ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް، ”ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު“ ގެ ނަމުގައި ގައުމީ ފެންވަރުގެ އިނާމެއް މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދެއްވާ ގޮތަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، މިއަދު މެންދުރުފަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި އިނާމުގެ ތަފްސީލު ރައީސް ދެއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ދައުލަތަށް ވަރަށްދިގު މުއްދަތެއްގައި އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު، އެބޭފުޅުންގެ ހިދުމަތްތަކަކީވެސް ގައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަންޖެހޭނެ ހިދުމަތްތަކެއް ކަމަށެވެ.
އެހެންކަމުން، ދައުލަތަށް 35 އަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތް، ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު، އެފަދަ ބޭފުޅުންނަށް މި އަހަރުން ފެށިގެން ޝަރަފުވެރިކަމުގެ ގައުމީ އިނާމެކޭ އެއްފެންވަރެއްގައި އިނާމެއް އެރުވުމަށް ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމާބެހޭ މަސައްކަތް، ޤައުމީ އިނާމާބެހޭ ކޮމިޓީއާ މިހާރު ހަވާލުކުރައްވާފައިވާ ކަމަށާއި، އިނާމު ދެއްވުމުގެ އުޞޫލު އެކޮމިޓީން ކަނޑައެޅުއްވުމުން، އެ އުޞޫލަށް މިނިސްޓްރީތަކާއި އެހެން މުއައްސަސާތަކުގެ ޚިޔާލުފުޅު ހޯއްދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަހަރުންނާއި ހަމައިން ގަވައިދު ބަދަލު ވާނެ، ކޮލެޖުން 1 ވަނަ ލިބިގެން ވެސް އިނާމު ކަޓާފައި ހުރި މީހެއްގެ ހައިސިއްޔަތުން މި ބުނަނީ... މިހާރު އެއަށް ވެސް ޑީން އެވޯޑް އެއް ނުވަތަ ކޮލެޖް ފެންވަރުގެ އެވޯޑެއްވެސް ހޯދަން ޖެހޭ، މިއީ ބޮޑު ވަރު. ހިއްވަރު ވަރަށް އެލުނު ދުވަހެއް. އެ ޤަވައިދު ވެސް ބަދަލުކުރަން ޖެހޭ
އަހަރެން ރައީސްގެ މެޑެލް ހޯދަން ކޮލެޖުން 1 ވަނަ ހޯދިން . ޤަވައިދު ބަދަލު ވެގެން ރައީސްގެ މެޑަލް ކެޓީ.
ދެން ފެށީ ދެދުނިޔޭގެ މެޑަލް އަދި ރައިސްގެ މެޑަލް ހޯދަން ޤުރުއާން ހިތުދަސްކުރަން ، މިއަހރު ޤަވައިދުު ބަދަލުވެގެން އެވެސް މިހާރު ވަނީ ކަތާފައި ، އެކަމަކު އާހިރަތް ދުވަހުން އަހަރެންނަށް މެޑަލް ލިބޭނެ.
މިހާރު ތިޔަ ޙަބަރުން ރައީސްގެ މެޑަލް ލިބޭނެކަމަށް އަހަރެން ހީނުކުރަން މިހާރު ސަރުކާރު ގައި އުޅޭތާ މިއީ 28 އަހަރު . ހަމަ ޔަޤީން އަހަރެންނާއި ހައަށް އަންނަ އިރު ތިވެސް ޤަވައިދު ބަދަލުވާނެ. މިއީ ސިޔާސީ މަންފާ ހޯދަން ކުރާ ކަންތައްތައް ވީމާ އަހަރުމެން ފަދަ މީހުން މިޖެެހެނީ ހުވަފެންބަލަން
ބަޔަކު ގޯނިފުލަށް ލައްވަނީތޯ. ތިޔަ މެޑެއްޔަކާއި ފިލަޔަކާއި ފައްޓާއެއް އެޅުވިޔެއް ކަމަކު ތިޔަ ބުނާ ޚިދުމަތްތެރިން މިހާރު ތިއޮތް މަޖިލީހަކުން ބަލައެއް ނުގަންނާނެ. ބަލައިގަންނާނީ ތިޔަ ޕާޓީގައި އުޅޭ ގަމާރުންނާއި ގޮހޮޑާއިންނާއި މަރުކޮހުންނާއި ބަހުލޫލުންނާއި އަކަޔަންބޯތައް. ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ކުރިމަތިލެއްވި މީހުން ބެލީމާ މިކަން ވަރަށް ސާފު. ތިބީ ފާސްނުވާ މީހުންނާއި ގަޔަށް ހެޑޭ މީހުންނާއި ހޮޑައިދޫ ކުއްޖަކާއި މަގުމަތީގައި އުޅޭ ލާހޫރޭއަކާ މިކަހަލަ ދެއުޅިއެއްނުވާ ބައިގަނޑެއް. މިހާރު މިގައުމުގައި ތިބި ހަރުދަނާ މީހުން ނިކަން ރަނގަޅަށް ދަނޭ ތިޔަ މަޖިލީހަކާއި ތިޔަ ސަރުކާރަކަށް ބޮލެއް ހުރި ލޮލެއް ހުރި ހިތެއް އޮތް އިންސާނަކު ބޭނުނުން ނުވާނެކަން.
ތިޔަ އިނާމަކުން ވާނެ އެއްވެސް ފައިދާއެއް ނެތް، ތިޔަށްވުރެ ރަނގަޅުވާނެ އެފަދަ ފަރާތްތަކަށް ޙައްޖު ދަތުރެއް ނޫނީ ޢުމްރާ ދަތުރެއް ދިނިއްޔާ. ދުނިޔޭގެ އެދުންވެރިކަން އިސްނުކުރޭ،
ތިވެސް ރަނގަޅު ކަމެއް އެކަމަކު ތިލިޔުމަކުން ކުރާނެ މާބޮޑު ފައިދާއެއް އެބަ އޮތްތޯ؟ މަތިމަސް ކިރިޔާ ފެޅީއްސުރެ ސަރުކާރުގައި މިއުޅެނީ. މިހާރު ބޮލުގެ އިސްތަށިކޮޅު ހުސްވެއްޖެ. ލިބޭ މުސާރަކޮޅު ލިބޭތަނުން އޭތިކޮޅު ކުއްޔަށް ބަހާލަން ޖެހެނީ! ތިކަރުދާސްގަނޑު ފުދުންތެރިކޮށް އުޅޭމީހުނަށް ރަނގަޅު އެއްޗަކަށްވިއަސް ދަތިކޮށް އުޅޭ މީހުނަށް ސަރުކާރުގައި އުޅޭތާ 35 އަހަރުވުމުން، ކުރީގައިދޭގޮތަށް ރަނގަޅު ޕެންޝަނަކާއިއެކު އަތްފޯރާފަށުގެ ކުއްޔެއްގައި ބޯހިޔާވަހިކަމެއް ދިނުންވެސް މާރަނގަޅު ކަމެއްފެނޭ
ދަގަޑު ޓްރޮފީއެއް އުތަ؟
ތިޔަ އިނާމެއް ލިބިގެން ވާ ފައިދާ އެއް އޮވޭތޯ؟
އަހަރެންގެ އުމުރުން ވީހާ ދުވަހެއް މަގޭ ބައްޕަ މަހަށް ދާތާ ވެއްޖެ. މިހާރު އުމުރުން 35 ވެއްޖެ. އިނާމު ލިބޭނެތަ؟