ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މި ހާލަތުގައި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުން މުހިއްމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު މިގޮތަށް ވިދާޅުވިއިރު، ބައެއް ރަށްތަކުގައި ކޮވިޑް-19 ފެތުރެމުންދާތީ މިހާރު ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލާފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓި އާއި ފުވައްމުލައް ސިޓީ ހިމެނެއެވެ.މައުމޫން ވިދާޅުވީ ތިމާގެ ފުރާނަ އާއި ނަފްސު ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމް ކުރާ ކަމަކަށްވާތީ ކޮވިދޑް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ކަމަށް ސިއްހީ މާހިރުން ލަފާދޭ ކަންތައްތައް ކުރުން ލާޒިމު ކަމަށެވެ.

"ވީމާ މިވަގުތު ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން މުހިންމު." މައުމޫން ވިދާޅުވިއެވެ.

ޖަމާއަތުގައި ނަމާދު ކުރަން ސަފުހަދާއިރު ގައިދުރު ކުރާކަށް ނުޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އިސްލާމިކް މިނިސްޓްރީން މިގޮތަށް ވިދާޅުވެފައި ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށްފަހު އަލުން، ޖަމާއަތް ހަދައިގެން ނަމާދު ކުރަން ހުއްދަ ދިން ފަހުންނެވެ.

މިނިސްޓްރީން އެއިރު ވިދާޅުވީ، ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކަން ބަހައްޓަން ނުޖެހޭނެ ކަމަށާއި ނަމާދަށް ސަފުހަދާނީ ކޮނޑާއި ކޮނޑު، ފަޔާއި ފައި ޖެހޭނެހެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ނަސް

  ކަލޭގެ ބަލާ ހާދަ ބޮޑޭދޯ 30 ވަންދެން ރައްޔިތުން އަޅުވެތި ކޮއް އަދިވެސް ހިތް ނުފުރޭތޯ! ދެން ކަލޭ ވެރިކަމުގެ މަތިން ހަނދާން ނައްތާލާ ކޮއްކޮވެސް ކައެ ޖަލައް ގަޅާލީ

  7
  2
 2. ތެދު

  ކަލޭތީކޮންއިލްމެއް ލިބިގެން އުޅޭ އިބި...ހެއްތަ..!؟ ބުރުގާއަޅަންނުޖެހޭ، ގުރުއާނަކީ ހުއްޖަތެއްނޫނޭ، ހަރާންހަލާލްކުރާ..!؟ މިސްކިތަކައްނާރާއިނދެގޮވާމޮ...؟؟!!

  7
  1
 3. އަހްމަދު

  މިހިރަ ގޮތް ކުޑަ އިންސާނާ ލަދެއް ނުގަނޭތަ
  ތީ ދުވަހަކު ޖަމާއަތެއް ލޮލަށް ފެންނަ މީހެއް ތަ އަނގަ ހުޅުވާ ވާހަކަ ދައްކަން

  8
  2
 4. އަލީގެ މައްޗަށް އަލީ

  ކްރިސްމަސް އާއި ލަވަޔާއި މިޔުޒިކު މިހެން ގޮސް ދީނުގައި ލެއްވި ހުރިހާ ނުބާކަމެއް ހުއްދަކުރާ މީހަކަށް ނަމާދުގެ ޖަމާއަތުގައި ކަންކުރަންވީ ގޮތެއް ނޭނގޭނެ.

  10
  1
 5. ހުސޭނުބޭ

  ކަލޭގެ ހުންނަ ނުބައިކަމުން ކަލޭ ހެޔޮ އެއްޗެއް ބުންޏަސް މީހުން އަންނަނީ ރުޅި! މައިތިރިވެގެން ހުރެވޭތޯ ބަލާ!

 6. ލޮލް

  އަނެއް ވެލިޒިނީ އުފަންވަނީ

 7. ކޮވިޑް

  ޗްޕްކަރޯ މޫނާ މައުމޫނާ.

 8. ޑހދ

  ކަލޭތީ މިސްކިތަށް ދާމީހެއްވެސް ނޫނެއްނު އެހެނމީހުންނަށް ގޮތް ތިކިޔާދެނީ ފެއްސިގެން ދާންއުޅޭ

  11
 9. ޢަޙްމަދު

  ފަސްވަގުތު މީސްކިތް ތަކުން ބަންގި، توحيدގެ ކަލިމަތަށް އަޑުހަރުކޮށް ގޮވާލެވޭއަޑުއިވި އިޖާބަނުދޭ މީހުން
  އަދި އެއްވެސް ޝަރްޢީ އުޒުރަކާއި ނުލާ ފަރުޟު ފަސަނަމާދުގެ ޖަމާޢަތަށް ހާޒިރުވުން ދަުކޮއްލާފައިވާ މީހުން މިސްކިތުގައި، ނަމާދުގައި ކަންކުރަންވީގޮތް ބުނެދިނުމުގެ އެއްވެސް ހައިސިއްޔަތެއް ޢެބަ އޮތްތޯއެވެ؟
  ތިމާ ނުކުރާ ކަންތަށް ތަށް އެހެން މަިހުންނަށް ކުރަން ގޮވާލަނީތޯއެވެ؟
  މާތް ﷲ ވަޙިކުރައްވަނީ މީފަދައިންނެވެ.
  سورةالصف
  ﴿2﴾ يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ
  އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟
  ﴿3﴾ كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ
  ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، اللَّه ގެ حضرة ގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ.

 10. ޙާލަތު

  ވެރިކަމުގެ ދިގު 30 އަހަރު ކެމްޕޭނަށް ހުކުރު ނަމާދު ކޮށްލުން ނޫން ނަމާދެއްގެ ޖަމާޢަތް ދުށީމުތޯ؟؟؟!!!

 11. އައިމަނު

  އިސްލާމިކް މިނިސްޓްރީ އާއި ފަތުވާ މަޖްލިސް ވެސް ހަވާލުކުރަންވީ ރައީސް މައުމޫން އާ! ދުވަހަކުވެސް ހަރުކަށިވެގެންވާ ކަންދަހާރު ސްޓައިލުގެ ފަތުވާ އެއް ނަސޭހަތެއް ދެއްވި އަޑެއް ނާހަމު! ދީނުގަ ކަންއޮންނަ އެންމެ ރަގަޅުގޮތް ސާފުކޮށްދެއްވާފައިވޭ މިހާތަނަށްވެސް! ދީނީގޮތުން މައުމޫން، މަރްހޫމް ޑޮކްޓަރ މަޖީދު އަދި މަރްހޫމް ޑޮކްޓަރ އަފްރާޝީމް އާ އަރާ ހަމަ ނުކުރެވޭނެ މިހާރު އެތިބަ ދީނީ ފާސިޤުންތަކަށް!

  3
  4
 12. ޙައްގުބަސް

  މިއަމިއްލަ އެދުން ބޮޑު މީހާ އަނގައިން ނުބުނެ މަޑުން ހުރޭ! މީނާ ކޮން އަނގައެއްތަޅާކަށް!! މީނާ އާއި ގާސިމާ ދެމީހުން މީ މިގައުމުގެ ހަލާކު!! މިދެ މީހުންގެ އެދުން ބޮޑުކަމާއި އަމިއްލަ އަންބޮނޑި ބޮޑުކުރަން ހަދައިގެން މުނާފިގުންގެ ޕާޓީއަށް ވެރިކަމަށް އާދެވުނީ!!

 13. ހުޝޭން

  ބަންގީގެ އަޑުއިވި ޖަ މާއަތައް މިސްކިތައް ނުދާ މީހާގެހުކު މަ މަކީ ކޮބައިތޯ؟

 14. ދޭތެރެ ދުރުކުރާ

  އެގޮތައް ދޭތެރެ ދުރު ކުރީނުން މަހައް ފަރައް ކީއްކުރަންތޯ ވަޅުދިޔަ ހިއްކާލާނެ މީހަކުވެސް ނެއް ބޭފުޅުންނޭ ހޭ އަރާ މިކަހަލަ ބޭފުޅުންނައް

 15. މުހައްމަދު

  މައުމޫނާ ކޮން ބެހޭކަމެއް.. ޖަމާއަތުގަ ނަމާދަ އަރާވެސް މީހެންނޫނޭމީ.

 16. އެލެކްސް ގަންޖާ

  މިސޮރު އަނގަނުބާނާ ތަނެއްވެސްނޯވޭ ބޮޑުވެއްޖެކަމެއް

 17. ެއިސްމާލު

  ސާބަހޭ ބޭގަނޑާ ބޭބެ އިންދެ ބަލަ ގޭގަ ނަމާދު ކޮއްލަކޮއްލަ .. ތީ އެއްވެސް އިރަކު މިސްކިތުގަ ޖަމާއަތުގަ ނަމާދުކުރިމީހެއްތަ އަބަދުވެސް ބިރުން ގޭގައި ނަމާދުކުރާ ބެއެއްދޯ...\ ކާރިައް ގޮސް ތިވާހަކަ ކިޔައިދީބަލަ..

  3
  1
 18. Anonymous

  ކަލޭ ކިޔާ ލަވަ އަޑުއަހާނީ ކާކު؟

 19. އިއްސޭ

  ކަލޭދައްކާވާހަކައަޑުއެހިދުވަސް ހިގައްޖެ

 20. ސަމްކުޅިބޭ

  ވެރިކަމުން ވަކިވި ފަހުން ދުވަހަކުވެސް މިސްކިތަކަށްއަރާ ޖަމާއަތުގައި ނަމާދު ނުކުރަނީ ގައިދުރުކަން ބަަހައްޓަން ނޫންތޯ؟ ޖަމާއަތުގައި ނަމާދު ނުކުރާ މީހަކު އެހެންމީހުނަށް ޖަމާއަތުގެ ވާހަކަ ކިޔާދޭނެކަމެއްނެތް. ކަލޭ ނުބުންޏަސް އަހްރެމެންނަށްއެނގޭ. މީޑިޔާގައި މިހާރު ތިމާގެ އަޑުކެނޑެމުންދާތީ ފަލަސުރުޚީ އަށް އަރަން އަނގަ އަރވަނީ.