ފެނުގެ ވިއުގައިގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފެނުގެ ވިއުގައިގެ މަރާމާތުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 އިން މެންދަމު 2:00 އަށް ކަމަށެވެ.

އެ މަސައްކަތް ކުރިއަށްދާ ވަގުތުގައި އަމީނީ މަގާއި މޫންލައިޓް ހިމެނޭ ބްލޮކް ނަމްބަރު 25 އާއި އަމީނީ މަގާއި ރަތްވިލާ ހިނގުން ހިމެނޭ ބްލޮކް ނަމްބަރު 54 އާއި އަމީނީ މަގާއި ޖަނަވަރީ ހިނގުން ހިމެނޭ ބްލޮކް ނަމްބަރު 55 އަދި އަމީނީ މަގާއި އިނރުދޭމާ ހިނގުން ހިމެނޭ ބްލޮކް ނަމްބަރު 55 އިން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.