އެއް ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ފްލެޓްތަކާ ގުޅޭ ގޮތުން ބަހުސް ކުރެއްވުމަށް ޕަބްލިކް ފޯރަމަކަށް ވަޑައިގަތުމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް އިދިކޮޅު ކޯލިޝަން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދައުވަތު ދެއްވައިފިއެވެ.

މި ދައުވަތާ ގުޅޭ ގޮތުން މިނިސްޓަރު އަސްލަމް އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ޝުޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޕަބްލިކް ފޯރަމަކަށް އަރައިވަޑައިގެން އެއް ކޮޓަރީގެ އެޕާޓްމަންޓްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން މިނިސްޓަރު އަސްލަމަށް ކެރިވަޑައިގަންނަވާތޯ ސުވާލު ކުރައްވައިފައެވެ. އެ ސުވާލަށް ޓްވީޓާއިން މިނިސްޓަރު އަސްލަމް ޖަވާބެއް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އިދިކޮޅު ފަރާތްތައް ތިބީ ތައްޔާރަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވަނީ، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި އެ ބިމުގައި އިމާރާތް ކޮށްފައިވާ "ހިޔާ މަޝްރޫއު" ގެ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތައް ދިނުމަށް ކަނޑައަޅާފައިވާ ކެޓަގަރީތައް ބާތިލް ކުރަން ސަރުކާރުން ނިންމާފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ އެއް ކޮޓަރީގެ އެޕާޓްމަންޓްތައް ބޭނުންވާ ބަޔަކު ނެތް ކަމަށެވެ.

އެ ފްލެޓްތައް ދިނުމަށް ކަނޑައަޅާފައިވަނީ އަލަތު ކައިވެނީގެ ކެޓަގަރީގެ މީހުންނާއި، އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކާއި، މާލެ ދަފްތަރުގެ ފަރާތްތަކަށެވެ. މީގެ އިތުރަށް ސިވިލް ސާވިސް މުވައްޒަފުންނަށް ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތަކުގެ ތެރެއިން 50 ޕޮއިންޓް ނުލިބޭ މުވައްޒަފުންނަށް ފްލެޓް ނުދޭން ވެސް ސަރުކާރުން ނިންމާފައިވެއެވެ.

މީގެ އިތުރުން ވެސް ހިޔާ މަޝްރޫއު އިން ކުރީގެ ސަރުކާރުގައި ފްލެޓް ދޭނެ ކަމަށް ނިންމި ފަރާތްތަކުގެ ތެރެއިން ނިކަމެތި ހާލުގައި އުޅޭ ބައެއް ފަރާތްތަކަށް ފްލެޓް ނުދޭން މި ސަރުކާރުން ނިންމުމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ.

ކުރީގެ ސަރުކާރުގައި ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅާފައިވަނިކޮށް މި ސަރުކާރުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓު މުރާޖައާ ކުރަން ފެށީ ކުރީގެ ސަރުކާރުގައި އެ މަސައްކަތް ކުރީ އިންސާފުން ބޭރުން ކަމަށް ބުނެއެވެ. އެކަމަށްޓަކައި ރައީސް އޮފީހުގައި ކޮމިޓީއެއް ވެސް އެކުލަވާލިއެވެ. އެހެންނަމަވެސް ކުރީގެ ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަނީ އޭރުގައި އެ މަރުހަލާ ގެންދިއުމުގައި އިންސާފުން ބޭރު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 13ވގ

    ތި ސުޖާ އައް ކެރޭނެތަ ވަގައްނެގީ ކިހާފައިސާއެއްކަން ތިބުނާތާކު ހާމަކޮއްދޭން

    2
    7
  2. މާތޮޑާ ސޭކް އަސްލަމް

    ރަތް ރާޅު ސަލީމުގެ "ބޯއީ" މިއުޅެނީ ހާދަ އަނގަ ދިޔާވެގެންނޭ، ގެއްލުނު އެއްޗެއް ބޮޑުކަމުން.

    1
    4
  3. ދަރަނި ދަންތުރަ

    މިހާރުވެރިކަމުގައި ތިޔަތިބީ އަސްލުވަގުން ނަސީދުގެ ވެރިކަމުގައި އަސްލަމް ކާލިވަރު 13 ވގ ބުނެދީބަލަ

  4. ބޯޖަލީލު

    އެސޮރުގެ އަނގަދިޔާއެވަނީ ރައްޔިތުންގެ ހައްގުގައި ހަޖަމްކޮށްލާ ، ސާބަސް ސުޖާއު