ސާނަވީ ތައުލީމު ހާސިލް ކުރަމުންދާ ގްރޭޑް 10 ގެ ދަރިވަރުންނަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެކްޒަމިނޭޝަން (ޑީޕީއީ) އިން ދިން ދިވެހި ކަރުދާހުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ދިވެހި މާއްދާގެ މަންހަޖު ބަދަލުވެ، އެ މާއްދާގެ މިއަހަރުގެ ކަރުދާހުގައި ސުވާލުތައް އަންނާނެ ގޮތަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ނަމޫނާ އިމްތިހާނެއް ހަދައިފައެވެ. އެކަމަކު، އެ ކަރުދާހުގައި އޮތީ ނާންނާނެ ކަމަށް ބުނި ސުވާލުތައް ކަމަށް ބުނެ ބައެއް ދަރިވަރުންނާއި ޓީޗަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެޑިކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވީ ދިވެހި ޕޭޕަރާއި ގުޅިގެން މީޑިއާގައި ފެތުރެމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ޕޭޕަރުގައި އައިސްފައިވަނީ ބައޮގްރަފިކަލް ރިކައުންޓެއް ނޫން ކަމަށާއި އެއީ ހަގީގީ ރިކައުންޓެއް ކަން ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން އާ މަންހަޖުގެ ސިލަބަަސް އެކުލަވާލުމުގައި ޑީޕީއީގައާއި ނެޝެނަލް އިންސްޓިޓިއުޝަން އޮފް އެޑިއުކޭޝަން (އެންއައިއީ) ގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށްވާ އަބްދުﷲ ޖަމީލް "ވަގުތު" އަށް ވިދާޅުވީ ބައޮގްރަފިކަލް ރިކައުންޓާއި ހަގީގީ ރިކައުންޓް ބައެއް ދިވެހި ޓީޗަރުންނަށް އޮޅިވަޑައިގަތުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުދިންނަށް ބޮޑު ގެއްލުމެއް ލިބިގެން ދިޔަކަން ފާހަގަކުރެއްވިއެވެ.

ޑީޕީއީއިން ސްކޫލްތަކަށް ފޮނުވާފައި ލިޔުއްމެއްގައި ވަނީ ދިވެހި ޕޭޕަރުގައި ބައޮގްރަފިކަލް ރިކައުންޓް ނާންނާނެ ކަމަށެވެ.

މީގެ ކުރިން ގްރޭޑް 10 އެއްގެ ކުދިންނަށް ދިން އިސްލާމް ޕޭޕަރާއި ގުޅިގެންވެސް ބައެއް މައްސަލަތައް ފެންމަތިވިއެވެ. އެގޮތުން ނާންނާނެ ކަމަށް ބުނެފައިވާ ބައިތަކުންވެސް ސުވާލު އައިސްފައިވާ ކަމަށް ބުނެ އިމްތިހާންގެ ބައިވެރިންނާއި އެދަރިވަރުންގެ ޓީޗަރުން ވަނީ ނުރުުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް ޑީޕީއީއިން ވަނީ އެކަންވެސް ދޮގުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހުރަސް

  މިހާރު ދެނީ ތައުލީމެއް ނޫން. ހިތުދަސްކުރުމުގެ މުބާރާތެއް. ސިސްޓަމް ބޭނުމީވެސް އެގޮތް، އެއީ މުއްސަނދިންގެ ދަރިން ކިޔަވާނީ ބޭރުން. އެހެން ވީމާ. މީ ވަރަށް ވާހަކަ

  5
  1
 2. ރަދީފް

  ދުވަހަކުވެސް ރާއްޖޭގެ އިދާރާއަކައި މެދު ވާހަކައެއް ދެކެވިގެން އެކަމަށް އެއްބަސްވިތަ؟ ނޫން ، ނުވާނެ. މިސާލު: އިހަކަށް ދުވަހު ހިޔާގަ ތިބި ކުދިންގެ ތެރެއިން އަތޮޅުތެރޭ ރަށަކަށް ބަދަލުކުރި ކުދިންގެ ވާހަކަ ޖެންޑަރ މިނިސްޓްރީން ދޮގުކުރި ހަލުވި ސްޕީޑް ހުރިހާ ރައްޔަތުންނަށް ހުންނާނި ފެނިފަ.

 3. ޑަންޑަން

  ޑީޕީއީ އަކަށް ނޭނގޭ ގުރޭޑް 10،9 ގެ އިސްލާމް ފޮތުގަ ހުރި ޓޮޕިޗްތަކެއް. ޢެހެން ނޫން ނަމަ ދޮގެއް ނުކުރާނެ އެވާހަކައެއް. ކުށް ގަބޫލު ކުރަން ދަސްކޮށްދޭން ޖެހޭ. އިސްލާމް ފޮތުގަ ވެސް އޮވޭ ކުށް ގަބޫލު ކުރުމުގެ މުހިންމުކަން. ފުރަތަމަ ޕޭޕަރުގަ ހަަމަ ގިނައިން އައިސް ހުރީ 10ގެ ފޮތުން.. ދިވެހި އިމްތިހާންތަކާ ގުލޭ ގޮތުން ދައްކާ ވާހަކަ ދޮގު ކުރިޔސް މައްސަލައެއް ނެތް.. އެކަމު އިސްލާމް ޕޭޕަރު ގެ ވަހަކަ ދޮގު ކުރުމަކީ ހެދޭ ވަރަށް ބޮޑު ދޮގެއް.. ދަސްކޮށްގެން ދިޔަ ބައތަކުން ސުވާލު ނައިމަ ކުދިންނަށް އެނގޭނެ އެއީ ފޮތުގަ ހުރ ބައިތއް ނޫންކން.. ގައިމު 9ގެ ފޮތް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެއްކޮށް ދަސްކޮށްގެން ދިޔައީ.. އެ ފޮތުގަ ނެތްބައިތައް ފުރަތަމަ ޕޭޕަރަށް އަިއސް ހުރި..

 4. ޢަލީ ރަޝީދު

  ދެންކީއްވެތޯ ހުރިހާ ޓީޗަރުންނާއި، ސްކޫލް ތަކުން އެ ގޮތަށް އެވާހަކަ ތައް ދައްކަނީ.

 5. ދެރަ ކަމެއް

  ކީއްވެތަ އިމްތިހާނުގައި ހަޤީޤީ ރިކައުނޓް ހިމަަނަނީ... މި ޓޮޕިކާއި ގުޅޭ އެއްވެސް ފިލާވަޅެއް ގުރޭޑު 6،7،8،9،10 ގެ ފޮތަކުއެއް ނެތް.. އެކި ޓީޗރުން މި ކިޔަވައިދޭން ޖެހެނީ އެކި ގޮތަށް.. ދެން ދަރިވަރުންނަށް ދަށް މާކުސް ލިބުނީމާ ކުށްވެރިވާާނީ ޓީޗަރު... އިމްތިހާނުގައި ޓެސްޓު ކުރެވޭ ބައިތަކަށްވުރެ ބޭކާރު ބައިތައް ފޮތުގއި މި ހުންނަނީ.. ރިޕޯޓު ލިޔުންކަހަލަ... މި ކަހަލަ ބައިތަކަށްވުރެ އިމްތިހާނުން އަންނަ ބައިތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ދޭނަމަ.. އެއްވެސް ފޮތެއްގައިވެސް ނެތް.. އަދ އެއްވެސް ޓެލެކިލާހަކުން ވެސް ނުގެނެސްދޭ މިއާއި ގުޅޭ މައުލޫމާތެއް... މިނިސްޓްރީއިން ވެއްޖެއްނު މިކަހަލަ ކަންތައް ބަލަން. ދަރިވަރުންގެ މުސްތަޤުބަލުއާއިއޭ މި ކުޅެވެނީ.. މި ކަންކަން މިނިސްޓްރީއަށް ނޭނގި އޮތުމުން ވެސް ދޭހަވަނީ މިނިސްޓްރީގެ ނާގާބިލުކަން.

 6. ކަނބާ

  މިހާރު 12ގައި ކިޔަވާ ދަރިވަރުންނަށް މެއި،ޖޫންގައި އޭލެވެލް އިމްތިޙާން ނުލިބޭނީ ކީއްވެގެން ކަން ހާމަވާ ދުވަހުން ކިޔާނީ ކޮންފަދަ އަންބާއެއްބާ؟

 7. މަމެން

  މީ ކަނޑަ އެޅިގެން ދޮގު ވާހަކައެއް ދިވެހި ޕޭޕަރުގައި ވަރަށް މައްސަލަ ހުރި އަަޅުގަނޑު ދަރިފުޅު ބުނި ދިވެހި ޓެސްޓުން ނިކުމިގޮތަށް އައިސް ވަރަށް މައްސަލަ ހުރިވާހަކަ އެކަމަށް އިންވިޖިލޭޓާސް ގެ ސަމާލުކަމަށް އެވަގުތު ވެސް ބުނިކަމަށް ދަރިފުޅު ބުނިވާހަކަ.
  އެޑިއުކޭޝަންއިން ވެސް ދޮގު ނުހަދާ ހެޔޮނުވާނެ އާދޭސް ކޮށްފަ ބުނަން

 8. މި އިމްތިހާނު ހެދި ކުޅަދާނަ އަލިގަދަ، އަދި އެހެން ކުދިންނާއި މެދު ވިސްނާ ހިތްހެޔޮ ދަރިވަރެއް.

  އެޑިއުކޭޝަން އިން ވިޔަސް މިފަހަރު އެ ހެދީ ތެދެއް. އިސްލާމް ޕޭޕަރު ގައި މައްސަލަ ހުއްޓަކަސް ދިވެހި ޕޭޕަރަކު ނެތް އެއްވެސް މައްސަލައެއް. ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް މަށަކީ މިފަހަރުގެ މި ޓެސްޓް ހެދި ދަރިވަރެއް ވީމައި މަ ނެތިން ތީގެން އެއްވެސް ވާހަކައެއް ގަބޫލުކުރާކަށް. އަދި ހަމަ މި ފުރުސަތުގައި އެހެން މީހުނަށްވެސް ނަސޭހަތްތެރިވަން ކަންކަމުގެ ދެކޮޅު ރަނގަޅަށް ބަލާފައި ވާހަކަދެއްކުމަށް. އެހެންނޫނީ މުޖުތަމަޢުތައް ވަރަަށް ފިތުނަފަސާދަތައް އުފެދުމުގެ ފުރުސަތު ގިނަވެދާނެ. އެކަން އެހެން ވީމައި ދެން އެއްވެސް ކަމެއް ސަހަލަ އެއް ނުވާނެ. އެގޮތަށް ކަންތައްތައް ބަހަކަށް އަހަރެމެން ދަރިވަރުންނެއް ނޭދެން. އަހަރެމެން ދަރިވަރުން މި އެދެނީ މިފަހަރުގެ އިސްލާމް ޓެސްޓް ގައި ކަންތައް ހިނގައިދިޔަ ގޮތުން އަހަރެމެންގެ ނަތީޖާތައް އަސަރުނުކޮށް، އަހަރެމެނަށް އިންސާފް ލިބޭނެ މަގެއް ފަހިވެގެން ދިއުން. އެވަރު ވެއްޖެކަމަށް ވަންޏާ ދެން އިތުރު އެއްވެސް ކަމެއް ނުވިޔަސް ދަރިވަރުންގެ ޙައިސިއްޔަތުން އަހަރެމެނަށް އެވަރުވެސް ފުދޭ!

  3
  1