މުދަލު ޒަކާތުގެ ނިޞާބު މިއަދުން ފެށިގެން 4861.15ރ (ހަތަރު ހާސް އަށްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ފަނަރަ ލާރި) އަށް ދަށްކޮށްފި އެވެ.

2018 ފެބުރުވަރީ އެއްވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞޯބު ކަމަށް ހަމަޖައްސާފައި އޮތީ 5330.70ރ އެވެ. މިއަދު އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަދުން ފެށިގެން މުދަލުޒަކާތް ވާޖިބުވާ ނިޞާބަކީ 4,861.15ރ ކަމަށެވެ.

2015 އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބު ކަމަށް ހަމަޖައްސާފައި އޮތީ 4950.40ރ އެވެ. އަދި  2016 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބު ކަމަށް ހަމަޖައްސާފައި އޮތީ 4،944.45ރ. އެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުނެލަދީބަލަ

    މުދަލު ޒަކާތުގެ ނިޞާބު ކަޑައަޅަނީ ކިހިނެއްތަ؟

  2. މުދަލުގެ ޒަކާތް ވާޖިބު ކުރެއްވި ފަރާތުން ވަނީ މުދަލު ޒަކާތް ބެހެވިގެންވާ ފަރާތްތައްވެސް ކަޑައަޅުއްވާފައެވެ. އެއާއި ޚިލާފަށް މުދަލުގެ ޒަކާތާއި މެދު އަމަލުކުރާފަރާތަކާއި މުދަލު ޒަކާތް ހަވާލުކުރުން ހުއްދަވެގެން ނުވާކަންވެސް ލިއުންތެރިޔާއަށް ނޭގުނީތޯއެވެ.

  3. ޑިމޮކްރަޓިސްޓް

    ދަމާލެވެން އޮތްގޮތަކުން ދަމާފަ ބަހައްޓާ!! 500ރ އަށް ތިރިކޮށްލާ!! އޭރަށް ތިފަންޑަށް ވަންނަ ލާރި އަދި އިތުރުކޮށްލެވޭނެ!!