އިންސާނީ ހައްގުތަކުގެ ދާއިރާގައި ރާއްޖެއަށް ހޯދުނު ކާމިޔާބުތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ތަރައްގީގެ ފްރޭމްވޯކްގެ ކާމިޔާބު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެގޮތަށް ވިދާޅުވީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ދައުރުގެ ހައި ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ޝާހިދުގެ ވާހަކައިގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވަން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. އަދި އެންމެ ފަހުގެ ޔުނިވާސަލް ޕީރިއަޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ގައުމުތަކުން ދީފައިވާ ރިކޮމަންޑޭޝަންތައް ތަންފީޒު ކުރަމުންދާ ކަން ޝާހިދު ވަނީ ފާހަގަ ކުރައްވައިފައެވެ.

އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި އޮޕްޝަނަލް ޕްރޮޓޮކޯލް ރާއްޖެ އިން ތަންފީޒު ކުރި ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އދ ގެ ސްޕެޝަލް ޕްރިސީޖަސް މެންޑޭޓް ހޯލްޑަރުން ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހުޅުވާލެވިފައިވާ ދައުވަތަށް ބަދަލެއް ނާންނަ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެބޭފުޅުންގެ ޒިޔާރަތްތަކަށް ރާއްޖެއިން މަރުޙަބާ ކިޔާކަމަށްވެސް ޝާހިދުގެ މެސެޖުގައި ވަނީ ވިދާޅުވިއެވެ.

ރާއްޖޭގައި ފާހަގަކުރެވޭ އިންސާނީ ހައްގުތަކުގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ އިންސާނީ ވަގު ވިޔަފާރި ހުއްޓުވުމާއި، ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި އިންތިގާލީ އިންސާފު ގާއިމްކުރުމުގެ އިތުރުން ނުރައްކަލައް ހުށަހެޅިފައިވާ މުޖްތަމައުގެ ފަރުދުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ބައްދަލުވުން ކުރިއަށްދާނީ 22 ފެބްރުއަރީ އިން 23 މާޗް އަށެވެ. އެކިއެކި އެޖެންޑާ އައިޓަމްތަކުގެ ދަށުން ރާއްޖެއިން 13 އިންޓަވެންޝަނެއް ދިވެހިރާއްޖެއިން މިފަހަރުގެ ސެޝަންގައި ހަދާނެއެވެ. އަދި އދގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ އެންޑް އަދަރ ކްރުއެލް، އިންހިއުމޭން އޮރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޮރ ޕަނިޝްމަންޓް 2019 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތާ ބެހޭ ރިޕޯޓް އޭނާ މި ސެޝަނަށް ހުށަހަޅުއްވާނެއެވެ. އަދި ދިވެހިރާއްޖެއާ ގުޅޭ ޔޫޕީއާރް އައުޓްކަމް ރިޕޯޓް އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިފަހަރުގެ ސެޝަންގައި އެޑޮޕްޓް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަނާޒާ

    ކަލޭމެންގެ ޚާރިޖީ ސިޔާސަތު ކާމިޔާބުވާނީ ހިބަރުވަދުގައި ދޮގުވަޢުދު ކުނިކޮށްގެން އެ، އަޅައިގެން ޖަޒީރާގެ ކަނޑުތަކުގައި ކައްވަވައިގެން ،ދެން ބައެއްރައްޔިތުން ހިބަރުވަދު ކައިލީމާ... ދަމާފައިގެނަސް ބޮޑުވަތަށް އެޅިވަރަކަށް. އެކަމަކު ދަންނަވަންތޯ މިހާރު ދިވެހިރައްޔިތުންނަށް ސާހިދު ރިޔާސީ އިންތިޚާބުގައި އުއްކެވި ހިބަރުވަދުގައި ހުރިވަރު ވަނީ ދަސްވެފައި! ސުކުރިއްޔާ

  2. ހުސޭނުބޭ

    އަދި އެ ކާމިޔާބީގެ ތެރޭގައި ތަނަކު ބާ ފައިފުހިގަނޑެއް އޮތަސް ވަގަށްނެގުން ހިމެނެއެވެ.

  3. Anonymous

    ފުލެޓު ތަކުން ވައްކަން ކުރުމަކީވެސް އިންސާނީ ޚައްޤުތަކަށް ހޯދަދިން ކުރިއެރުމެތަ ހާދަހަޔ

  4. މަބޭ

    ޢިންސާނީ ހައްގުހިމާޔަތްކުރިކުރީނުން އަލީވަހީދު ފުރައިގެން ދިޔައީ ކެންޔާ އަންއެނަކު ރޭޕްކުރަންއުޅުނު މީހުން ހިމާޔަތްކުރީވެސް ހަމައެގޮތައް