ހުޅުމާލޭގައި މެދުފަންތީގެެ 300 ފްލެޓު އެޅުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ތައްޔާރުވެއްޖެއެވެެ.

އެޗްޑީސީން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކުރުމަށާއި މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ޒަމާނީ މާހައުލެއް ގާއިމުކޮށް ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި މިގޮތުން މެދު އަދި މަތީފަންތީގެ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް މީގެ ކުރިންވެސް ހުޅުމާލޭގައި ހިންގިފައިވާ ކަމަށެެވެ.

އަދި ޑިމާންޑަށް އެކަށީގެންވާ ގިނަ ފްރޮޖެކްޓްތަކެއް ނެރުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 355 ޔުނިޓްގެ މިކްސްޑް ޔޫސް ރެސިޑެންޝަލް ޕްރޮޖެކްޓް އިއުލާން ކުރެވި މިހާރު 300 ޔުނިޓް އެޅުމަށް އިއުލާންކުރެވި ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 3 ކުންފުންޏަކާއި ކޮންޑިޝަނަލް ސިޓީގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތުދެވިފައިވާ ކަމަށް އެެޗްޑީސީން ވިދާޅުވިއެވެ.

އެ 3 ކުންފުންޏަކީ ރަޝީދު ކާޕެެންޓްރީ ކޮންސްޓްރަކްޝަން (11443 LOT)، ސާސް.އީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ (11445 LOT)އަދި އެސް.ޖޭ ކޮންސްޓްރަކްޝަން، (10958 LOT) އެވެ.

އަދި ބާކީ 55 ޔުނިޓް ތަރައްޤީކުރާނެ ފަރާތެއް ހޮވުމުގެ އިވެލުއޭޝަން މަސައްކަތް ނިމިފައިވާ ކަމަށާއި، ކޮންޑިޝަނަލް އެވޯޑް ކުރުމުގެ މަސައްކަތް އެކޯޕަރޭޝަނުން ކުރަމުންދާކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެެވެ.

މިމަޝްރޫޢޫ ވެގެން ދާނީ މިގޮތަށް އިމާރާތް ކުރެވޭ އާއްމުނަށް އެއްމެ ކުޑަ އަގުގައި ހުޅުވާލެވިގެންދާނެ ފަހަރެއް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ. އަދި މިކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެކޯޕަރޭޝަންގެ ފަރާތުން ކޮށްފައިވާކަމަށާއި މިގޮތުން އާއްމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުޞޫލަށް ބަދަލުތަކެއް ގެނެވިފައި ކަމަށް އެެޗްޑީސީން ވަނީީ ވިދާޅުވެފައެެވެ.

"މިގޮތުން ކޮންމެ ޕްރޮޖެކްޓަކުންވެސް %60 ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެއްމެ ކުޑަ އަގަށް އިމަރާތްކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އެންގިފައިވާއިރު އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާއްމު ފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ވަނީ ކަނޑައަޅާފައެވެ. މިގޮތަށް މިކަން ކުރުމުން ބައެއް ހާލަތްތަކުގައި އިތުރަށް އެޑްއޮންގެ ގޮތުގައި ނެގޭ ފައިސާ ނެގުން ހުއްޓުމަކަށް އައިސް އަތްފޯރާފަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހަކަމުގެ ފުރުޞަތު އާއްމުރައްޔިތުންނަށް ލިބިގެންދާނެ ކަމުގައިވެސް މިކޯޕަރޭޝަނުން ޤަބޫލުކުރަމެވެ." އެޗްޑީސީން ވިދާޅުވިއެވެ.

ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަންގެ ފަރާތުން ޔުނިޓްތައް ވިއްކުމަށް ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 1،800 ދިވެހި ރުފިޔާއެވެ. އަދި އެސް.އޭ.އެސް.އީ އާއި ގްލަޓް ޖޮއިންޓް ވެންޗަރ އިން ހުށަހަޅާފައިވާ އަގަކީ އަކަފޫޓަކަށް 2،185 ދިވެހި ރުފިޔާއެވެ. މީގެއިތުރުން އެސް.ޖޭ ކޮންސްޓްރަކްޝަންއިން ހުށަހަޅަފައިވަނީ އަކަފޫޓަކަށް 1،987 ދިވެހި ރުފިޔާއެވެ. މިއީ މިހާތަނަށް މިކެޓަގަރީން ހައުސިންގ ޔުނިޓް ވިއްކުމަށް ހުށަހަޅާފައިވާ އެއްމެ ކުޑަ އަގުތަކެވެ.

އެޗްޑީސީން ވިދާޅުވެފައިވާގޮތުގައި، ކޮންޑިޝަނަލް ސިޓީގައިވާ ކަންކަން ފުރިހަމަ ކުރުމަށްފަހު މާރިޗު މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް އަންދާޒާ ކުރެވެއެވެ.

އަދި މި ފުރުސަތުގެ ދަށުން އިމާރާތް ކުރެވިގެންދާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްވެގެން ދާނީ ރަނގަޅު ފެންވަރެއްގައި ގިނަ ހިދުމަތްތަކާއި އެކު އަތްފޯރާފަށުގައި ހުޅުވާލެވިގެން ދާނެ މުހިއްމު ޕޮރޮޖެކްޓްތަކަކަށް ކަމަށް އެޗްޑީސީން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ދޮންއަމާ

    ތި ފްލެޓް ލިބޭނެ އާންމު ރަތްޔިތެއް ނުހުންނާނެ ވަރަށް ސަލާން

  2. ހުސޭނުބޭ

    އަޅާނީ މެދުފަންތީގެ 300 ފްލެޓް! މި ސަރުކާރުގައި ތިތަން ނިމުނިއްޔާ ކުލި ހުންނާނީ 5ތަރީ ފްލެޓް ހުންނަ ވަރަށް!

  3. ޖަނާޒާ

    އަނގަވަޢުދު! ކޮބާތޯ އެޖެންޑާ 19 ގެ ވައުދުތައް! ދިވެހިން ގަޅިހައްދަންތޯ ތިޔައުޅުއްވަނީ!

  4. ޙ

    ކީއްތޯ ވާނީ އެއްފަނތިއަކުން ފުލެޓް އެލިއްޔާ. ޢެއްބަތަކަށް ރަނުން އަނެއްބަޔަކަށް ރިހިންތޯ. ޙުރިހާތަނެއްވެސް ރަނގަނޅުފެންވަރުގަ ހެދުން އެއީ ބުއްދިވެރި ގޮތަކީ ހެޔޮ ވެރިންނަކީ އެއީ

  5. ނައިބު ތުއްތު

    ރައްތައް ފަޅުކުރަން

  6. ހުސެން

    ތީކޯއްޗެއް ޕާޓީ ކުދިންކޮޅައް ކިރިޔާވާވަރުވެސްނުވެ އެންމެ 300 ވެދާނެ މަސްއޮޑ އާއިލާއައް އަޅާ ފްލެޓް ތަކަކައް

  7. އިމްރާން

    ނެކުސްޓް ޖޯކު ޕުލީޒް...

  8. ނަކް

    ތިކަމެއް ނުކުރާނެ ބިންވެރިންނަށް ކުލި މަދުވާނެ އެއްވެސްކަމެއް މާލޭ ސަރުކާރުން ހާއްސަކޮށް މި ސަރުކާރުން ނުކުރާނެ.. އިންތިހާބީ ގޭސް ގަނޑެއްތީ

  9. happy

    ތިތަންތަންވެސް ގަންނާނީ ލާރި ހުރި މަހުޖަނުން☹️

  10. އއއ

    ފައިސާ އަކީ މަސައްކަޔް ކުރީމަ އެންމެނައްލިބޭ އެއްޗެއް ޒުވާނުންވެސް މައިންބަފައިން އެގޮތް މިގޮތައް ކިޔަވަދިނީ މަ ބޭނުންވަނީ ދެންވެސް މައިންބަފައިން ފެލައި ސައިކަލްގަނެ ބިޓުންނައްދެއްކި ގޮވައިގެން ރެސްޓޯރަންޓައްގޮސް ހިލޭ ފްލެޓް ހޯދައިގެން ތެޅިބާލަން...ހެޔޮނުވާނެ އަތުންފައިން މަސައްކަތްކޮށް ފައިސާ ހޯދައިގެން ރިވެތި ދިރިއުޅުމެއް އުޅެވޭތޯ ބަލާބަލަ...ކާކައްދައްކަންތަ ކުދިންނޭ ކަރުގަ ޓައީ ނޭޅިގެން ތިޔައުޅެނީ... ކޮންގައުމެއްގަތޯ ހިލޭ ފްލެޓް ބަހަނީ...މޮޔަފުޅުވެގެނއ ނޫޅެބަލަ ޕްލީސް ކުދިންނޭ މަސައްކަތް ކުރޭ...

    • ގުޓީ

      ކަލޭ ދީބަލަ މަސައްކަތެއް. ކަލޯ ގިނައީ ޖޮބް ހަންޓިންގް ޖޮބްލެސް މީހުނޭ. ޖޮބުގަ އުޅުނަސް ކުލި ދައްކާފަ ނުހުރޭ ބާކީ އެއް. އެކި ސަބަބުތަކާހުރެ ހާލުގަ އުޅޭ މީހެއްގެ ހާލު ޖެހުނީމަ އެނގޭނީ. ގޯތި ދޭން ނުކެރެންޏާ ފްލެޓު ދޭންޖެހޭނީ ހަމަ ހިލޭ. ނުވާ ވަރު ކަންތައްތަކަށް ގެޅިނުގަނެ ތިބިނަމަ މީހުން އެއްޗެއް ނުކިޔާނެ.

  11. އަލީ ހަމީދު

    ދައްފަންތިއަށް ފުލެޓް އަޅާބަލަ. އަބަދުވެސް ތިއަޅަނީ މެދުފަންތިއަށް. އަހަރެމެންނަށް ލައްވާލާނީ ދައްފަންތިއަށް އަޅާގެން