ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި އިރު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމުން ފުލުހުންނަށް ކުޑަކަމުދާތަކެތި ދިނުމަށް ދެކޮޅު ހެދި ހާމިދު އަބްދުލްޣަފޫރުގެ ނަން ވެސް ފުލުހުންގެ ކަންކަން ބަލަން އުފައްދާ ފުލުހުންގެ ބޯޑަށް އައްޔަން ކުރުމަށްޓަކައި ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވައިފިއެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ "ޕޮލިސް ބޯޑް" އަށް އާއްމުންގެ ފަރާތުން މެމްބަރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ހުޅުވާލި އިއުލާނަށް އިޖާބާދީ ކުރިމަތިލި ފަސް ފަރާތެއްގެ ނަން ދިރާސާކުރަން ކޮމިޓީ އަށް ފޮނުވަން މިއަދު ވަނީ ނިންމާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ރިޔާސަތުން އިއްވާ އިއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހުށައެޅިފައިވާ ނަންތައް އިއްވަވާފަ އެވެ. މި ނަންތައް އިތުރަށް ދިރާސާކުރަން ފޮނުވާފައިވަނީ ސަލާމަތާއި ހިދުމަތްތަކާއި ބެހޭ ކޮމިޓީ އަށެވެ.
ޕޮލިސް ބޯޑަށް އާންމުގެ ތެރެއިން ކުރިމަތިލައިފައިވާ ފަރާތްތައް
1. ލަބީގް މުހައްމަދު މާހިދު / މ. މަނަދޫވިއު
2. ޒުބައިރު އަހުމަދު މަނިކު / ގ. މަލްވިނަ
3. ޒީނަތު އަލީ / ދަފްތަރު ނަންބަރު 1626
4. އަލީ މުހައްމަދު މަނިކު / ދަފްތަރު ނަންބަރު 1851
5. ހާމިދު އަބްދުލް ޣަފޫރު / ހ. ޝޭޑީ ކޯނަރު
ހާމިދަކީ މިހާރު ވެސް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އެވެ.
2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަދުވަހުގެ ފަތިހުގެ ވަގުތެއްގައި ހދ.ހޮނޑައިދޫގައި ހާމިދު އިތުރު ބަޔަކާ އެކު މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އޭނާ އިންކާރު ކުރުމުން ދައުވާ ކުރި މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުވާން ވެސް ދެކޮޅު ހެދިއެވެ. އެމައްސަލައިގައި އޭނާއަށް ހަމަސް ދުވަހުގެ ޖަލު ޙުކުމެއް ވެސް އިއްވިއެވެ. ނަމަވެސް ފަހުން ހައިކޯޓުން އެޙުމް ބާތިލް ކުރީއެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޕޮލިސް ބޯޑަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި، ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް އުފައްދާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.
މި ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންގެ މައްޗަށެވެ.
ފުލުހުންގެ ޤާނޫނަށް ގެނައި ބޮޑެތި ބަދަލުތަކަށް އަމަލު ކުރަން ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އަދި ހޯރަ އިއްބެކޮބާ، އޭނަވެސް ތިކޮމިޓީއަށްލާ
އަމީތާބު ކުޅުނު ކަހަލަ ފިލްމެއް މިކުޅެނީ އޭ އަންދާގާނޫނު.
ދެން ތިބޯޑުގައި ހުރެގެން އަނެއްކާ ފުލުހުންނަށް ކުޑަކަމުދާތަކެތި ބޯންދޭނީކީނޫން އިނގޭ!
ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ފަރާތްތައް އައްޔަން ކުރުމުން ހުންނާނީ ރައްޔިތުންނަށް އިންސާފު ހޯދައި ދެވިފައި
މިނިވަންކަމާއެކީ މުޅި ޤަވްމުގެ ރައްޔިތުންނަށް ޚިދުމަތްކުރަން ތިބޭ މުއައްސަސާތަކަށް ނުފޫޒު ފޯރުވޭގޮތަށް ސިޔާސީ އެކްޓިވިސްޓުން ލީމަ، މުއައްސަސާ ހިނގާނެގޮތް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެބަ އެނގޭ..
ފުލުހުންގެ ޚިދުމަތަށްވެސް ހުތުރު
ފުލުހުންގެ ޤާނޫނުގައި ތިޔަ ބޯޑްގެ ވާހަކަ އޮތް ހިސާބުން ތިކަން ނިމޭނެ ގޮތް އިނގޭ. ފުލުހުންގެތެރެ ސިޔާސީ ކަންކަން އިތުރަށް މެކުހަށް.
ވ. ތަފާތު
މިވަރުގެ ފަރާތެއްފުލުހުންގެބޯޑަށް ހަމަޖެއްސުމަކީ ރަގަޅުކަމަކަށްނުވާނެ އެއީ މީގެކުރިންވެސް
މައްސަލައެއްދިމާވެ އެކަންތަހުގީގުކުރުމަށް ފުޅުހުންނަށްއެއްބާރުލުންނުދިނުމުގެއިތުރަށް އެކަމާ
ދެކޮޅުހަދާ ދައުވާކުރިމައްސަލާއެގައި 6 މަސްދުވަހުގެ ޖަލުހުކުމެއްވެސް އައިސްފައިވާ ފަރާތެއް
އަދުލްއިންސާފުގެކަންކަންހުންނަގޮތުންމިހުކުމްކޯޓުންބާތިލްކުރިކަމުގައިވިއަސް ފުލުހުންނަށްކުޑަކަމުދާ
ތަކެތިދިނުމަށް ދެކޮޅުހަދަންވީ ސަބަބެއްނުވިސްނޭ (ތުހުމަތުކުރެވޭތަކެތިބޭނުންނުކުރާނަމަ )ބެލެވެނީ
ފުލުހުންބޭނުންވާތަކެތި ދީފިނަމަ ބޭޒާރުނުވާނެކަމުގެ ޔަގީންކަންނެތީމައިކަމަށް
މިހާރު ދެން ހަތަރެސްކަން ހަމަވީ! ދެން!
1- ލަބީގް – މަގުމަތީ ހަރަކާތަށް ބޮންޑާ ގެންގުޅޭ ބޯއީއެއް.
2- ޒުބައިރު – ނަޝީދުގެ ތިމާގެ މީހެއް. މެލޭޝިޔާ ލޯ ކިޔަވަންގޮސް ފާހެއްނުވި. އެމްއެންޑީއެފް ގަ އުޅުނު.
4- އަލީ މުހައްމަދު މަނިކު – ކުރިން އިލެކްޝަން ކޮމިޝަނުގަ. އެމްޑީޕީގެ ހީވާގި މެމްބަރެއް
5- ހާމިދު އަބްދުލް ޣަފޫރު – އިތުރު ތަޢާރަފެއް ބޭނުންތޯ؟
ޕޮލިސް ކުދިންނަށް މިވަރުގެ މޮޅު ބޯޑެއް ނުލިބޭނެ. ހުރިހާ ކުދިންނަށް މަގޭ ހެޔޮ ދުޢާ ސަލާމް.
ރަގަޅު އޭރުފުލުހުންނަށް ކިޔަމަންނުވިބަޔަކު އެތަނުގެ ކޮމިޓީއަށްއައީމައެގޭނެ ދެންތިބިމީހުން އެމީހުންނަށްކިޔަމަންވާނުޖެހޭނެކަން ފުރަތަމަ ނަމޫނާދެއްކި އެމީހުން ބޮއިގެންތިބެ ކުޅުފިލާގޮތަށް ފިލާބައެއް
ހާމިދު މީ ހޮނޑައިދޫގަ ޓެކީލާ ސަންރައިޒް ބެލުމުގެ މަޝްރޫޢު ހިންގުމުގައި އުޅުއްވި ބޭޅެއް ކަމަށް ބެލެވޭ ބޭޅެއް!ދެން އެ ބޭޅާ ޕޮލިސް ބޯޑަށް އައްޔަން ކުރެއްވީމަ ހުންނާނީ ފިސާރި ރީތި ކޮށް ސަންރައިޒް ބެލިފަ ނު!
ބޯޑުގެ ކަންތައް ތިހުރީ އެންމެރަގަޅައް ކުރެވިފަ.
ޒުބައިރު އަހްމަދު މަނިކު އަކީ ނަޝީދުގެ ބޮޑު ބޭބެއެއް.
ޔާރައްބޫ!!!!!! ބިރުވެރިކަމުގެ ކޮޅެއް ނެތް. ބޮޑު ޝަރާބު އިބިލީހާ އެހަވާލުކުރީ ޕޮލިހުންގެ މަރުކަޒު
ތިޔަ ބޯޑަށް ދެން އެންމެ ގާބިލު ބޭފުޅުންނަކީ ޒަކީ އާއި، ޖާބިރު، ވަކުތުން ވަކުތައް އެބޭފުޅުން އައްޔަން ކުރުމަށް ގޮވާލަން
ތި ބޯޑަށްވެސް ސަރަފުވެރި ކަމާއްކު ޜިޓަޔާވެފަ ތިބި ފުލުހުން ނޫނި ސިފައިންލުން ބުއްދިވެރި... ސިޔާސީމިހުން ލައިގެންވާނީ މުޅީތަންކިލަބު!!
ހޮނޑައިދޫ ފަތިސް ރަށްވެހި ނަޖިސް
ބަލަ މި ސަރުކާރަކު ނެތޭ ތިނުންއެއްޗެއް. ހުސް ތިކަހަލަ ހޭބުއްދި ފިލާފަތިބި ގުނބޯލުން. އަގެއް ނަޒާހައްެތެރިކަމެއްއޮތް އެއްތަނެއް ދައްކަބަލަ. ކައުންސިލް އިންތިހާބަށް އެކި ކަންކޮޅުތަކުގަ ޑްރާމާ ކުޅުވަމުން އެބަދޭ. މިމީހުންނަކަށް ނުވާނެ އެއްކަމެއްވެސް. މިމަންޒަރުބަލައި ވޯޓް ނުދޭތި ދިވެހި ތައްޔިތުން ނޫނީ ފަހުން ކަރުނައަޅާ ރޯންޖެހޭނީ.