ކުރީގެެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް އާއި ގުޅޭގޮތުން ގިނަ ވާހަކަތަކެެއް ދެއްކި ނަމަވެސް އޭނާގެ ރިޓަޔަރމެންޓު ހިފަހައްޓާފައި ނުވަނީ އޭނާއާއި ގުޅޭ ގޮތުން މައްސަލައެެއް ހުށަހަޅާފައި ނެތުމުން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއަށް 20 އަހަރު ހިދުމަތްކުރެއްވި ފައިރޫޝް ރިޓަޔަރކުރައްވާފައި ވަނީ މިއަހަރުގެ ޖެނުއަރީ ދެެވަނަ ދުވަހުއެެވެެ. ފައިރޫޝާއި، އިމްރާނަކީވެސް،ކުރީހެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އިސްކޮށް އުޅުއްވެވި ބޭފުޅުންނެވެ. އިމްރާން އިދިކޮޅުން ހިންގި ހަރަކާތްތަކުގެ އިސްކޮށް އެއިރު ހުންނެެވި އިރު ފައިިރޫޝް ހުންނެވީ ފުލުހުންގެ އިސްސަފުގައެވެ. ފައިރޫޝް ރިޓަޔަރ ކުރެއްވި މައްސަލަ ބަލަން ފަށާފައި ވަނީ 7 ފެބްރުއަރީގެ "ބަޣާވާތުގައި" ބައިވެރިވި ފުލުހުންނަށް ފިޔަވަޅު އަޅަން މި ސަރުކާރުން މަސައްކަތް ފެެށުމާއި އެކު އެެވެ.

މިއަދު މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް އިމްރާން ހާޒިރުކޮށް ސުވާލުކުރުމާއި ގުޅިގެން އިމްރާން ވިދާޅުވީ ފައިރޫޝް ރިޓަޔަރކޮށްފައި ވަނީ ހަތް މަސްދުވަހު އެކަމުގެ މަސައްކަތް ކޮށްފައި ކަމަށާއި، އެހެން ނަމަވެެސް އޭރު ފުލުހުންގެ ޤާނޫނަށް މިިފަދަ ބަދަލެއް ގެނެސްފައި ނުވާކަމަށެެވެ.

އިމްރާން ވިދާޅުވީ އޭރުވެެސް ފައިރޫޝްއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުންވެސް އަދި އެެހެން އެެއްވެސް އިިދާރާއަކުންވެެސް އިޝާރާތެއް ކުރައްވާފައި ނުވާކަމަށެވެ. އަދިި މިއަދާ ހަމައަށްވެސް ވާހަކަތަކެއް ދެކެވުނު ނަމަވެސް އެފަދަ މައްސަލައެއް ރަސްމީކޮށް ހުށަހަޅާފައި ނުވާކަމަށް އިމްރާން ވިދާޅުވިއެވެެ.

"އެ ހިސާބަށް އައިއިރު މައްސަލައެއް ހުށަހެޅިއެއް ނެތް. އަދި އަޅުގަނޑާ އެކަހަލަ އެއްވެސް ސުވާލެއް ކުރެވިފައި ނެތް ބޭފުޅެއްގެ ރިޓަޔަމަންޓް ހިފެހެއްޓުން އެއީ ކުރެވިދާނެ ކަމެއް ކަމަށް އަޅުގަނޑަށް އޭރަކު ގަބޫލެއްނުކުރެވޭ،" އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިރިދޫނި

    ތާކުން ތާކުނުޖެހޭ ގޮތަށް ދައުލަތުގެ ރުފިޔާ ޚަރަދުކޮށް، ބަދަލު ހިފުމުގެ ޕްރޮޕަގެންޑާ ފަތުރާ ، 360 ދުވަސްވާއިރުވެސް ބޯކޮޅުވެސް ދައްކާނުލާތިބެ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަނެގުން، ވަކިމީހެއްގެ ގޮނޑި ކޮއްކޮތަކެއްހެން އެމީހާ ވަށައިގެން އެނބުރުން ނޫންކަމެއް މިމީހުން ކުރޭބާ މިތާތިބެ

    11