ހއ. އަތޮޅު ހޮސްޕިޓަލުގައި އޮތް މާބަނޑު އަންހެެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވެެއްޖެއެވެެ.
ހއ. އަތޮޅު ހޮސްޕޓަލުގެެ މެނޭޖަރު މުހައްމަދު ހާޝިމް "ވަގުތަށް" ވިދާޅުވީ، އެެ ހޮސްޕިޓަލަށް ގެެނައި އަންހެނެއްގެ ބަނޑަށް ނިޔާވެފައި ވަނީ ގާތްގަނޑަކަށް އިރުއޮއްސި 6:30 ހާއިރު ކަމަށެެވެ. އެ އަންހެން މީހާ އަކީ ދިއްދޫއަށް އުފަން މީހެެއް ކަމަށް ހާޝިމް ވިދާޅުވިއެވެ.
އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ނިޔާވި ސީދާ ސަބަބެއް އަދި ދެނެެގަނެވިފައި ނުވާ ކަމަށް ހާޝިމް ވިދާޅުވިއެވެ. ހާޝިމް ވިދާޅުވީ މިކަން ޑޮކްޓަރުންނާ ވާހަކަ ދައްކައިގެެން ބަލަމުން އަންނަ ކަމަށެވެ.
އެ އަންހެން މީހާ އަށް މިހާރު އަންނަނީ ހދ. ކުޅުދުއްްފުށީ ހޮސްޕޓަލުގައި ފަރުވާ ދެމުންނެވެ. މިކަމާ ގުޅޭ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބަހެެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
މީގެ ކުރިން ތޮއްޑޫގައި ވެސް މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެފައި ވެއެވެ. ނަރުދޫ އަންހެނެއްގެ ބަނޑަށް ވެސް ދަރިފުޅު ނިޔާވި ހާދިސާއެއް ކުރިން ހިނގާފައި ވެއެވެ. އަދި ކުޑަހުވަދޫ ހޮސްޕިޓަލްގައި ދުވަސް ނުފުރައި ވިހޭ އެއްމާބަނޑު ދެ ކުއްޖަކު ނިޔާވި ހާދިސާއެއް ވެސް ފުރަބަންދުގެ ތެރޭގައި ފެންމަތިވިއެވެ.
ހާދަ ދެރަވާނެއޭ އެއޮއް ހުރިހާ ދުވަހު ބަނޑުތެރޭގެން ގުޅެފަ އެންމެ ފަހު ވަގުތު އެހެން ވީމަ އަހްރެންނަށް އެއިހުސާސްވޭ😭😭
ބުރާންތިކައިފަ އޭ ތިބެނީ މިހާރު ތިޔަ ނަރުހުންނޭ ޑަކުޓަރުންނޭ ކިޔާ މާތް ކުރާ މީހުން
މިހާރު ތީމާބޮޑު މައްސަލައެއްނޫން. މިނިސްޓަރަކީ އެމްޑީޕީ މީހެއް އެހެންވީމަ އޯކޭ. ކުރިންނަމަ މިހާރު ހީވާނީ ސޯޝަލްމީޑިއާ ބަންޑުންކޮއްލަފާނެހެން.
އެމް ޑީ ޕީ ވެރިކަމަށް އައުމާއެކު ގައުމުގެ ހާލަތު ހުރިހާދިމާޔަކުން ފަހަތަށް މިއީ ހަގީގަތް ، އެމް ޑީ ޕީ ގެ ލާދީނީ ފިކުރުން ދިވެހިން ސަލާމަތްވާންޖެހޭ ދިވެހިން ވިސްނާ ވިސްނާ ވިސްނާ