ކޯސްޓުގާޑުގެެ ފްލީޓަށް އުޅަނދެއް ހޯދައިދޭޭނެކަމުގެ ޔަގީންކަން ޔުނައިޓެެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދީފިިއެެވެ.

ޔޫއޭއީ އިން މިކަން ހާމަކޮށްފައި ވަނީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާއި ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސް ޖެނެރަލް ހަމްދު އެމް ސާނީ އައް ރުމައިތީއާ އެކު މިއަދު އެ ގައުމުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މިކަން ހާމަކޮށްފައި ވަނީ ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސްއާ، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާއިި ބައްދަލުކުރެއްވުމަށްފަހު އެވެ. އެ ދެބޭފުޅުން ބައްދަލުކުރައްްވާފައ ވަނީ މިއަދު އެވެ.

މިއަދުގެ ބޭއްވި ބައްދަލުވުމުގައި، ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްގީކޮށް އެމްއެންޑީއެފް މެރިންކޯ އަދި ސްޕެޝަލް ފޯސަސްގެ ތަމްރީނާއި، އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ޔޫއޭއީން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މި ކުރެވުނު މަޝްވަރާތަކުގައި، އެމްއެންޑީއެފް މެރިންކޯ އާއި ސްޕެޝަލް ފޯސަސްގެ ގާބިލްކަން އިތުރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑު ފްލީޓަށް އުޅަނދެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް ވަނީ ދެއްވާފައެވެ. އަދި ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅަކީ، ޔޫއޭއީގައި ކުރިއަށްދާ "އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން" (އައިޑެކްސް) އާއި "ނޭވަލް ޑިފެންސް އެގްޒިބިޝަން" (ނޭވްޑެކްސް) ގައި ބައިވެރިވެވަޑައިގެންނެވުމަށް މިމަހުގެ 20 އިން 25 އަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިގްދާދު

    ޢެއީ އަނެއްކާ ހުޅުމާލެ ފަޅުގައި އެއްގަމު ތޮށީގައި އަޅާފައި ބާއްވަންބާ؟ ޤަވައިދާ ޚިލާފަށް ސަރަހައްދުގެ ތެރެއަށް އެއްޗެއްވަނަސް ރިޕޯރޓްކުރަނީ މަސްވެރިން

  2. ޓޔސސ

    ޥަރަށް ރަގަނޅު އަދިވެސް އިތުރުކުރަންވި 👏👏👏👏

  3. ރާއްޖެ

    ތި ދުއްވަން ޔޫއޭއީ އިން ސިފައިން އަންނާނެތަ؟

  4. ކަނޑު އަލީ

    ވަރަށް ލަދުގަނެ ދެރަވެއްޖައިން. ދިވެހިންގެ ތާރީޚީ ސަޤާފަތް މިއަދުވެސް މެދުކެނޑުމެއްނެތި މިވަގުތު ތިއްބެވި ދިވެހި ޤައުމުގެ ލީޑަރުން ކުރިއަށް ގެންދާތީ. އަޅުގަނޑުގެ ހިތަށް އަރަނީ އެހެން ޤައުމުތަކުން ސަލާން ޖެހުމުގެ އާދަ / ސަޤާފަތް ކޮންދުވަހަކުން ބާއޭ މި ޤައުމުން ދޫކޮށްލާނީ، ވަކިން ޚާއްސަކޮށް ޤައުމުގެ ދިފާއީ އާލާތްތައް ހޯދުމުގައި. ދެރަ ނިކަމެތިކަން އިހުސާސްވި ދުވަހެއް. މިކަންތައް މިހެން އޮންނާތީ ދިވެއްސަކަށް ވީތީ ލަދުވެތިވަން.
    ޤައުމެއް ބިނާ ކުރަންޏާ މިފަދަ ޤައުމީ ސަލާމަތާއި ގުޅުންހުރި އާލާތްތައް އެހެން ޤައުމުތަކުން ސަލާން ޖަހައިގެން ހޯދުން ހުއްޓާލަން އެބަ ޖެހޭ. އަމިއްލަ އަށް ޤައުމުގެ ދިފާއީ ކަންކަން ނުކުރެވޭނެ ޤައުމެއް ނޫން ދިވެހިރާއްޖެ އަކީ. އުންމީދު ކުރަން ދައުލަތުން މިކަމާއި އިތުރު ނަޒަރަކުން ވިސްނާނެ ކަަމަށް.

    4
    1
  5. ނިޒާމު

    ސަމާލުވެސް މިފަސް އަހަރުނިމޭ އިރު މަހުޖަނު ގާސިމަކަށް ދޫނުކުރާނެ މަގާމާ ހަވާލުވިއިރުވެސް މާފުށީގައި ދެތިން ގެސްޓް ހައުސް ހިންގަމުންދާކަ މަށާއި އަދި އެކަހަލަ ވިތަފާރިތައް މަދެއް ނޫން ކަ މައް ގިނަބަޔަކު ބުނޭ އަދި މިހާރު އޮއްޗުގެ ބެސްޓް ފުރެންޑް ...ދުނިޔޭގަނެއްފަދަ ބޮޑެތި ދޮގުހަދާ މިއުޒިސަނެއް މީނާއަކީ.. މީނައައް މިމަގުކޮށައިދިނީ މައު މޫނު (ބޮޑބޭބެ)..މީނާ ދިފާއުގަ ހުންނަން ވެގެން ސިފައިންގެ ހުރިހާ ވެރިންނައް އެޔެއްިޔެއް ނުބަލާ މަގާމުތައްދީފައި ..މަސައްކަތުގައި ދުވަސްވީ ކުދިންކޮޅު މަތިން ހަނދާނެއްނެއް......މީނާއަކީ އިންޑިއާގެ ސީދާ ރައްޔިތެއްކަހަލަ އިންޑިއާދެކެލޯބިވާ މީހެއްކަމައް ގިނަބޔަކުބުނޭ.... ގައު މުގެ ހަލާކު..އެ މް.ޑީ.ޕީ. ކަން މުޅގައު އެއްބަސްވާނެ... .

  6. ވުންތަ

    ބައިވަރު ޑޮލަރު މިރާއްޖޭގެ ފަޅުރަށްތަކަށް (ރިސޯޓޫތަކަށް) ލިބޭ އިރު ރައްޔިތުންގެ ކަންކަން ކުރަން މިޖެހެނީ ދަރަނި ނަގައިގެން ނޫނީ ސަލާންޖަހައިގެން.