ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަޅަން ފެށި ހިޔާ މަޝްރޫއުގައި ހިމެނޭ ފްލެޓުތައް ލިބޭނެ ކަމުގެ ދޮގު ލިޔުން ހަވާލު ކުރި މީހުންނަށް ދައުވާ ކުރަން ޖެހޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އިޖުތިމާއީ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެޅި އެއް ކޮޓަރީގެ ފްލެޓުތަކާ މެދުގައި ސަރުކާރުން ކަން ކުރި ގޮތުގެ ތަފްސީލް ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ހުރި ފްލެޓުތަކަކީ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށެވެ.

"ކުރު އަތް މައްޗަށް ބޯލައިގެން، ހަ ފޫޓު، ފަސް ފޫޓުގެ ކުޑަ ގޮޅިއެއްގައި އޮންނަ މީހާ އަށް، އެތައް އަހަރެއް ހޭދަކުރަމުންދާ މީހާ އަށް 500 އަކަފޫޓުގެ ގޮޅިއެއް ދެއްކީމަ އެ ވާނީ ޖަވާހިރަކަށް. ނަމަވެސް އެއީ އޭނާ އަށް ހައްގު މިންވަރެއް ނޫން،" މީކާއިލް ވިދާޅުވިއެވެ.

"އެއީ މާލެ މީހާ އަށް ހައްގު މިންވަރެއް ނޫން. އެއީ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތު މީހާ އަށް ހައްގު މިންވަރެއް ނޫން އެ ހިޔާ ފްލެޓުތަކަކީ. ކިތަންމެ ވަރަކަށް އަޑު ބާރުލާފައި މިތަނުގައި އެއީ ޖަވާހިރެއް ކަމަށް ހަދަން އުޅުނަސް އެ ޖަވާހިރަކަށް ނުވާނެ،"

ނަމަވެސް މީކާއިލް ވިދާޅުވީ ހާލުގައި އެތައް އަހަރެއް ހޭދަކުރާ، އަދި "ކިޔަވާ ކުދިންނާއި، މަންމަ އާއި ބައްޕަ އާއި ކާފަ އާއި މުނިމާމަ އަށް" ދަންދެން އެއް ކޮޓަރިއެއްގައި "ގެޅިގެން" އުޅޭ މީހުންނަށް ހިޔާ ފްލެޓު ބޮޑު އެއްޗަކަށް ވާނެ ކަމަށެވެ.

"އެހެންވީމަ އެމީހާ އުޅޭނެ ހިޔާ ފްލެޓު ނުލިބިގެން. މާލެ މެމްބަރުންނަށް ގުޅާނެ. އެ ހިޔާ ފްލެޓު ނުލިބުނީމަ،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވަނީ ޕީޕީއެމުން ކިތަންމެ ވަރަކަށް އެއީ ޖަވާހިރަކަށް ހަދަން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ. ޕީޕީއެމުން މީގެކުރިން މަސައްކަތް ކުރީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންގެ ފަރާތުން ނާޖައިޒު ފައިދާ ނަގަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"7،000 ފްލެޓު ވެސް ހަމަ ނުވާ ތަނެއްގައި 12،000 އެތައް މީހުންނަށް ލިޔުން ދީފިއޭ ކަލޭމެންނަށް ފްލެޓު ލިބިއްޖެއޭ ކިއާފައި،" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވި ގޮތުގައި، މިކަން ކުރި މީހުންނަށް ޖިނާއީ ދައުވާ ކުރެވެން ޖެހޭނެއެވެ. ދިވެހި ސަރުކާރުގެ ސިއްކަ ޖެހި ލިޔުން ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންނަށް ދީފައި އޮއްވައި، އެ ނުދެވުނީމަ އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކެއް ހުންނަން ޖެހޭނެ ކަމަށް މީކާއިލް ވިދާޅުވިއެވެ. އޭގެ އެއް ބޭފުޅެއްގެ ގޮތުގައި މީކާއިލް ފާހަގަ ކުރެއްވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

މީކާއިލް ވިދާޅުވީ ގަލޮޅު ދެކުނުގައި 700 އަށް ވުރެ ގިނަ މީހުން ޒަމާނުއްސުރެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ކަމަށާއި ހިޔާ ފްލެޓު ލިބުނު މީހުންގެ ލިސްޓް އެކުލަވާލި އިރު، އޭގެ ތެރެއިން އެތައް ބަޔަކަށް ފްލެޓު ލިބިފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތައް ދޭނެ ކަމަށް އިއުލާންކޮށް ގިނަ ބަޔަކަށް ލިއުން ދޫކުރީ އެ ފްލެޓްތައް ނުނިމެނީސް ކަމަށާއި ތިން ކެޓަގަރީއަކުން ފޯމު ބާތިލްކުރަން ޖެހުނީ އެ އަދަދަށް ކުންފުނިތަކަށް ފްލެޓް އެޅިފައި ނެތުމުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެއް ކޮޓަރީގެ ފްލެޓްތަކަށް ކުރީގެ ސަރުކާރުގައި ހުޅުވާލީ އަލަތު ކައިވެންޏަށް 993 ފްލެޓާއި 18-40 އަހަރާ ދެމެދުގެ މީހުންނަށް 438 ފްލެޓާއި މާލޭ ރަށްވެހިންނަށް 114 ފްލެޓާއި ދަފްތަރަށް 33 ފްލެޓުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް 43 ފްލެޓަށެވެ. ހިޔާ މަޝްރޫއުގައި އިއުލާންކުރި 7،000 ފްލެޓާ ވަކިން، މި ތަންތަން ދޭން ނިންމީ ސަރުކާރުގެ ކުންފުނިތަކުން އިމާރާތްކުރާ ފްލެޓްތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އިބޫ ހުޅުމާލެ

    ލިޔުން ދޮގުވިއެއްނޫން ކަލޭމެން ފުލެޓުތަށް ފަހި ކޯޕަރޭޝަނަށް ގަނެފަ ފުލެޓުތަށް ނެތޭ ކިޔަނީ، ލޯހުރިމީހުންނަށް ފެންނާނެ 1 ކޮޓަރީގެ ޓަވަރުތަށް....

    59
  2. Anonymous

    ދައުލަތުން އެކަން ކުރުމުގެ ބާރު ލިބިފައިވާ ބަޔަކު އޭރު ހުރި މައުލޫމާތުގެ މައްޗަށް ބުރަވެ ނިންމާ ނިންމުމަކާމެދު ދައުވާއެއް ނުކުރެވޭނެ. ތިއުޅުއްވަނީ ތިމާގެ އުމުރާ ތަޖުރިބާ އިން ތި މަގާމަށް ގާބިލްނޫންކަން ތިބޭފުޅާ ހޮވި ރައްޔިތުންނަށް ހާމަކޮށްދެއްވަންތޯ؟

    61
    2
  3. މުޙަައްމަދު

    ދަޢުވާކުރަންވީ ލިޔުންދިންމީހުނަކަށްނޫން ފުލެޓަށް މަކަރު ހަދާ އޮޅުވާލި މީހުނަށް

    64
    1
  4. ހުސޭނުބޭ

    ކޮއްކޯ ތިހުރީ ހަމާގައިތަ؟ ފުރަތަމަ ފްލެޓް ވަގު ސޯލިބޭ ހައްޔަރުކުރޭ! މީހުންނަށް ދީފައި ހުރި ފްލެޓުން ވައްކަންކުރި މީހުން ހައްޔަރުކުރޭ!

    58
  5. ފާއިޒު

    ފުލެޓް ދޭނެކަމަށް ލިޔުން ދީފައިވަނިކޮށް އެ މީހުންނަށް ފުލެޓް ނުދީ އެހެންމީހުނަށް ފުލެޓް ބަހާލީތީ ޙައްޤެއް އަތުލައިގަތްކަމުގެ ދަޢުވާ މިހާރުގެ ފްލެޓް ކޮމިޓީއަށް ކުރަންޖެހޭ.

    59
  6. ވެރިން

    ކަލޮ މިކާއިލް ކޮއްކޮ ތި އުޅެނީ ބޫޓު ސައިޒް އޮޅިގެން،

    57
  7. ނޫސްކިޔާމީހެއް

    މިދެން ކާކުތަ؟ އަގަލުކުޑަ ލަދު ކުޑަ މީހެއް.

    55
  8. ޙެހެ.

    ޢަނގަ އޮތީމަ ކިޔަނީ، ވާ ކަމެއް ނެތް އެއްކަމެއްވެސް. ޜައީތުންގެ ލާރިން މުސާރަ ނަގައިން ތީ ކައޭ މެންނަށް ވާނެ ވަރަކީ.

    53
  9. ޢަދުރޭ

    ނާ ޤާބިލް މަރުމޯލުން ތިމަންނަ މެންނަށް ވާނެއޭ ކިއައިގެން ތަންތަނަށް ބޯގަޅާ ލައިގެން ރައްޔިތުން ނަށް ލިބެން އޮތް ބޯހިޔާވަހި ކަމާ ތަރައްޤީ ހުއްޓުވީތީ އެފަދަ މީހުންނާއި މެދު އެންމެ ފުރަތަމަ ދަޢުވާ ކުރަން ޖެހޭނީ ލިޔުން ދިން މީހުން ބައިތިއްބައިގެން އެކަން ނުވި ނަމަތާ އެ މީހުންނަށް ދަޢުވާ ކުރެވޭނީ . ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިތި ބަގަ އަށޭ ނުވެގެން ތި އުޅެނީ

    60
  10. ޓާޓާ

    ފުލެޓް ލިބުނު ކަމުގެ ލިއުން ދިނީ ސަރުކާރުގެ މިނިސްޓްރީ އަކުންނޭ ހޭބަލިނުވެބަލަ އެއީވެސް ދިވެހި ރައްޔިތުން ނަށް

    63
  11. ހާލުފޮޅި

    ފޫހިގަނޑެއް...

    46
  12. ކާޅު

    ދޫ ބޭނުން ގޮތައް އަބުރާލެވޭނެ. ބުއްދީގެ ބޭނުން ދިވެހިރައްޔތުން ވަރަށް ރަގަޅަށް މިފަހަރު ހިފާނަނށް.

    59
    1
  13. ޟަރު

    ދައުވާ ކުރާނަން ހައްޤު ހޯދަން.....

  14. އެސޮރުގެ ދަނބި ދަރި

    ބްރޯ ކައެ އޯކޭތަ....
    ތިސޮރުގެ ސަރުކާރަށް ޖަވާހިރަކަށް ވީމަތާ، ފުލެޓް ލިބުނު މީހުންގެ އަތުން އަތުލާފަ، ޕާޓީގެ ކުދިންނާއި އާއިލާގެ މިރި މިރި ކޮޅަށް ތިބަހާލީ.... ހަޔާތް ކޮބާ، ލަދުކޮބާ....

    ކަލޯމެންނަށް މިއަދު އެކޮތަރު ކޮށި ޖަވާހިރަށްވުރެވެސް އަގު ބޮޑު ބްރޯ.... ސައިޒްގަ ހުރެވޭތޯ ބަލާ

  15. ބުއްދީގެއަހުލުވެރިން

    ރައީސް ސޯލިހުގެ ދައްތައްއަށް ކޮތަރު ކޮށިން ފުލެޓެއްގެ އުޅެން ރަގަޅު، އެމް.ޑީ.ޕީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ކޮތަރުކޮށިން ފުލެޓެއް ދިނުމުގައި ފަސްޖެހިނީ ކީއްވެތޯ؟ ދިވެހިރައްޔތުންނަށް ހެޔޮއެދޭ ވެރިކަމަށް ކުރުމަކީ މިއީތޯ؟

  16. ހިޔާލު

    ވަގުތު ނޫހަށް މީހުން ކުރާ ކޮންމެންޓުތައް ވީއެއްމެ އަވަސް ފުރުސަތެއްގައި އަޕްލޯޑުކޮށްދެއްވުމަށް އެދި ދަންނަވަން.

  17. ޒާހިޔާ

    100 ގެ ވާހަކަ އެއް

  18. ވިސްނާލުމަށް އެދެމޭ

    ކަލޭމެން ފިޔަވަޅު ވަރަށް ހަރުކޮށްއަޅާނެ އެހެން ބަޔަކު ފޮޑިއެއްޖެހިޔަސް.. ފްލެޓް ނެތީސް މިސަރުކާރުން ވިއްކީމަ އަޅާނެ ފިޔަވަޅެ އެބައޮތްތަ..ވުޖޫދުގަނެތް އެއްޗެ ވިއްކަން މޕލ އިން އިއުލާނުކުރީ ކިހިނެތް..މިހާރު ޔޫތުސިޓީގަ ކުން ފުނިތަކުން އަޅަމުންދާ ހުރިހާ ފްލެޓްތަކެ މިޑިޔާއާ އާއްމުންނަ ބެލުމުގެ ފުރުސަތުދީބަލަ..އަދި ކުން ފުނިތަކަށް ފްލެޓްއެޅުމަށް ސަރުކާރުންވެ ފަވާ އެއްބަސްވުންތަކުގެ ލިޔުންތައް ހާމަކޮށް ދައްކަދީ..އޭގެ ފަހުން ފިޔަވަޅުއަޅަން ފައިވާންހޯދާ..

  19. ޖަނާޒާ

    ކަލޯ މީކާއީލް! ބުނަންތަ ، މަޖިލީހުގައިތޯ ، ތިޔަ އިންނެވީ . މިހެން މިއަހާލީ ކަލޯއަށް ޤާނޫނޫހަދާމަޖިލީހުގައި އިންއިރު ، ޤާނޫނޫ އޭގެ ބާރާއެކު ނަގުލުވެދާގޮތުގެ އެއްވެސް މިންވަރެއް ނޭންގޭކަން ތިޔަ ބަހުން ސާބިތުވާތީ. އަމިއްލައަށް އޮރިޔާންވާކަހަލަ ފުރުޞަތު ނޫސްވެރިންނަށް ތިޔަނެނީއެނގިހުރެތޯ! ނޫނީ ކަލޯހަމަ ޖާހިލީތޯ؟

  20. ޝައުކަތު

    ދައުވާ ކޮށްފަ ބަހައްޓާ. އޭރަށް ހަގީގަތް ރަނގަޅަށް ހާމަ ވާނެ. އަޅެ ކެރެންޔާ ކޮށްބަލަ.

  21. ބޮޑުއަނގަ

    ދާއިރާގެ ރައްޔިތުންނަށް ގޯތިދޭނަމޭކިޔާފައި ދޮގުހަދައިގެން މެމްބަރުކަމަށް ހޮވުނު މީހުންނަށްވެސް ދައުވާކުރަންޖެހޭ. ގޯތިނުދޭތާ ފުލެޓްވެސް ފެންފޮދަކާނުލާ ދިރުވާލީ.

  22. ޝާހިދު

    ދިވެހި ސަރުކާރުގެ ސިއްކަ ޖެހި ލިޔުން ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންނަށް ދީފައި އޮއްވައި، އެ ނުދެވުނީމަ އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކެއް ހުންނަން ޖެހޭނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.ގަމާރާ ތިދައްކަނީ އަމިއްލަފޫކޮޅުގައޮތް ފޯއްޔެއްގެވާހަކަ އަމިއްލަޔައްތި ފަލީހަތްވަނީ

  23. ޙިޔާލު3

    ގޯތި ވިއްކަންވެސް އިއުލާންކޮށް ފޯމުތައް ދޫކޮށް ބަލައިގެން 24 ގަޑިއިރު ކިއުހަދައިގެން ތި ދަޢުވާގެ ތެރެއަށް އެބައިވެސް ލައިގެން ދަޢުވާތަށް ކޮށްލަންވީނުން ސިޔާސީ މީ ހުނަކީ ހަމައެއް ލަމައެއް އޮންނަ ބައެއްތޯ؟ ވަޢުދެއްވިއްޔާ އެއާ ހިލާފު އަމާނާތެއްވިއްޔާ އެއަށް ޚިޔާނާތް ނުވާމީ ހަކު އަޅެ އުޅޭތޯ. ދައުވާ ކޮށް ހުކުމްތަށްކުރާނެ އިސާހ ހޮތަކު އެ ހުކުމްތައް ބާތިލުކުރާނެ.

  24. ފުލެޓޭ

    ފުރަތަމަ ދައުވާ ކުރަންވީ ތިމީހުންނައް މާލޭގެ ރައްޔަތުންނައް ގޯތި ދޭނަމޭ ކިޔާފަ ދޮގުހަދައިގެން ރައްޔިތުންލައްވާ ވޯޓް ހޯދައިދެން މަޖިލީހައް ވަދެ ރައްޔިތުންގެ ޓެކްސް ޕޭ ރުފިޔާއިން މުސާރަ ނަގަމުން ދިދުވަނީ އެއެއް މިޔެއް ނުބަލާ ތިމާމީހާގެ ފުރަގަހެއް ނުފެންނާނެ ތިމާމެއް ލެވިހަޅޭ މިއަދު ތިޔަވަންނަނީ ތިމާމެންގެ އަނގަޔައް ބާތްކަރތާހޭ

  25. ދޮންމަންޖެ

    އަމައްޔާއި ދެން. މީނަ ގަނޑު އުޅޭ ފާޑެއް ދެން. ތީނަ މެންނަށް ދޯ ދައްވާ ކުރަންވީ. ފްލެޓްތައް ވަގަށް ނެގީމަ. ޙޫ. ވަރަށް ފޫ ހިވޭ ދެން.

  26. ޢަސްލު

    ކުރީ ސަރުކާރުން އަޅާ ފްލެޓްތަކަށް ހޮވިގެން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ޙަވާލު ކޮށްފައި ވަނިކޮށް މިސަރުކާރުން އެއްވެސް ފްލެޓެއް ނާޅައި ކުރީސަރުކާރުން ފްލެޓް ލިބުނު މީހުންގެ ޕްލެޓް އަތުލައި މިސަރުކާރުން ބޭނުންވާ ބަޔަކަށް ދީފައި އަދި އެވަރުން ނުވެގެން އެއްކޮޓަރީގެ ޕްލެޓްކެޓެގެރީ ބާތިލްކުރުންވެސް ކޯޓަށް ދެވޭނެ.