ފާއިޒާގެ ވެކްސިންގެ 100،000 ޑޯޒް ވެކްސިން މިއަދު ރާއްޖެއަށް ލިބޭނެ ކަމަށް ބުނެ ރާއްޖެ.އެމްވީން ގެނައި ހަބަރު ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ދޮގުކޮށްފިއެވެ.

މިއަދު މެންދުރު އެ ނޫހުން ގެނައި ހަބަރެއްގައި ބުނެފައި ވަނީ، ފާއިޒާގެ ވެކްސިންގެ އެއްލައްކަ ޑޯޒް ވެކްސިން މިއަދު ރާއްޖެ ގެންނާނެ ކަމުގެ މައުލޫމާތު އެ ނޫހަށް ލިިބިފައިވާ ކަމަށެވެ.

އެ ނޫހުން ބުނީ، މިއަދު ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ، ފާއިޒާ ވެކްސިންގެ އެއްލައްކަ ޑޯޒް ކަމަށާއި، މި ވެކްސިން ރާއްޖެއަށް ލިބިގެން ދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ ހުރިހާ ގައުމުތަަކަށް ހަމަހަމަކަމާއެކު ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން ކަމަށެވެ.

އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ، މިއަދު ރާއްޖެއަށް އެއްވެސް ވެކްސިންއެއް ނުލިބޭ ކަމަށާއި، މިއަދު ލިބެނީ ވެކްސިން ޖެހުމަށް ބޭނުން ކުރާ 100،000 ސިރިންޖް ކަމަށެވެ. އަދި މި ސިރިންޖް ލިބެނީ ކު ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖެ އެމްވީން ފަހުން ވަނީ އެ ހަބަރު ނަގާފައެވެ.

ރާއްޖޭގައި މިހާރު ޖަހަމުން ދަނީ ކޮވިޝީލްޑް ވެކްސިންއެވެ. މިހާރު މި ވެކްސިންގެ ދެ ލައްކަ ޑޯޒް ރާއްޖެއަށް ލިބިފައިވާއިރު،70،000 އަށްވުރެ ގިނަ މީހުންގެ ގަޔަށް ވެކްސިން ވަނީ ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޢެއަށް ދޮގު ހެދުމޭ ނުކިއާނެ..އެެެއީ ލިބުނު މައުލޫމާތާ ގުޅިގެން ޝާއިރު ކޮއްފައިވާ ޚަބަރެއް

    10
    17
  2. ބެއްޔާ

    އެއީ ހަމަ ބޮޑު ދޮގެއް. ދޮގު ހަދާ ނޫހެއް. އެހެންވެގެން އަހަރުން ގޭގައި އެ އިންނާނީ ބްލޮކްކޮށްފަ.. ނުސް ވަދެވޭނެ.. ހަހަހަ ފޭކްނިއުސް

    13
    3
    • ޢަހޫ

      ބެއްޔާއަށް ތި ހުރީ ފޭކް ހަބަރު ލިޔާމީ ހުން ވަރަށްރަގަޅަށް އެގިފަ. ޥަރަށްސަލާމް އާދަންބެއަށްވެސް.