ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދިނުމަށް ހާއްސަކުރި އެއް ކޮޓަރީގެ ފުލެޓުތައް ގެއްލިފައިވާ ނަމަ އެ ފްލެޓްތައް ފެނޭތޯ ބަލަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަލަތު ކައިވެނި ކުރި މީހުންނަށް ހާއްސަކުރި އެއް ކޮޓަރީގެ ފުލެޓުތަކާ މެދު މި ސަރުކާރުން އަމަލު ކުރި ގޮތް ސާފުކޮށް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވަނީ މިއަދު މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ. އަދި އެ ފްލެޓްތައް ވުޖޫދުގައި ނެތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަަމް ވިދާޅުވެފައިވާ އިރު ސަރުކާރުން އެކި ފަހަރު އެކި ގޮތް ގޮތަށް އެ މައްސަލައިގައި އެ ވާހަކަ ދައްކަވާތީ ޝިޔާމް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

ޝިޔާމްގެ އެވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވަނީ އަސްލަމް އެހެން ވިދާޅުވީ ކޮންތާކުތޯ ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

" ސާފުކޮށްދެއްވުން އެދެން ކޮންތާކުތޯ މިނިސްޓަރު އަސްލަމް އެހެން ވިދާޅުވީ. އެއީ ފްލެޓްތަކެއް ގެއްލިފައި ހުރިއްޔާ އެ ފެނޭތޯ އަޅުގަނޑުވެސް ބަލަން ބޭނުން" އެމަނިކުފާނު ވިދާޅުވިއެވެ.

ޝިޔާމް ވަނީ އެ ވާހަކަ އަސްލަމް ދެއްކެވީ ހުޅުމާލޭގައި ނޫސްވެރިންނާއި މުހާތަބުކުރައްވާ ދެއްކެވި ވާހަކައެއްގެ ތެރެއިން ކަމަށާއި، އެއީ ކޮން ތާރީޚަކު ސީދާ ދެއްކެވި ވާހަކައެއްކަން ހަނދާން ނެތް ކަމަށެވެ.

އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަށް ޚާއްސަކޮށްގެން 2500 ހައުސިންގ ޔުނިޓެއްގެވެސް ވަގުތީ ލިސްޓު ކުރީގެ ސަރުކާރުން 2018ވަނަ އަހަރު އާއްމުކޮށްފައި ވަނިކޮށް މި ސަރުކާރުން ވަނީ އެ ފްލެޓްތަކަކީ ވުޖޫދުގައިވެސް ނެތް ކަމަށް ބުނެފައެވެ.

"ހިޔާ" މަޝްރޫޢުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަށް ޚާއްސަކޮށްގެން 2500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ކަމަށް ބުނި ނަމަވެސް، އެ މަޝްރޫއަކީ ނުހިނގާ މަޝްރޫއެއްކަން ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން ފްލެޓް ކޮމެޓީގެ މެންބަރު ތާހާ މުހައްމަދު ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. Anonymous

  ޖައްބާރުން ޖައްބާރުކަލޭގެ

  33
  2
 2. ހުސޭނުބޭ

  ޝަތުބަތު ފުޅީގައި ބާކީ އެތިކޮޅެއް ހުރިތޯ ފުރަތަމަ ބަލާބަލަ!

  35
  2
 3. އަލީ

  ފްލެޓު ގެއްލުނީކީނޫން އެއްކޮޓަރީގެ ފުލެޓު އެބަހުރި އެއޮތީ ބުނެފަ ނުވަސަތޭކަ ފުލެޓު އެބަހުއްޓޭ ކަލެޔާ ކަލޭ ހިއްސާވާ
  ސަރުކާރުން އޭގެ ހައްގުވެރިންނައް ދޭންނުކެރިގެންއުޅެނީ

  35
  1
 4. ޖ

  މީނަކަޑައެޅިގެން މިއޮތީދިވެހިރަތްޔަތުންނައް މަލާމާތްކޮފަ.

  43
  1
 5. ޙައްގުބަސް

  ކަލޭ ބަލާނެ ކަމެއް ނެތް!! ކަލޭ ގޮސް އޮވޭ ހުމާލޭ އަމީން އެވެނިއުގައި އިންޑިޔާ އެމްބެސަޑަރު އެޕާޓްމަންޓަށް ވަދެ ތުންދިގު ފުޅިން ބޯ އެއްޗެއް ބޮޔެގެން މިރާއްޖެ އިންޑިޔާއަށް ވިއްކާލުމުގެ ހުރިހާ ރޭވުމެއް ރާވަން!! ކަލެއާ ކަލޭގެ ޕާޓީއަކީ މިގައުމަށް ދިމާވެފައިވާ ބޮޑުވެގެންވާ މުސީބާތެއް!! މިރާއްޖޭގައި ހަތިޔާރު އާންމުވެފަ ނުހުންނަކަމީ ނަސީބެއް!!

  42
  1
 6. ޤައްދާރު

  ރައީސް ސޯލިހުގެ ދައްތައްއަށް ކޮތަރު ކޮށިން ފުލެޓެއްގެ އުޅެން ރަގަޅު، އެމް.ޑީ.ޕީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ކޮތަރުކޮށިން ފުލެޓެއް ދިނުމުގައި ފަސްޖެހިނީ ކީއްވެތޯ؟ ދިވެހިރައްޔތުންނަށް ހެޔޮއެދޭ ވެރިކަމަށް ކުރުމަކީ މިއީތޯ؟

  29
  1
 7. ކެޔޮޅު

  މާތްﷲ ވޮޑިގެންވާކަން ނުދަންނަ މީހަކު ދެން ބަލާނެއެހެން އެއްޗެއް އޮވޭތަ؟؟؟

 8. Anonymous

  ދިވެހި ގައުމުގެ ވެރިކަން ކޮށްފަ ހުރި މީހެކޯ. އެކަމަކު ރައްޔިތުންނަށް ކުރަނީ ފުރައްސާރަ. އޯގާތެރިކަން.

 9. ހަސަދު

  ބޯޔިޔާވެހި ކަމުގެ ވާހަކަ މިވަރަށް ދައްކަނީ އިންތުޚާބެއް ކައިރިވީމާ ކަމަށް ފެންނަނީ. އިންތިކާބަށް ފަހު ބޯހިޔާވެހިކަން ނިމުނީ!!!! ހެހެ. ކުލޭ ގޭމް މިހާރު ދަސްވެއްޖެ.

 10. ސަރީ

  ނޫނޭ ވާ އެމްޑީޕީ އަށް ވޯޓްދިން ކުދިންނަށް ސާބަސް!!ނިދާ ނުހޭލާބަޔަކާ ދިވެހި ގައުމު ހަވާލު ކޮއްލައިގެން މުޅިގައުމު ފަނާކޮއްލައިފި!!ދެއަހަރާ ބައިވީއިރު ތިމާމެން އަމިއްލައަށް ފުލެޓު ލިސްޓްވެސް އިސްލާހުކޮށް ބޭނުންވާ ބަޔަކަށް ދީފަ!!އާހިރުގަ ފުލެޓް ވުޖޫދަކު ނެތޯ!!ތިކުރަނީ ވެރިކަމެއްތަ!!ސާބަހޭ އެމްޑީޕީއަށް

  5
  1
 11. ޑަބިޔާ

  ބޭފުޅާއަށް ނޭންގުނު ބޭފުޅާގެ މަރިޔަބު ގެއްލުނުއިރުވެސް އަދި އެހެން އެހެންތަނެއް ގެއްލުނަސް ނުފެންނާނެ.. ފެންނާނީވެސް އަމިއްލައަށް ކުރާ ކަންތަން އެހެންމީހަކު ކުރާ އެއްވެސް ރަނގަޅު ސިފައެއް ނުފެންނާނެ

 12. ޢީސަދަރި

  ޙުރިހާ ކަމަކާ ބެހޭ އަގަ ގަދަ މިތުރު

 13. ދޮނޭ

  މީ ރައްޔިތުންނަށް މިކަހަލަ މަލާމަކުރާ ޢަދުއްވެއް

 14. ތުއްތު ކުޑޭ

  މީނަރަގަޅުވާނީދޮގުވާހަކަކިޔަން