ސަޅިބައިސާއެއް ކަނޑާކައްތޯ. އިންތިހާބެއް ކައިރިވީމަ ފޮނިބައިސާ ކަނޑާނެކަމެއްނެތް، 7އަހަރު މިނިސްޓްރީ ހިންގިގޮތް ދިވެހި ލޮބުވެތި ރައްޔިތުންތިބީ ބަލަން، ރައްޔިތުންގެ ފައިސާ އިސްރާފުކުރިގޮތް އެހުރީ ލިޔެކިޔުންތަކުން ފެންނަށް، ރައްޔިތުންތިބީ ހަމައެނިކަމެތިކަމުގަ، މަނިކުފާނުގެ އަމިއްލަ ގެކޮޅު އެހުރީ ލޮލުކޮޅައްނުފެންނަވަރަށް އުސްކޮން ބުރިބުރިއަށްއަރާފަ

  9. ކުރިން

    އިންތިހާބު ވުމާއެކީ މިކަހަލަ އައިޑިޔާސް ތައް އިވޮޕޮރޭޓްވާނެ... މީ މިގަރުނުގެ 21 އަހަރުގެ ތެރެއިން 7 އަހަރު ހައުސިން މިނިސްޓަރުކަން ކުރިމީހާ... ކީއްވެ ކުރިން ނުވީ ؟ ވަކި މީހަކަށް ބުނާ ބަހެއްނޫން... ކޮންމެ ސިޔާސީމީހެއްގެ ހާލު

  10. ރައިސް

    ތެދުފުޅެއް، އެމީހުން ހިވަނީ އަންމަ އައްޕަ މުދާ ގަނޑެއްހެން އެޗްޑީސީ އަކީ

    2
    1
  11. ކެރޯނާ

    ދެންކީއްވެ ކަލޭމެންގެ ވެރިކަމުގަ ދެލޮލުގަ ނުފެނުނީ ތިކަންތައް، އަޖާބެއް މީނަ ހުރެލާފަ ދައްކާލާ މޮޅެތިވާހަކަތައް ހިތުން،

    6
    1
  12. ެެޖނޖ

    ކަލޯ ކަލޯމެންގެ ވެރިކަމުގަ ކީއްވެއޯ ބަދަލު ނުކުރީ. އެހެންބަޔަކު ވެރިކަމަށް އައިމަތަ އެނގެނީ

  13. ވެދުމާސަލާމް

    ހުޅުމާލޭގެ ފޭސް އެކެއް ފޭސް ދޭއްގެ ވާހަ ނުދެއްކޭނޯ އެދެ ސަރަހައްދަކީ މުހަންމދު ނަޝީދު ކިޔާމީހަކު އެޗްޑީސީ އޭ ކިޔާމީހަކައް ދީފަ ހުރިތަނަކޯ ވިޔަފާރި އުސޫންލުން ދެން މުއީޒް ކިހިނެއް ވެގެންތޯ ތިޔަ އުޅުއްވަނީ އެމީހެއްގެ ތަރިކަ މުދާ އެމީހަކު ބޭނުން މީހަކައް ދީ ވިއްކާ ހެދިދާނެ ނޫންތޯ ވެދުން