މާލޭގައި މަޖާކޮށްލެވޭ ގޮތަށް މިއުޒިކް ފަދަ ފަންނީ ހަރަކާތްތައް ހިންގާ މަރުކަޒުތަކެއް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅިގެން ދީނީ އިލްމުވެރިންގެ ސިޓީއެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ރާއްޖޭގެ ދީނީ ފަސް އިލްމުވެރިޔަކު ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީއެކެވެ. އެ ސިޓީގައި ސޮއިކުރައްވާފައިވާ އިލްމުވެރިންނަކީ، ޑރ. މުހައްމަދު އިޔާޒާއި، އަލީ ޒާހިރުއާއި، އަބްދުﷲ މުހައްމަދުއާއި، ނިމާލް މުހައްމަދުއާއި، އިބްރާހިމް ފަރީދެވެ.

އެ ސިޓީގައި ލިޔުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އިސްލާމް ދީނާއި ގާނޫނު އަސާސީއާ ޚިލާފު ވާހަކަތަކެއް ނުދެކެވޭނެ ކަމަށް ބަޔާން ކޮށްފައިވާއިރު ވެސް މަޖިލީހަށް ދާދި ފަހުން ހުށަހެޅުނު ގަރާރާ ގުޅިގެން އެފަދަ ގިނަ ވާހަކަތަކެއް މަޖިލީހުގެ މެންބަރުންގެ ފަރާތުން ފެނިގެން ދިއުމަކީ އިލްމުވެރިންގެ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މި ގޮތުން އިސްލާމް ދީނުގައި ޝަރުއު ކުރައްވާފައިވާ އިމުން ބޭރުން، މުނިފޫހިފިލުވުމުގެ ނަމުގައި ފާހިޝް ކަންކަން އިތުރަށް ފެތުރި މުންކަރާތްތަކާއި ފަސާދައިގެ އަމަލުތައް އާންމުވެ ދާނެ ކަންކަމަށް ބާރު ލިބޭ ގޮތަށް މަޖިލީހުގެ މެންބަރުން ވާހަކަ ނުދެއްކުމަށާއި އެފަދަ ކަންކަން ހިމެނޭ ކަންކަން ފާސް ނުކުރުމަށް އެދިވަޑައިގެންފައިވެއެވެ.

މަޖިލީހުގެ ތަޅުމަށް މި ގަރާރު މިހާރު ވަނީ ބަލައިގެންފައެވެ. ގަރާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއިން ދަނީ އެ ގަރާރު ދިރާސާ ކުރަމުންނެވެ. އެ ގަރާރު މަޖިލީހުގެ ކޮމިޓީއިން ދިރާސާކޮށް ރިޕޯޓެއް އެކުލަވާލާނެއެވެ. އެ ރިޕޯޓްގައި ސަރުކާރަށް ހުށަހެޅުންތަކެއް އޮންނާނެއެވެ. މަޖިލީހުގެ ތަޅުމުގައި ކޮމިޓީގެ ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް އަހަން ތަޅުމުގައި ވޯޓަށް ވެސް އަހާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ان الصلاة كانت علي المؤمنين كتابا موقوتا .....

    ނަމާދަކީ .. ހަމަކަށަވަރުން.. ޣައިބަށް ..އީމާންވެ..ތިބި .. މީހުންނަށް.. ވަގުތު ..ކަނޑައެޅިފައިވާ ..ފަރުލެކެވެ...

    ފަސްވަގުތު ..ވަނީ .. އަޅުކަން ...ކުރުމަށް .. ކަނޑައަޅުއްވާފައި ... މާނައަކީ .. ދުނިޔަވީ .. ކަންކަން. .. ކުރުމަށް .. އިސްލާމްދީނުގައި ... ޙުރަހެއްނެތް.. މުނިފޫހިފިލުވުމާ .. ޒީނަތްތެރިވެ .. އުޅުމުގައިވެސް.. .. ޤުރްއާން .. ކިއަވައިދޭ ..މީހާވެސް . ..އެކަމުގައި ..ފާޙިޝްކަން .. ގެންގުޅެ ..ކުދިންގެ ..ގަޔަށް ...އަތްފޯރުވާނަމަ.. އޭނަ..އެގޮތަށް.. ޤުރްއާން .. ކިއަވައިދިނުންވެސް .. ޙަރާމްވާނެ.. .
    24 ..ގަޑި ..އިރު ..ތުންތަޅުވަ..ތަޅުވައެއް..ނުތިބޭނެ ..ޒުވާނެއް ... ކިތައްމެ ..ވަރަކަށް .. ޝޭޚުން.. ދަރުސް..ދިނަސް.... ދަރުސް ..ދީގެން ..ރަނގަޅުވާ..ނަމަ .. މިހާރު ..ތިބީހީ ..ޒުވާނުން ...ރަނގަޅުވެފަ..

    2
    4
  2. ޖަނާޒާ

    މި ރާއްޖޭގެ ބައެއްޢިލްމުވެރިން ހިމެނޭނަމަ ތިޔަ ސިޓީފުޅުގައި ހީވަނީ 100 ގްރާމުގެ ރުކުންވެސް ހަމަނުވާނެހެން. އެ ބަހީ އެބޭފުޅުންގެ "ޢަބުރު"ފުޅުވަނީ ހަމަ އެބޭފުޅުންގެ "ޢަމަލު"ތަކުގެ ސަބަބުން 100 ގްރާމް ކަފައަށްވުރެ ލުއިވެފައި .

    2
    1
  3. ޖަނާޒާ

    ޤައުމެއްގެ ގިނަ ޒުވާނުންގެ އަޙްލާޤު ދަށްވެގެން

  4. ގޮނޑިކޮއްކޮ

    ޖަނަވާރުންވެސް އޮޅުވާނީ ކާންއަޅާފައި ކޮއްޓަކަށް ލައިގެން.

  5. އައްލާބެއްޔާ

    ރ މމ މަޖިލިސްގެ މެޖޯރިޓީއޮތީ ރަސޫލާ
    ދުއާދެއްވިބޭފުޅާފަހަތްޕުޅުގަ އެބޭފުޅުން
    ދީނާޚިލާފުއެއްވެސްކަ މެއްނުކުރައްވާނެ

  6. މުސްކުޅި

    މިވަރުގެ ގަމާރު ބަޔަކުތިބި މަޖިލީހެއް ދުނިޔޭގެ ތާކުން ނުދެކެން.....

    މިއީ އަދި މިހާތަނަށް ރާއްޖޭގަ އޮތް އެންމެ ގަމާރު މަޖިލިސް....

  7. މަނީމަނީ

    ނައިޓް ކުލަބެކޭ ނުކިޔަވެގެން މިއުޒިކާއެކު މަޖާކުރާ މަރުކަޒެކިޔަނީ

  8. ދޮނޭ

    އަދިވެސް މަޖިލީހަށް ސިޓީލިޔެލިޔެ ތިބީ މަޖިލީހަކީ ޤައުމުގެ ހުރިހާކަމަކާ ބެހޭ އަޑުއަރުވާތަން