ބޯހިޔާވަހިކަމުގެ މައްސަލައިގެ ޒިންމާ ނަގަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްލި ބަޔަކު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދިނުމަށް ހާއްސަކުރި އެއް ކޮޓަރީގެ ފުލެޓުތަކާ މެދު މި ސަރުކާރުން އަމަލު ކުރި ގޮތް ސާފު ކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.
އެ މައްސަލަ ހައްލުުކުރުމަށް ރައީސް ނަޝީދުގެ ސަރުކާރުން ގެންގުޅުނު ތަސައްވުރު ފުރިހަމަ ނުވީ ވެރިކަން ބަދަލުކޮށްލުމުން ކަމަށާއި އޭގެ ފަހުން އައި ހަތް އަހަރު ވެސް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ސަރުކާރަކަށް ފަހުގައި ދިޔަ ހަތް އަހަރަކީ ބޯހިޔާވަހިކަމުގައި ބޭކާރު ހަތް އަހަރު ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ. އޭރުގައި އެމްޑީޕީގައި ރައީސް ސަރުކާރުގައި ހުންނެވި އިރުގައި މާލެގައި ވެސް އެޅި ބޮޑެތި ފްލެޓްތައް އެހެރީ ފެންނަން. ހުޅުމާލޭގައި ވެސް. އަދި ހަމައެއާއެކު ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ވެސް އަޅާފައި ހުރި ފިޔަވަޅުތައް އެހެރީ ފެންނަން ކުރު މުއްދަތެއްގެ ތެރޭގައި. އެ ހަތް އަހަރު ދުވަހުގެ ތެރޭގައި ވެރިކަން ނިމިނިމި އޮއްވާ ވަންނަންވެސް ހެޔޮ ނުވާ ޒާތުގެ ފްލެޓްތަކެއް އެޅީ،" އިމްތިޔާޒް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގި ގޮތަށް ވެސް އޭނާ ވަނީ ފާޑު ވިދާޅުވެފައެވެ. ޔުނިވަސިޓީ އާއި އިމިގްރޭޝަން ފަދަ ތަންތަނަށް ފްލެޓް އަޅަން ދިނުމަކީ ހަމަޖެހޭ ސަރުކާރަކުން ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
" ވުޖޫދުގައި ނުވެސް ނެތް އެއްޗެއް އަޅަން ނިންމި އަދަދަށް ވެސް ނޫން. އެއަށް ވުރެ މާ މަތިން އަދަދަކަށް މީހުންނަށް އެ ލިބޭނެ ކަމަށް ބުނެ ލިޔުންދީފައި ވަނީ. ވަރަށް ބޮޑު އޮޅުވާލުމެއް. އަދި މި ފްލެޓްތައް އަޅަން ހަވާލު ކުރި ތަންތަނުގެ ލިސްޓަށް މި ހުންނަނީ އިމިގްރޭޝަން ފަދަ ތަންތަން އައިސްފައި. ޔުނިވަސިޓީ ފަދަ ތަންތަން އައިސްފައި." އޭނާ ވިދާޅުވިއވެެ.
ހިޔާފްލެޓްގެ ތެރެއިން އަލަތު ކައިވެންޏަށް ޚާއްސަކުރި އެއް ކޮޓަރީގެ އެޕާޓްމެންޓްތައް ވުޖޫދުގައި ވެސް ނެތް ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އެ ފްލެޓްތަކާއި މެދު އެކި ފަހަރު އެކިގޮތަށް ސަރުކާރުން ވަނީ ވާހަކަ ދައްކަވައިފައެވެ.
ހަމަ ހިނިއަންނަނީ! ނުވެސްހުއްޓުނޭ މި ހިނިގަނޑު ހެހެހެހެހެހެހެހެހެހެހ!2023
ދޮގުވެރިއެެއް ގައުގައި ފިތުނަ އުފައްދާ ޝައިތާނެއްގެ ބައި ކުޅޭމީހެއް އިންތިއަކީ ދުވަހަކުވެސް ތެދެއްނަހަދާނެ!
އެކަމުގެ ޒިންމާނަގަންޖެހޭނީ 20 ހާސް ފްލެޓް އަޅަންބުނެ ނޭޅުނުނު ބާގައިގެ މީހުން.... އެކީ މީގެ އެތައް ގަރުނެއްކިރިން ދުނިޔޭގަ އުޅުނުބައެއް.... ޕަކަ ޕަކާސް....
ނަސީދު ވެރިކަމައް އައިސް މަގުމުގެ ރައްޔިތުންގެ ބޯހިޔާވެހިކަން ގަޑުބަކޮށްލީ
ދުނިޔޭގައި މީހުން ކުރާ ހުރިހާ ކުށެއްގެ ޒިންމާ ނަގަން ޖެހޭނީ އާދަމުގެ ފާނު ކަމަށްވެސް މި މީހުން ބުނެފާނެ. އެއީ އެ ގަހުން ނުފަރިއްކުޅުއްވި ނަމަ ދުނިޔެ އަށް އަންނާކަށް ނުޖެހުނީސްތާ .
ބޯ ހިޔާވަމާއި ޑޮލަރު އަގުބޮޑުކުރުމާއި މުދަލާއި ޚިދުމަތުގެ
އަގުތައް މައްޗަށް ޖެއްސުމުގެ ޒިއްމާ ނަގަނޖެ ހެނީ މޑޕ ގެ ވަގުންނެވެ.
ބޯހިޔާވަހިކަމުގެ މައްސަލައިގެ ޒިންމާ ނަގަން ޖެހޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްލި ބަޔަކު ކަމަށް ދައުވާ ކުރިޔަސް ޒިންމާ ނަގަންޖެހޭނީ ހުރިހާ ސަރުކާރު ތަކުން ވަރައްސާފް ދިވެހި ބަހުން ގާނޫނު އަސާސީގައި ލިޔެފަ އޮއްކަމައް ބުނާ ހަމަހަމަކަން ވަކި ރަށަކައް ވަކިނަސްލަކައް ވަކިރަށަކައް ވީތީ އެއްވެސް ތަފާތެއް ނުކުރެވޭނޭ މިހާ ސާފް ބަހުން އޮއްވާ ވިޔަފާރި ކުރަން ހަމަ އެކަނި މިމާލޭގެރައްޔިތުންނައް ގޯތިނުދީ ދަތިކޮއް ބިންތައް ހިސޯރްކޮއް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ފުޅާދާއިރާއެއްގައި ހިންގަންފެށީ ރައްރަށުގަ 2000 އަކަފޫޓް ގޯތި ދޫކޮއްފައި މިމާލޭގެ ރައްޔިތަކައް ބިންކޮޅެއް ނުދީ ބޮޑެތި މުންސަދިންނައް ދީ އެތަންތަނުން ފުލެޓް ނަމުގައި ގެސްޓް ހައުސް މިރާއްޖޭގެ ރައްޔިތުންނައް ފެއްޓީ ބޯހިޔާވަހިކަމޭ ބުނާއިރު ތިމާމީހާގެ މާމަ ކާފަ ދަރިންގެ ހައްގުހޮދާދޭންވެސް ނޫޅެ އަމިއްލަ އެދުމާއިގެން އުޅެނީ މޮޅުވާހަކަ ދެއްކިޔަކަސް ހަގީގަތެއް ނުފޮރުވޭނެ ދެން ކީއްތޯ ކުރާނީ
ނަޝީދު އަމިއްލަ އައް ރައްޔިތުންނައް ފައިދާހުރި ގޮތަކީ ރައީސް ކަމުން އިސްތިއުފާ ދިނުން ކަމައް ބުނެ ރައީސް ކަމުން އިސްތިއުފާ ދީފީމޭ ބުނިއަޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނައް އަޑުއިވި ޓީވީއިން ފެންނާނެ. އެހެން ވީމަ ނަޝީދު ޒިއްމާ ނަގަންވީ
ނުޖެހޭނެ ޒިންމާ ނަގާކަށް.. ހަދާފަ އޮތް ލިސްޓާ ނުކުޅެ އެނިންމާފަ އޮތްގޮތަށް ނުދެވުނީ ކީއްވެ... އެތައް ފްލެޓެއް ގެއްލުވާލީ ކީއްވެ.. މޮޅެތި ވާހަކަ ނުދައްކާ...
އެއީ ފްލެޓް އައްޕަ
ނަސީދުގެ ވެރިކަން ބަދަލުކުރީ ނަސީދު އަމިއްލަޔަށް . ދުސްތޫރީ ބަގާވާތެއްގެނައީ ނަސީދު އަމިއްލަޔަށް. ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަސް ނެގިވަހަކަ ލިއުނީ ނަސިދު އަމިއްލަޔަށް. ގަނޫނުއަސަސީ ހުއްޓިފަ ވާކަމަށް ނުވަތަ އަމަލުކުރުން ހުއްޓާލިކަމަށް އިއުލާންކުރީ ނަސީދު އަމިއްލަޔަށް. ގައުމުގަ ފަސާދަޔާ ހަމަނުޖެހުން ގެނައުމަށް ރާވާ ފުލުހުންނާ ސިފައިންނަށް ގައިރުގާނޫނީ އަމުރުި ކުރީ ނަސީދު އަމިއްލަޔަށް. ގާނޫނީ އިމަށްވަންނަން ބުނީމަ ގާނޫނީ އިމަށްނުވަންނަން ވެގެން އިސްތިއުފާދިނީ ނަސީދު އަމިއްލަޔަށް.
ލިއުން ދިނީ 11000 ފްލެޓަށް 11000 ފްލެޓް ގެ މަސައްކަތް ހުރީ ފަށާފަ. މިވެރިކަންއައިއިރު 7000 ފްލެޓް ގެކޮންކްރީޓް ހުރީ ނިމިފަ/ 4000 ފްލެޓްގެ ފައުންޑޭސަންހުރީ ނިމިފަ. މިސަރުކާރުން މަސައްކަތް ހުއްޓުވާފަ 7000 ފްލެޓް ތަޅާލަން ނިންމާފަ 4000 ގެ މަސައްކަތް ކުރިމީހުން ގައުމުން ބެރުކުރީމަ އެފްލެޓް ނުހުންނާން 7000 ފްލެޓް ތަޅާލިނަމަ އެއްވެސް ފްލެޓެއް ނުހުންނާނެ. 7000 ފްލެޓް ގެތެރޭން ބަޔެއް އަތުލާ ވިއްކަލީމަ 7000 ވެސް ހަމަނުވަނެ. ސަރިއަތާއި ކުރިމަތިލާންޖެހިދާނެކަން ހަނދުމަ ބަހެއްޓެވުންއެދެން އެމީހެއްގެ އިހުމާލުން ދަވްލަތަށާ ރައްޔިތުންނަށްލިބޭ ކޮންމެ ގެއްލުމެއްގަ އެމީހަކު ޒިންމާ އުފުލަންޖެހޭނެ ދުވަސް އަންނަނެ.
މިހެރެބީތާއާ އެސަރުކާރުން އެޅި ޕްލެޓްތައްވެސް އަހަރެމެންނަށް އެބަ ފެނޭ މިދުވަސްކޮޅު އައިކެއަރ އެހުރީ އައިނުސޭލް އަޅުވާ ފައި އަދި އެއް އައިނު އަޅާބަލަ ފަހަރުގައި ފްލެޓްތައް ފެނިދާނެ.....އެ ފްލެޓް ތައްކުދިވެގެން އެތަނައްނުވަންނަން އަހަރުމެން ބޮޑައެއް ނުހާކަން...އަހަރެމެ މިިއުޅެނީ އެތަންހަވާލުނުކޮށްގެން.
ޢެއީ މައުމޫނާ ،އިމްޜާނާ. ޤާސިމް
ތިއެއްބަސްވެވުނީ ފުލެޓުގެ މައްސަލާގައި އެމް ޑީ ޕީ ޒިންމާ ނަގަންޖެހޭނެކަމައްނޫންތޯ. ނޫނީ ނަޝީދު ޒިންމާވާންޖެހޭނެދޯއެވެ. އެއީ އެދުވަހު ނަޝީދުއިސްތިއުފާދިނީ ވާނުވާ ނޭގޭޙާލުއަމިއްލައައްކަމަށްވާތީ. ބަޔަކުބަޤާވާތް ކޮށްގެނޫންކަން އެމްޑީޕީ ކަލްޓުންނޫންއެއްމެންޤަބޫލުކުރެއެވެ.
އަދިވެސް މޮޔޮގޮވަނީ ތަ ބަލަ ވެރިކަން ކުރަން ނޭންގިގެން ދޫކޯސްފިލީ ދެން ހުޅުޖެހީ ދެން ވަނީ އިންޑިއާ އމްބަސީ އަސް ލަދު ކުޑަ
ނަސީދުގެ ވެރިކަން ބަދަލުކުރީކީނޫނޭ ބުރާންޗާ ނަސީދު ބޮލަށް ތެޔޮއަރައިގެން އިސްތިއުފާދިނީމަ އެކަމުގެ ޒިންމާ އެހެންބަޔަކު އުފުލާކަށް ނުޖެހޭނެ ކަލޭތިޔަބުނާ ފުލެޓުތަށް އެހެރަވީރާނާވަނީ މިއޮތީ ކަލޭމެންގެ ވެރިކަމެއް އެތަންތަން ނިންމާފަ ކިނބޫތަކަށް ދީބަލަ މޮޔަނުގޮވާ...
މީ ހަމަ ފައްކާ ދެބޯބުރާންޗެއް...
ވީވައުދުތައް ނުފުއްދުނީމާ އިސްތިއުފާ ދިނީ އަމިއްލައައް ދެން ޒިންމާނަގާ އޭނަ އަމިއްލެއައް!!!!!
ތިޔެއް އަންގާލާނަން ވޯޓުން. ބަލަންތިބޭ ތަޅާނެބަޔަކު ހޯދައިގެން.
ތިކަމުގެ ޒިންމާ މާލޭ ކަޑިންމަ ބައްތީގައި އެޅުވިނަމަ. ނަޝީދު އިސްތިޢުފާދިންއިރު ކަޑިންމަ ބައްތިވެސް ކޮޅަށްހުރިކަމަށްވޭ!
މާނަޔަކީ އިމްރާނާ، ގާސިމާ،މައުމޫނާ، އ.ރިޔާޒް ، ނާޒިމް ސަރ، ސ.އިލްޔާސާ ، މި ބައިގަންޑޭތޯ؟ ވ، ސަޅި މިހާރު ސަރުކާރުގަ އޭ މި ބައިގަނޑު ތިބީ ތިކަންކަމުން ރެކެން ވެގެން އިންތީ.ހިތްވަރު ހުރިއްޔާ ބޭރު އަރުވާލާފަ ސަރީއަތް ކޮށްލަބަލަ ތިކަންތައް،
ނަސީދު އިސްތިއުފާދިނުމަށްފަހު މުޅިގައުމުގައި ހުޅުޖެހި މިކަމުގެ ޒިންމާނަގާނީ ކޮންބައެއްތަ ؟ ބުރާންތި އިންތި....
އިސްތިޢުފާ ދިނީ އެންމެންގެ ކުރިމަތީގައި.
މިސަރުކާރު 3 ވަނަ އަހަރުތެރޭގައި މިއުޅެނީ. ދެން އެހެންވީމަ ފްލެޓް އަޅަންވީނުން ގިނަގިނައިން. ކުރީ ސަރުކާރަކަށް ކަމެއް ކުރެވޭ ވަރެއްނުވި. އިސްތިޢުފާ ދިންދުވަހަށްފަހު 8 ފެބްރުއްރީން ފެށިގެން ނޭވާނުލާ އަލަށް ހޮވެންދެން. އެއްގޮތަކުން ރަނގަޅު ސަރުކާރު ބަދަލުވިކަން. އެހެންނޫންނަމަ އަދިވެސް އުޅޭނީ މަގުމަތީގައި، ބޭރުގަވްމުތަކުގައި އެކިއެކި ކަންތައް ބޮއިކޮޓް ކުރަމުން. ކޮންމެ ހުކުރުދުވަހަކު ހުކުރުކޮށް ނިމޭތަނުން އެންމެގިނައިން މިީހުން ކުދިން ގޮވައިގެން ހުކުރަށްދާ 'އިސްލާމީ މަރުކަޒު' މީހުންނިކުންނަ ބޮޑު ގޭޓްކުރިމަތީގައި ދުޢާކުރުންވެސް އޮންނާނެ. މިއީ ފެނިފައި ހުރިކަންތައް. ކުޑަކުދިންނަށް ކޮންކަހަލަ ނަމޫނާއެއްބާ އެދެއްކުނީ
ތިން އަހަރުގައިވެސް ކުރި މަސައްކަތަކީ އިންޑިޔާ މީހުނަށް ފައިދާކޮށްދިނީ. އެޅި ޓާޓާ ފްލެޓް ބިލްޑިންގް ގެވެސް ބޮޑުބައި ޓާޓާ އަށް.
މި ސަރުކާރުން ގޮވާނީ ގުދޯގުދޯ ބަލަގަ ކަންކަން އިސްލާހު ކުރުން ބުއްދިވެރީ ފުލެޓްތައްކޮބާ
އިންތި އެވެ. ތިމާ މާ މޮޅުކަމަށް ހީކުރެވުނަސް. އަދި ބުނެވުނީ މާކާ މޮޅު ތާހިރު ވާހަކަ އެއްނޫން. ކުރިޓިކަލީ ތިންކިންގ ތިޔަ ބުނެވުނީ، ބޯހިޔާ ވަހިކަމަކީ ތިމަންނަމެން( އެމް.ޑީ.ޕީ ގެ މިސަރުކާރުން) އެއްވެސް ވަރަކަށް އަޅާލާ ކަމެއް ނޫނޭ. ތިމަންނަ މެންނާ ބެހޭވެސް ކަމެއް ނޫނޭ. ތިކަމަކާ ތިމަންނަ މެން ނޫޅޭނަމޭ. ތިކަން ކޮށްދޭނީ ޔާމީނޭ.
މިދެން މާމޮޅުގޮތެއްނު. ވެރިކަމަށް އަންނަންވީމާ ބޯހިޔާވަހިކަމޭ ބަނޑޭ ހަންޑޭ ވީދިފަ ލިބުނީމަ އަނެކުން ބޮލަށް ކަނޑާލީމަ ނިމުނީ. ހަނދާންކުރާތި ކަށިޖެހޭނީ އެއްފަހަރު